މާލެ އަތޮޅު ކާށިދޫން ވަކިތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ދެސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށު ހެލްތު ސެންޓަރުން ވިދާޅުވީ ޖުލައި 12 ވަނަ ދުވަހު ތަރުތީބެއްނެތި ނެގުނު ސުންކު ތަކުގެ ތެރެއިން ދެ ސުންކެއް ކޮވިޑް-19 އަށް ފަައްސިވެފައިވާ ކަމަށެވެ.

ކާށިދޫން ކޮވިޑަށް ފައްސިވެފައި ވަނީ ދެބިދޭސީންނެވެ.

އަމިއްލަ ރައްކާތެރިކަމާއި، އެހެންމީހުންގެ ރައްކާތެރި ކަމަށްޓަކައި، އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް މާސްކު އެޅުމާއި، އިޖުތިމާއީ ގައިދުރުކުރުކަން ބެހެއްޓުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުއްވުމަށް ޙާއްސަ ސަމާލުކަން ދެއްވުމަށް ހެލްތު ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކާށިދޫން ދެމީހަކު ކޮވިޑަށް ފައްސިވުމުން އެރަށް މިރޭ ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އެހެންކަމުން ހުއްދަ ނެތި އެރަށަށް އަރައި ފޭބުން މަނާ ވާނެއެވެ. ނަމަވެސް އެންމެ ފަހުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލު ބުނާ ގޮތުން ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ވުމުން ކަރަންޓީން ނުވެ މޮނިޓަރިންގައި އޮންނަ ރަށްތަކަށް ވެސް ދަތުރު ކުރެވޭނެއެވެ.

މިހާރު ވެސް ރާއްޖޭގެ 20 އަށްވުރެ ގިނަ ރަށް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަހު

  ތިއޮއްފެތުރެނީ

 2. ާއަހުމަދު

  އާ ފަހާތަނެއްގަ އިއްނަ މީހަކު އެމީހަ އެ ރަށުންނުވެސްދިޔަ މީހެއް މީންދުވަހަކު ގަެިމު އެމީހަ އައް އެ ޖެހުނީ އެހެންމީހެއްގެ ފަރާތުން
  ދެންވިސްނާލަބަލަ ފެތުރިލާފަ އޮއްނާނެވަރު
  ކިތައްމީހުން އެމީހަ ކައިރިޔަށް ސުކޫލް އެއްޗިސް ފަހަން އަދި ހެދުންވެސް ފަހަން ގޮސްހުރި ސުކޫލް ހުޅުވެންވާއިރު

 3. ކާށިދޫ މީހާ

  ރަށް މޮނިޓަރިންނަށް ލައިފި 😔

 4. ކާައްޓެ

  ކޮވިޑަށް ވުރެ މާ ވޭން ގަދަ ކަރަންޓީނުގަ ތިބުން. ވަރަށް ނަފްސާނީވޭ. އަލަށް ކަރަންޓީނު ވީމި. ވީމަތަ މިކަމުގަ ހުރި ވޭނެއްވެސް އެނގޭނީ. ސިންގަޕޫރުގައި މިހާރު މި ކޮވިޑް އަކީ އާދައިގެ ރޯގާއެއް ކަމަށް ނިންމައިފި. ހޭ އަރާކަށް
  ނުވޭބާ. މީ އަހަރެމެނަށް ދޭ އަނިޔާއެއް ނޫން ދެން ކޮންއެއްޗެއްބާ؟