ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އެމަނިކުފާނުގެ ކާރުގެ ދަށުގައި ވެސް ގޮވާއެއްޗެއް ހަރުކުރި ކަމަށާއި ނަމަވެސް ކަންދިމާކުރި ގޮތުން އެއްޗެއް ނުގޮވީ ކަމަށް އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ތުހުމަތު ކޮށްފިއެވެ.

ނަޝީދު އަވަހާރަކޮށްލަން މެއި 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ކާރުގެ ސީން ބެލުމުގެ ތެރޭގައި ނަޝީދަށް ޚާއްޞަކޮށްފައިވާ ކާރުކޮޅުގެ ދަށުން ދެ އިންޗި ނުވަތަ ތިން އިންޗި ވަރުގެ ޕްލާސްޓިކު ގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފުލުހުންނަށް ފެނިފައިވާ ކަމަށް މަޖިލީހުގެ އިންކްއަރީ ރިޕޯޓްގައި ބުނެފައި ވެއެވެ.

ނާޒިމް ސައްތާރު ކުރި ޓްވީޓެއްގައި ވިދާޅުވީ "މިހާރު އެނގިއްޖެ. ކާރު ދަށުގައި ނުގޮވާ އެއްޗެއް ހަރުކޮށްފައި އޮތީ." ކަމަށެވެ. އޭނާގެ ޓްވީޓްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވެސް ޓެގް ކުރައްވާފައި ވެއެވެ.

މަޖިލީހުގެ އިންކްއަރީ ރިޕޯޓްގައި ބުނެފައި ވަނީ ކާރުގެ ދަށުން ފެނުނު އެއްޗަކީ ގޮއްވާލި އައިއީޑީގެ އެތެރޭގައި ހިމެނޭ އޮބްޖެކްޓެއް ކަމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ޤަބޫލުކުރެވެއެވެ. ނަމަވެސް ކާރުކޮޅުގެ ދަށުން ފެނުނު އެއްޗަކީ އައިއީޑީގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ފުލުހުންނަށް ޤަބޫލުކުރެވޭތީ ކާރުކޮޅު އިތުރަށް އިންސްޕެކްޓްކޮށްގެން، އެއީ ގޮވުމުގެ ކުރިން ކާރުކޮޅުގެ ދަށުގައި ހަރުކޮށްފައި އިން އެއްޗެއްތޯ ނުވަތަ ގޮވުމުގެ ތެރެއިން ވިއްސައިގެން ގޮސްފައި އޮތް އެއްޗެއްތޯ، ފުލުހުން ބަލާފައިވެއެވެ.

އަދި އެއީ ގިނަ ވަގުތުތަކަކަށް ކާރުކޮޅުގައި ހަރުކޮށްފައި އިން އެއްޗެއް ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ކާރުކޮޅުގައި ނެތްކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާ ކަމަށް މަޖިލީހުގެ ރިޕޯޓްގައި ބުނެފައި ވެއެވެ. ކާރުކޮޅުގެ ދަށުން ފެނުނު އޮބްޖެކްޓް ފުލުހުންގެ ފޮރެންސިކް ލެބޯޓްރީއަށް ގެންދިޔައެވެ. އަދި އެއިން ބައެއް އެމްއެންޑީއެފް އިން ތަހުލީލުކުރުމަށްޓަކައި ގެންދިޔައެވެ. އަދި، އޭގައި ފާހަގަކުރެވޭ ގޮވާ އެއްޗެއް ނެތްކަމަށް އެމްއެންޑީއެފް އިން ފުލުހުންނަށް ފަހުން މަޢުލޫމާތުދީފައިވެއެވެ.

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ފޮރެންސިކް ލެބޯޓްރީއާއެކު ފުލުހުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެ ބޭފުޅުންނަށް ފުލުހުންގެ އިކިއުފްމެންޓް މެޝިންގެ ކެލިބްރޭޝަންތަކުގެ ތެރެއިން ހަދާފައި ހުރި އެނަލިސިސްގެ މައްޗަށް ބިނާކޮށް ހައިޑްރޯކަރބަންސްގެ އަސަރު އެ އޮބްޖެކްޓުގައި ހުރި ކަމަށް އެފްބީއައި އިން ބުނެފައިވާ ކަމަށް ފުލުހުން މަޖިލީހަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ހައިޑްރޯ ކަރބަންސް ހިމެނޭ ކޮންޕައުންޑްތައް ގޮވާތަކެތި އުފެއްދުމަށް ބޭނުންކުރެއެވެ. އަދި އެއީ ކޮންމެވެސް ވަރަކަށް ބޮންހެދުމަށް ބޭނުންކުރާ ނުވަތަ ކެމިކަލް ކޮމްޕައުންޑުގެ ތެރޭގައި ހުރުން އެކަށީގެންވާ މާއްދާއެކެވެ. އޭގެ ސާމްޕަލް ނެގުމަށްފަހު އޮސްޓްރޭލިއާއަށް ފޮރެންސިކް ތަހުލީލުކުރުމަށް ފޮނުވާފައިވެއެވެ.

ކާރުކޮޅުގެ ދަށުން ފެނިފައިވާ އޮބްޖެކްޓަކީ އޭގައި ގޮވާ އެއްޗެއް ނުވަތަ ގޮވާ އެއްޗެއް ހެދުމަށްޓަކައި ބޭނުންކޮށްފައިވާ ކެމިކަލް ކޮމްޕޯނަންޓެއްގެ މައްޗަށް އޮތް އޮބްޖެކްޓެއް ކަމަށާއި، އެއީ އައިއީޑީ ގޮވުމާއެކު ވިއްސައިގެން ގޮސްފައިވާ އެއްޗެއް ކަމަށް ބެލެވޭކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެއީ އޭގެތެރޭގައި އޮތް ޕްރައިމަރއެއް ނުވަތަ ޑިޓޮނޭޓަރއެއް ނުވަތަ އޭގެ ވަޔަރއެއް ބަލިކަށިކަމުގެ ސަބަބުން، ވިއްސައިގެން ގޮސް ނުގޮވާ އޮތް އެއްޗެއްކަމަށް ބެލެވޭކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.

މަޖިލީހުގެ ރިޕޯޓްގައި އެގޮތައް މައުލޫމާތު ހިމަނާފައި ވަނިކޮށް އެއީ ކާރުގެ ދަށުގައި ހަރުކޮށްފައި ނުގޮވާ އޮތް އެއްޗެއް ކަމަށް ނާޒިމް ވިދާޅުވީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބެއްޔާ

    ނާޒިމުމެން އުޅެނީ ނުވާކަންތައްތައްވެސް ބޮޑުކޮށް ކަންތައް ގަނޑެއް ހިންގަން. ދޮގުހެދުމަށްވެސް ހައްދެއް އޮނަނަށްވާނެ. ބޮމުގެ ޖަޒުބާތުގައި ނުވަތަ ބަދަލުގައި ދޭންވީ ބޮޑުވަޒިރުކަންތަ. ރައީސް ޔާމީން އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއްދިން ތިހާވަރަކުން ނޫޅޭ. ނުވިތާކަށް އެކަން ފޮރުވަނީ ނުވަތަ ސިއްރުކުރަނީވެސް މިސަރުކާރުން

    18
    5
  2. ދުރުމި

    ދެން ނުހައްދަވާ އެތައް ކަމެއް އުފައްދައިގެން ހަމަ ބޮޑުވަޒީރު ކަމަށް އަންނަން.

    16
    4
  3. ޢަހުމަދު1

    ހަރުކަށި މީހުންގެ އަތެއް ނުވާތީ އެ މީހުން ބާކީ ނުކުރަން ވާހަކަ ފެކްޓަރީއިން ދައްކަން ބޭނުންވާ ވާހަކަ. ނެރޭޓިވް ކޮންމެވެސް ގޮތަކަށް ހަރުކަށި ކޮޅަށް ބޯޅަ ޖަހަން އެބަ ބޭނުންވޭ.

    10
  4. ހުސޭނުބޭ

    މި ނާޒިމް ޢަބްދުއްސައްތާރަކީ ކަހީނެއްތަ؟

    14
    2
  5. އައްޑޫ މީހާ

    އަންނި ނާޒިމް ކައިރީގައި ބުނީ ކަމަށް ބެލެވެނީ ފުލުހުން ތަހުގީގު ކުރާނީ ހަގީގަތް ހޯދުމަށް އެކަމަކު ސީދާ އެއީ ކިހިނެއްވީ އެއްޗެއްކަމާ އަދި އެއީ ކޮން އިރަކު ހަރުކުރި އެއްޗެއްކަމާ އެއްޗެއް ހަރުކުރިކަން ވެސް އެނގޭނީ އެކަން ކުރި ބަޔަކަށް ހަމަ އަސްލުކޮށް މިބުނީ ހިނި އަންނަނީ މި ޑްރާމާ ކުޅުން ހުއްޓާލަން ވެއްޖެ ދެން ހަމަ ބޮޑު ވަޒީރުކަންވެސް ގަދަ ބާރުން ކުރީމަވީއެއްނުން ހުރިހާ ކަމެއްވެސް މިހާރު ކުރަމުނަ ގެންދަނީ އެގޮތައް ކޮންމެހެން ގައުމު ހަލާކު ނުކުރިޔަސް

    10
    1
  6. އިބްރާހިމް

    ޑރ އަފްރާޝީމް ޢަލީގެ މަރާއި ، ރ ޔާމީން ހުންނެވި ރިޔާސީ ލާންޗްކޮޅު ގޮއްވާލި ޙަމަލާއާއި ރ ނަޝީދަށް ދިން ބޮމުގެ ޙަމަލާއާއި، އިންޑިޔާ އެމްބަސީ ގޮއްވާލާނެކަމަށް މީހަކު ޓްވީޓްކުރުމާއި މި ކަންކަމުގައި ވަރަށް ބޮޑެތި ގުޅުންވާކަމަށް ބެލެވޭ. އެންމެ ކުރިން ފެށިގެން މި ޙަމަލާތަށް ދިން މީހުންކަމަށް ފުލުހުންގެ ތަޙްޤީޤަށް ފާހަގަވި މީހުން ކުށުން ސަލާމަތްކުރަން އުޅުނު ބަޔަކުވެސް ހޯދާ އެބައިމީހުންނަށްވެސް ޙައްޤު އަދަބުދޭންޖެހޭ.

  7. ޙަލީ

    ބައެއްފަހަރު ހަމަހޭގައި ނުތިބޭމީހުން ތަފާތު ވާހަކަ ދައްކާނެ ، އެއީ އާކަމެއްނޫން ، ދެބަދޭތެރޭގައި އުޅުއްވާ ބޭފުޅުން ދައްކަވާ ވާހަކަތަށް އެންމެ ރަގަޅުވާނީ ނޫސްތަކުގައި ނުގެނެސް ދެއްވިއްޔާ

  8. ހައްޕު

    ސަޕޯޓު ގެއްލުނީމާ ސަޕޯޓް ހޯދަން ޖަހާ ރޮކެޓްހެން ހާދަ ހީވޭ.

  9. ލައްލާ

    މިކިހާބޮޑު އުދަގޫލެއް މީހަކު އަމުދުން ކަލޭ މަރާކައްނޫޅެ. ކަލެޔާހެދި މިއުލެނީ ގައުމުކުރިނާރައިގެން. އަގަމަޑުން ލައިގެން ތިހުރިތަނެއްގަ ހުރެބަލަ.

  10. ޓަކިބެ

    ނާޒިމް ސައްތާރު ފުލުހަށާ 241 ކޮމެޓީއަށް ހާޒިރުކޮށް މިކަން ތަހުގީގު ކުރުމަށް ގޮވާލަން. ނާޒިމް ސައްތާރުގެ ތުހުމަތަކީ ހަގީގަތެއް ނަމަ އެއީ ނާޒިމް ސައްތާރު ކުރި ކަމަކަށްވެސް ވެދާނެ.

  11. އިންޑިއާ އައުޓް

    ރައްޔިތުންގެ ތާއީދު ކުޑަވީމާ ބުމަރެއް ހެން މުޅި އާއިލާ ތެޅިފޮޅެނީ ދެން އެހެން ކޮން ބޭނުމެއް