ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އުތުރުގެ ތިން ރަށަކަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެކަން ހާމަކޮށް ރައީސްގެ ތަރުޖަމާން މަބްރޫކް އަަޒީޒް ވިދާޅުވީ، އުތުރުގެ ބައެއް ރަށްތަކަށް އެމަނިކުފާނު ފުރާވަޑައިގަންނަވާނީ މި ޖުލައި މަހުގެ 16 އިން 18 އަށް ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ، ކުޅުދުއްފުށި ސިޓީ، ކުމުންދޫ އަދި ހަނިމާދޫއަށެވެ.

އަދި ރައީސް ސޯލިހްގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސް ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފައެވެ. އެގޮތުން، މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްގީގެ މަޝްރޫއުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަސްލަމް

    ދާނެކަމެއްނެތް. ރައްޔިތުން ނުކުމެ އިސްތިއުފާއަށްގޮވާ ވަގުން ބޭރުކުރުވާ.

    25
    3
  2. ކުޅުދުއްފުށި ހާތިމް

    ނޭވާހޮޅިން ވައްކަންކޮށް ގައުމު އިންޑިއާ އަށް ވިއްކާލި ބަޔަކުންނަށް ކިޔާނެ މަރުހަބާއެއް ނޯންނާނެ. އިސްތިއުފާ އަށް ގޮވާނަން. ގޮވާނަން. ގޮވާނަން

    30
    3
    • ކޮވިޑް

      މީ ކުޅުދުއްފުށީ މީހުން ޓެސްޓް ކޮށްލަން ލިބޭ ފުރުސަތެއް. ހީކުރަން އައްޑޫ މީހުން ގްބޯ ހައްދާފަ ތިބޭހެން ކުޅުދުއްފުށި މީހުން ނުތިބޭނެ ކަމަށް. ހަނިމާދޫން އިން ހަމަ ޔަގީނުންވެސް އިންޑިޔާ ސިފައިން މަރުހަބާ ކިޔަން ނުކުންނާނެތާ؟

      30
      1
  3. އެލެކްސް

    ތަންތަނަށް ގޮ އްސަ ކޮ އްދެވޭވަރުކަންކަން ބުނަންޖެހޭނީ ނުކުރެވޭ ވަރުކަންކަމުގެ ވާހަކަ ނުދެ އްކި އްޔާ ރަގަޅީ. ވޯޓްހޯދަން ދުވުނު އިރު ބުނި ދިވެހި ކޮންމެ މީހަކަށްވެސް އަތްފޯރާ ފަށުގަ އި ގޯތިގެދޮރު އަޅާން ލޯނު ދޭނެވާހަކަ ކޮބާތޯ އެބުނާ ލޯނެ އް؟؟

    27
    1
  4. ކުޑަމޯދީ

    ޙަނިމާދޫގައި ތިބި އިންޑިއާ ސިފައިންނާ ބައްދަލު ކުރަ
    ން އެދަނީ ކޮންމެހެން ރަޔިތުންގެ ހާލުބަލާ ކަށެއްނޫން ރައްޔިތުންތިބީ ބަނޑަށް ޖައްސާފަ

  5. Anonymous

    ރައްރަށައް ރަީސުން ވަޑައިގަންނަވަނީ މުހިންމު ބޭނުން ތަކުގާ މީނަ ދަނީ ކީއްކުރަންބާ ހަމަހުރެފަ ރަށައްއަރަާ ފޭބީމާ އެރަށކައް ހުރީ ކޮންފަދާ އެއް ހަމައެކަނި ހިނިއައިސްފަ ހުރެގެން ނުފުދޭ ވަލިއްޔުލް އަމުރުގެޒިންމާ އަކީ ހަމައެކަނި ބަންދު ދުވަސް އިއުލާން ކުރުމެއްނޫން އިސްތިއުފާދީ އެކަންކުރަންވެސް ނޭގެނީބާ

  6. ޒަބީބު

    ކޮބާ އަންނި އިބޫ ރަށްރަށް ޒިޔާރަތްކުރަން ހަމަޖެހިއްޖެއޭ! ވަރަށް މޭކަރާ އުތަ؟ ރާއްޖޭގައި ހުރެވުނު ނަމައޭ މިހާރު ހިތައް އަރާ އުތަ؟ ކުދިންގެ އިބޫ ދޮންބެ އަރާ ކޮންމެ ރަށަކަށް އަރައި ފައިބާ އިރަށް ހިތުން ބޮޑުވަޒީރު އަނގައިން ފްލެޓް ދޮންބެ ވެސް އަރައި ބައިސާ ކަނޑާލަން ހުރެވުނު ނަމަ ދޯ؟ އަވަހަށް އެކި ރަށްރަށުގައި ތިބި އަންނިއަށް މަރުދޭ ތަޅާ ކުދިންކޮޅާއި ގުޅައިގެން ޒޫމް، ވައިބާރ ވަޓްސްއަޕް މެދުވެރިކޮށް ނަމަވެސް ރަށްރަށަށް އަރާލަން ވާނެއެއނޫން ދޯ. އެހެން ނޫނީ އިބޫ އަރައި ބަރުލަމާނީ ހުވަފެން ބިލާހަކަށް ހަދައި ބަރުލަމާނީ ކަފުންކޮށްފައި ނޫނީ ނުފައިބާނެ ކަންނޭގޭ. ކޮބާ ރަށް ރަށުގައި ތިބި އަންނިއަށް މަރުދޭ ތަޅާ ކުދިންކޮޅު ނެރެގެން އިބޫއާއި ދެކޮޅަށް ކުޑަ ނަމަވެސް މުޒާހަރާ އެއްވެސް ކޮށެއް ނުލާނަންތަ؟ އެއިރުންތާ އަހަރެމެނަށް މިއެތި ތުނިވެފައިވާ ވަރު އެނގޭނީވެސް.

  7. ޅ.ނޫރާނީއާގޭ

    ބޭނުމެއްނޫން

  8. ޔާމިން

    ރައްޔިތުންނައް ފާދާއެއްނެއް

  9. ލައިލާ

    ކަމުދާމީހެއް ނޫން

  10. ވިލޭ

    ދެކެންބޭނުންފަރަތެއްނޫން

  11. މާރިޔާ

    ސުމެއްގެމީހެއް

  12. ނަޝީދު

    ހުރިހިތާމައެއްގެބޮޑުކަމާ ބިންތައްނުދޭތި ރައްޔިތުންނޭ

  13. އިކްލީލް

    ކުޑަފަރީއަށް ދާތި ކޮންމެހެންހަދާފަވެސް! އެންމެބޮޑަތި ސަޅިބައިސާތައް ކެނޑީ އެމީހުންގެކައިރީގައި! އެންމެބޮޑަށް ހެއްލުނީވެސް އެމީހުން!