ހަތުރުން މިތުރުންނަށް ބަދަލުވާ މޫސުން އައިސްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ދެން ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ބައެއް މެމްބަރުން އެކަމާއި ހިތް ހަމަ ނުޖެހުނަސް ދެން ރައީސް އާއި އެކީ ނުހުރެވޭނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އުމަރު ވިދާޅުވީ މިތުރުން ހަތުރުންނަށް ބަދަލުވެ، ހަތުރުން މިތުރުންނަށް ބަދަލުވާ ސީޒަން އައިސްފައިވާ ކަމަށެވެ.

"މިތުރުން ހަތުރުންނަށް ބަދަލުވެ، ހަތުރުން މިތުރުންނަށް ބަދަލުވާ ސީޒަން އައީ" އުމަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި އެފަދައިން ވިދާޅުވި ނަމަވެސް، ނަޝީދު ވިދާޅުވީ، ރައީސް އާއި މައްސަލައެއް ޖެހިގެން ނޫޅުއްވާ ކަމަށާއި އެމަނިކުފާނާއި މައްސަލައެއް ނުއެސް ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ދެބޭފުޅުންގެ މެދުގައި ފިކުރީ ގޮތުން ހިޔާލު ތަފާތުވުންތަކެއް އުޅުއްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށްވާއިރު އެކަމާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަހީ ދު

    ދެން ކަލޭ އެބަ ޖެހޭ ދޯ ދަނޑިވަޅު އަންނަ އިރު ވާ ގަނޑު ތައްޔާރު ކުރަން

  2. މަސްއޫދު

    ކަލެޔަތް އެއްފައިދާއެއްވެސް ނުލިބޭނެ! އުމަރަކީ ކާކުކަން ރައްޔިތުންނަށް އެގޭ! ތިޔަކަހަކ ފޮލޯކުވާހަކަތައް ދައްކަން އުމަރު ވަރެއް! އޯކޭ

    3
    2
  3. ދެހާސްތޭވީސް އުމަރަށް

    އުމަރު ނޫނީ މިގައުމުގައި ސިޔާސީގޮތުން އުރަތްޕެއްހުރި މީހަކު ނެތޭ، ދެން މިއުޅޭ އެނބުރޭވަހުތާނުން މިއުޅެނީ މާ ސިޔާސީވެގެން، ޖީބަށް ބަރުވަންޏާ ހުރިހާ ސީޒަނެއްވެސް އަންނާނެ، ފެންނާނެ.

    5
    1