ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުރީ ތާށިވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައެވެ.

ނަޝީދު ވިދާޅުވީ، މި ސަރުކާރަށް މިހާރު ތާއީދު ނުކުރާ ކަމަށް ދުރު ދުރުން ވިދާޅުވެފައެވެ. އެގޮތުން ރައީސް ސޯލިހާއި އެކު ދެން ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށާއި އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ތެރޭގައި ހަރުކަށި ވިސްނުން އެބަ އުޅޭ ކަމަށާއި ބޭރުގެ އެޖެންސީތަކުން ލިބިވަޑައިގަންނަވާ މައުލޫމާތުތަކުން އެނގޭ ގޮތުން ހަރުކަށި ފިކުރުގެ މީހުން ތައްޔާރުވަމުންދަނީ ހަނގުރާމައަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މެސެޖްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވީ ތާށިވެވަޑައިގެންފައި ކަމަށާއި އެމަނިކުފާނު ވެރިކަން ބޭނުންނޫން ކަަމަށާއި އެދެނީ ރާއްޖެ، އަހަރެމެންގެ ދަރިންގެ ދަރިންނަށް ސަލާމަތްތެރި ކަމާއެކު ފޯރުކޮށްދޭން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    އިންޑިޔާއަށް ރާއްޖެ ވިއްކާފަ ކޮންމަކަ ރުވެ ރި ވާހަކައެއް. މިހާވަ ރަށް ދަ ރިންގެ ދަ ރިންނަށް ރާއްޖެ ލިބޭނީ.

    30
    2
  2. ސޮއި

    އައްނިގެ ދަރިންނާއި ދަރިންގެ ދަރިން އިންޑިއާގައި އުޅޭކަމެއް ނުދެނަހުރިން. އިންޑިއާއަށް ގައުމު ވިއްކާ ހުސްކޮށްލާފައި ދެން ؟

    34
    1
  3. އާދަންބެ

    އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތުން ނަޝީދު ބޭނުންވަނީ އަސްލު ކޮންކަމެއްތަ؟ ނަޝީދުއާ ވެރިކަން ހަވާލުކޮ އިބްރާހިމް މުހައްމަދު ސާލިހު ގެޔަށް ދާންވީތަ؟ އިބްރާހިމް މުހައްމަދު ސާލިހަކީ ރާއްޖޭގެ ރައީސްކަން ނަޝީދު ހަނދާން ނެތުނީތަ؟ ނަޝީދު ޖަހާހާ ބެރަކަށް އިބްރާހިމް މުހައްމަދު ސާލިހު ނަށާކަށް ނުޖެހޭ. ރާއްޖޭގަ މިއަދު މިއޮތީ މަލްޓި ޕާޓީ ވެރިކަމެއް. އެހެންވީމަ އިބްރާހިމް މުހައްމަދު ސާލިހު ނުޖެހޭ ހަމައެކަނި ނަޝީދު ބޭނުންވާހާ ގޮތަކަށް ކަންތައް ކުރާކަށް.

    43
    1
  4. ކޮވިޑް

    ތާށިވީ ގޮތެއް އަޅޭ ކިޔާދީބަލަ؟ ތާށިވިއްޔާ ތާށިވީ ނަޝީދުގެ އަތްދަށު . އިބޫއަށް ކަމެއް ނުކުރެވިގެން އެ އުޅެނީ ނަޝީދުގެ އުންދަގުލާހެދި .

    36
    3
  5. ޢަ

    ނަޝީދު އެހެރީ ބާކީ ވެފައި... ގިނަ ރައްޔިތުން ނަޝީދު އާއި ދުރު ވެއްޖެ... މ8އީ ހަޤީޤަތް

    15
  6. އަބްދުއްލަޠީފު

    އިތުރު ތަފްސީލު ދެންހެޔޮ. ވެރިކަމާހެދި އެހެރީ ދެބަންދިހާރަވެފަ.

    12
  7. އަންނީކަލޯރާޖާ

    ބަލަ ނަޝީދޫ.... މުޅި ރާއްޖޭގެ ކަނޑު އަޑީގެ ޗާރޓްކުރަހަން ބޭރުގެ ފަރާތްތަކަށް ހަވާލުކުރާ އިރު އިނގެންވާނެދޯ މީކީ ކުރާ ޒާތުގެ ނޫނީ ކުރަންވާ ޒާތެއްގެ ކަމެއްނޫންކަން...
    ގައުމެއްގެ މިނިވަންކަމަށްޓަކާ ސަރަޙައްދުގެ ހަމަޖެހުމަށްޓަކާ ނުބަލާ މިކަހަލަ ހިތާމަހުރި ކަންކަން ކުރަންޏާވާނީ މިހެން ްްްްް

    12
  8. ޟިއާޚަލީފާ

    ޚކަލޭ ނޫންތަ ފިތުނީ

  9. ލލ

    ތިހުރީ އިގިރޭސި ވިލާތަށް އަރުވާލާފަ ދެން ތިތާ ހުރެބަލަ !

  10. ޙަސަން

    ޟިފަހަރ މުޅިން އާވައްތަރެއްގެ މަޅިޔެއްކަމަށްހީކޮށް ބުޅާ މަސްނުކާން ހުވަިކުރި ފާޑުގެ ދޮގެއް ފަތުރާލީ ދޮތަ!