20:19

އައްޑޫ ސިޓީން މިއަދު އެކަނި 11 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

09:15

ރާއްޖެ އިން ކޮވިޑަށް ފައްސިވާ ރޭޓް ހަތް މަސްތެރޭ ފުރަތަމަ ފަހަރަށް %1 އަށް

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށްވެ، ދިވެހިންނަށް މިވަނީ ހިތްހަމަޖެހުމުގެ ނޭވައެއް ލާން ފުރުސަތު ލިބިފައެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަދިވެސް ސަމާލުކަން ނުދެވިއްޖެނަމަ ހާލަތު ބަދަލުވުން އެއީ ދުރުގައި އޮތް ކަމެއް ނޫނެވެ. ދުނިޔޭގެ އެތައް ގައުމެއްގައި ވަނީ ވެކްސިން ގިނަ ބަޔަކަށް ދީފައި ވަނިކޮށް ވެސް ކޮވިޑްގެ ހާލަތު ގޯސްވެފައެވެ.

ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން ފައްސިވީ 55 މީހުންނެވެ.

މިއަދަކީ މިއަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 4580 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %1.20 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2801 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 26 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުން މިމަހު އެންމެ ގިނަވި ދުވަހެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😷

    އެންމެ ހެޔޮ ދުވަސްތަށްވެސް ފެށުނީ އަލްހަމްދުލިﷲ ހެޔޮ އަމަލް ގިނަކޮށް އަރަފާތް ދުވަހު ރޯދަ ހިފުން ބުއްދިވެރި