ޖިންސު ބަދަލުކޮށް "ފިރިހެނަކަށް ބަދަލުވި" ދިވެހި އަންހެނެއް ކަމަށްވާ އައިމިނަތު އީނާސްގެ ދިފާއުގައި ޝައިހް ހުސެން ރަޝީދު އަހްމަދު ނިކުމެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އިސް މަގާމެއްގައި ހުންނަ އަދާލަތު ޕާޓީގެ ކުރީގެ ރައީސް ހުސެން ރަޝީދު ވަނީ ޖިންސު ބަދަލުކުރި މީހާގެ ދިފާއުގައި އޮންލައިން ނޫހެއްގައި ދިގު ލިޔުމެއް ލިޔެފައެވެ. އެލިޔުމުގައި ބުނެފައި ވަނީ ޚުންޘާ އިންނަށް "ޖިންސު އިސްލާހް" ކުރުން ހުއްދަ ކަމަށެވެ. ޖިންސު ބަދަލުކޮށްގެން އުޅޭ ދިވެހި އަންހެން މީހާއަކީ ޚުންޘާއެއްކަން ހުސެއިން ރަޝީދަށް އެނގުނު ގޮތެއް އޭނާގެ ލިޔުމުގައި ބުނެފައެއް ނުވެއެވެ.
ހުސެން ރަޝީދު ބުނާ ގޮތުގައި ޢާއްމުކޮށް ޖިންސު ބަދަލު ކުރުމޭ ދިވެހިން ކިޔައިއުޅޭ، ޢަމަލީ ޖިންސު ބަދަލު ކުރުމެއް ނޫނެވެ. އެއީ ޖިންސު އިޞްލާޙު ކުރުމެވެ. ޢިލްމީ އިޞްޠިލާޙުގައި އެއަށް ކިޔައި އުޅެނީ تصحيح الجنس (Sex Correction) ކަމަށް ވެސް އޭނާ ބުނެއެވެ.
އަންހެނުން ފިރިހެން ވެގެން އުޅުމާއި ފިރިހެނުންގެ ހެދުން ލުމާއި ހަމައެފަދައިން ފިރިހެނުން އަންހެން ދުޅާވެގެން އުޅުމާއި، އަންހެން ހެދުން ލައިގެން އަންހެން ދުޅާވެގެން އުޅޭ މީހުންނަށް ކީރިތި ރަސޫލާ ލަޢުނަތް ލައްވާފައިވާ ކަމަށް ހުސެން ރަޝީދުގެ ލިޔުމުގައި އޭނާ ވެސް އެއްބަސް ވެފައި ވެއެވެ.
ނަމަވެސް ހުސެން ރަޝީދު ލިޔެފައި ވަނީ "ޢިލްމުވެރިން ވިދާޅުވަނީ އެއީއަކީ މިކަމާ ގުޅުމެއްހުރި ވާހަކައެއް ނޫން ކަމަށެވެ. އެޙަދީޘްފުޅުގެ މުރާދަކީ ތިމާ އަމިއްލައަށް ހެދުންއެޅުމާއި ދިރިއުޅުމުގައި އަނެއް ޖިންސުގެ ވައްތަރު ޖައްސައިގެން އުޅުމެވެ."
އީނާސް އަންހެން ހެދުން ލައިގެން އެތައް ދުވަހަކު އުޅުނުކަމާއި، އަދި އެކަމަށް މީގެ ކުރިން ގިނަ ބަޔަކު ފާޑުކިޔާފައިވާކަން ހުސެން ރަޝީދުގެ ލިޔުމުގައި ސާފުކޮށް ބުނެފައެއް ނުވެއެވެ. ލިޔުމުގައި ބުނެފައި ވަނީ އޭނާ ޤުދުރަތީ ގޮތުން ޚުންޘާއެއްގެ ގޮތުގައި އުުޅުނު ހިނދު އޭނާއާމެދު ހަމްދަރްދީވީ މީހަކު އޭނާގެ ނިކަމެތި މައިންބަފައިނޫނީ ނެތް ކަމަށެވެ. އެހެންކަމުން ތިމާއާ ނުބެހޭކަންކަމާ ނުބެހުން ބުއްދިވެރި ކަމަށް ހުސެން ރަޝީދު ބުނެފައި ވެއެވެ.
ހުސެން ރަޝީދުގެ ލިޔުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ.
މި ހުސެން ރަޝީދުމި ޝޭހެކޭ ބުނީ ކާކުބާ؟ މިހަދަހާވާ ގޯސް އިންސާނެކެ
ކޮއްކޯ ތީ ޝައިޚެއްނޫން! ތިއީ ޢަރަބި ޓީޗަރެއް! ވަރަށް ރަގަޅަށް ޢަރަބި އެނގޭނެ! އަމިއްލައަށް ޝައިޚަކަށްވެގެން އުޅެނީ!
ތިބުނޯތެދެއްހެންހީ ވޭ .. ޔައުނީ ދައްކާފަހުންނަ ވާހަކަށްބަލާއިރު ތެދަކާ ވައްތަރީ
والله عرب ބަހުން އެބަހުގެ ނަން ނޫނިއްޔާ ނޭގޭނެ މީހުން ނުވަތަ އަރަބި ބަހަކީ 1 އަހަރުދުވަހުގެ ޑިޕްލޮމާ ގަޑަކުން އެގޭ އެއްޗެއް ނޫންކަން ނޭގޭ މީހުން އުޅެފާނެ!
ދެން އޮތީ ދީން. ލާދީނިއްޔަތަށް ދީން ވިއްކައިގެން ކައިގެން ބޮއިގެން އުޅޭ މީހުންނަކީ މަލްއޫނުން.
"ބޮޑު ނިގޫ ތަނަކަށް ވައްދާ ތާށިކޮށް" ނެގިފަ ހުންނަ ވީޑިއޯތަކަކީވެސް މަގުގެއްލިފައިފައިވާ މީހުން އިތުރަށް ފަޟީހަތް ކުރުމަށް ﷲ މެދުވެރިކުރައްވާ އިބްތަތްތެރި ފިލާވަޅުތައް. الله اكبر
ދެން ތިޔަ ހުސެން ރަޝީދު މިކަމާ ތިޔަ ބެހިގަތީ ކީއްވެބާ؟ލާދީނީ ކަމަކަށް ވާތީ ހިއްވަރު ދިނީތޯ؟ ނޫނީ މަޖުބޫރު ވީތޯ؟
ހުސެން ރަޝީދަށް މިކަމުގަ ވަރަށް ބޮޑަށް ތާއީދު ކުރަން. ޚާއްސަކޮށް ތިމާއާ ނުބެހޭކަންކަމާ ނުބެހުން ބުއްދިވެރި ކަމަށް ހުސެން ރަޝީދު ބުނެފައިވާ ތަންކޮާޅަށް ތާއީދު ކުރަން.
އާން އޭރުން ފިތުނައެއްވެސް ރުޅިވެރިކަމެއް ވެސް ނުއުފެދޭނެ. އަހަރެމެން ކިތަންމެ ވަރަކަށް އަޑުލާހެދިޔަސް އޭނަ ބޭނުން ގޮތަކަށް އޭނަ ކަންތައް ކުރާނީ އޭނަގެ އުޅުން ހުންނަގޮތާ މެދަކު ނޫން ތިމާއާ މެދު ހިސާބު ބެއްލެވޭނީ.
އީނާސްވެސް އެކަން އިއުލާންކުރީ އެކަމާ މީހުން ބެހުވަން ނޫން ދެން ކޮން ކަމަކު؟
ޙުސެއް ރަސީދުގެ ފުޓޯއެއް ވަކިއްނުލިބުނީތަ އަދި ދީހީ އިލުމު ވެރިޔެއް ގާތު އެމައުލޫގަ ހުސެއްލިޔުނު އާޓިކަލައް ރަގަޅު ތޯ ނުވަތަ ނޫތޯވެސް ދީނީ ނަޒަރިއްޔާތުން އަހާލުން މުހިންމު އެއައްފަހު ލިޔުން ރަގަޅު
فاسق مرتد جاهل مركب
ތިޔައީ ދީނީ ރޯނު އެދުރު ބޮޑު ސޭކެއް ތިޔައީ ކަންކަމުގަ ދީނީ ފަތުވާ ދެވޭ ފެންވަެުގެ ދީނީ ޢިލްމުވެރިއެއްނޫންކަން ވަރަށްސާފު
ކޮބާތަ ހުންސާ އަކީ ؟؟
އަންހެން ފިރިހެން ވަކިނުވާގޮތަށް ޖިންސީގުނަވަން ހުންނަ މީހުން
އަންނި ދިފާއުވާގޮތަކަށް ނޫނީ މީނާ ފިޔަވަޅެއް ވެސް ނާޅާނެ. އިތތުބާރު ގެއްލިފައި ހުރި "ޢިލްމު ވެރިއެއް" މިއީ.
ތިއީ ޝޭހެއްތަ؟ ނޫނީ ސޭކެއްތަ؟؟🤔🤔🤔
"ޖިންސު ބަދަލުކުރި މީހާގެ ދިފާއުގައި ސޭކު ހުސެން ރަޝީދު ނިކުމެއްޖެ!" މިހެން އޮތްނަމަ ތަންކޮޅެއް ކިޔަން ފަސޭހަވީސް. ޤަބޫލުކުރަންވެސް. މިދެން ކިހާދެެރަވެއްޖެ ކަމެއްތަ އޭން!!! 😑😑😑 ތި ގޮންޖަހަނީ އިސްލާމީ ޝަރީއަތަށޭ😑😑 ޝޭހެކޯ އެކަމަކު🙄. ލަދު ކޮބައިތަ ލަދު؟؟؟؟؟
އޭނަ ލިއުނު އެތި ކިޔާފަތޯ ތިޔަ ވިދާޅުވަނީ
ތި ގޮންޖަހަނީ އިސްލާމީ ޝަރީއަތަށޭ - ސާބަސް ، ކަލޭގެ އޯލެވެލް ނޫނީ އަސާސީތައުލީމް ބައިގައި އިސްލާމް އިން ފާސްވީ ކިތައް މާކްސް ލިބިގެންތޯ ބަލާލަބަލަ. ގުދޯ ގުދޯ ނުކިޔާ ، ޒަމާނީ ސައިންސްގެ އަލީގައި އިންސާނުންގ އުފެދުމުގައި ޖެނެޓިކް މައްސަލަ ނުކުންނަކަން ނޭގެންޔާ ދޭބަލަ މަދަރުސާއަށް ފުރަތަމަ
ކަލޭ އިންޑިއާގަ އުޅުނު ދުވަސްވަރައް ތިދެއްކި ވާހަކަ ހެކިދޭ
ޖިންސު ބަދަލުކުރި އަންހެން މީހާގެ ދިފާއުގައި ކަމަށްވާނަމަ ހުސެއިން ރަޝީދު އެބަޖެހޭ އިސްލާހުވާން. އެހެނީ ޖިންސު ބަދަލުކުރި އަންހެން މީހާގެ ހާލަތެއް ހުސެއިން ރަޝީދަކަށް ނޭނގޭނެ. އެހެނެއްނޫން އަންހެން މީހާއާ ނުގުޅުވާ ހަމަ މުތުލަޤަށް ދީނުގަ މިކަން އޮތްގޮތް ބުނެދިނުން ރަނގަޅު.
ޙުސެން ގެ ވާހަކަ އަޑު އަހަން ފޫހިވީ އިލްވެރިޔަކަށްވެހުރެ މައޫމޫނަށް ހުތުރު އެއްޗިހި ކީމަ އޭނަޔަކަށް އިތުބާރެއްނުކުރެވޭނެ
ޢަމްދަކުން މަމީކީ މއުމޫނަށް ތާއީދުވެސް ނުކުރާ މީހެއް
ތުހުރީ ލާދީނިއްޔަތަށް އެންމެ އެކަށީގެންވާ ވައްތަރުގެ ޝެއިޚެއް ލިބިފަ. މިތަނުގެ އިސްލާމިކް މިނިސްޓަރަކަން ދީ.
މަށަށް ހީވަނީ ހުސެއިން ރަޝީދު ސިކުނޑީގަ އުނިކަމެއް އެބައުޅޭހެން ހުންސާއަކު ޖިންސީ ގުނަން އިސްލާހު ކުރުމަކީ ޖިންސް ބަދަލުކުރުމެއް ނޫން. ޖިންސީ ގުނަން އިސްލާހުކުރުމަކީ އުފެދުމުގަ ޖިންސީ ގުނަނުގެ ހުންނަ އައިބެއް ނުވަތަ އެ ގުނަނުގެ މަސައްކަތް ރަނގަޅަށް ނުކުރާތީ އެކަން ރަނގަޅުކުރުމަށް ކުރާކަމެއް. އެކަމަކީ އިސްލާމީ ޝަރީއަތުގަ ހުއްދަވެސް ކަމެއް. އެކަމަކު މިހާރު ދިމާވެގެން މިއުޅެނީ ޖިންސީ ގުނަން ރަނގަޅަށް ހުރި ސިއްހަތު ސަލާމަތުން ހުރި އަންހެނަކު ފިރިހެނަކަށް ވާން ބޭނުންވެގެން ޖިންސު ބަދަލުކޮށްގެން. މިއީ ހުއްދަކަމެކޭ ހުސެއިން ރަޝީދަކަށް ނުބުނެވޭނެ.
މިއީ ކުޑަކުޑަ ރަށެއް. ގިނަމީހުން އެކަކު އަނެކަކު ދަނޭ. ކަންވީގޮތް ނުއެނގިތިބެ، ބަޔެއްގެ ހިތަށް ހަންޖަރު ހެރުމުން ލިބޭނެ އުފަލެއް ސަވާބެއް ނޯންނާނެ. އެނގޭ ކަމަކީ އޮޔާދާ ބައެއް ކުދިންގެ މައިންބަފައިންނަކީ ނުލާހިކު ޞާލިހު މުސްލިމުންކަން. މާތްﷲ ކޮންމެ މީހަކަށްވެސް އިމްތިހާނެއް ކުރިމަތި ކުރައްވަފާނެ. ތިބާ ޔަކީވެސް ...
ހުންސާ އިންނަކީ ކޮބާތަ؟
ކަލޯ ހުސޭނާ ! މަޤާމު ބޭނުންވިޔަސް ތަންކޮޅެއބޮޑުވަރު ތިޔާ!
އެއީ ޖިންސު ބަދަލުކުރުމުއްނޫން. އެއީ ޖިންސު ބަދަލުކުރުމުގައި ނަމުގައި އަމިއްލަ ނަފްސަށް އަދި ހަށިގަނޑަށް ދެވޭ ބޮޑު އަނިޔާއެއް. ބޮޑު ފާފައެއް.
ޖިންސް ބަދަލު ކުރެޥޭ ހާލަތަކީ ތައުލީގާބިލު ކަމެއްނެތަސް ސިޔާސީ މަގާމެއް ލިބުން
ޚުންތާއިންނާއި، އޯވަރީ ނަގާފައި މޭލް ޖެނިޓީލިއާއެއް ހަށިގަނޑުން މަސްނަގައިގެން ޖެހުމާއި މިއީ ވަރަށް ތަފާތު ދެކަމެއް. ޚުންތާއިންނަކީވެސް އަންހެނުން ކަން ހަދުމަކޮއް އަރުވަން. ވީމާ ރަޝީދުތިކިޔާއެއްޗެއް ސާފެއްނުވޭ. ފަހަރުގައި ރަޝީދުއަށް ފީމޭލް ޓު މޭލް ޓްރާންސިޝަންގައި ހިނގާ ކަންކަން ނޭނގެނީތޯއްޗެއް.
ބޮޑު މުނާފިގެއް
ސަލްމާން ރުޝްދީ ސަލާމް ބުނި.
ތީސޭހެއްނޫޫން ތީ ސޭކެއް
ހުސެން ރަޝީދު ވެސް، ބަދަލު ކޮށްލާ އެހެންވީމަ
ތި ހުސެން ރަޝީދަކީ ބޮޑު މުނާފިގެއް އަދި ލާދީނީ މީހެއް
އެއްކަލަ އެމްޑީޕީ ޝޭކް.ލާދީނީ ސޭކް. ދެން އުޅޭނީ ޖާސިމް ސޭޓުގެ ސޭކް.
މީނައަށް ކިޔަނީ ސޭހްތަ. ނޫނީ ސޭކުތަ
ތިޔަ ޙުސައިން ރަޝީދު އަކީ ކާކުކަން އެންމެންވެސް ދަނެއެވެ. ތިޔައީ އެމްޑީޕީގެ ލާދީނިއްޔަތު ނަގަހައްޓަން ހުރި ރޯނުއެދުރެކެވެ.
އޭނަ އަމިއްލަ އަށް ތިމަންނަ އަކީ ޓްރާންސްޖެންޑަރ އެކޭ ބުނާއިރު ދެން ކޮން ހުންސާއެކޭ ކިޔާކަށް. މި ރާއްޖޭގަ ހިނގާ މިފަދަ އެންމެހާ ކަމެއްގެ ދިފާއުގައި މި ހުސޭނުބޭ ނުކުންނާނެ.
ޙުސައިން ރަޝީދަކީ އަންނި ބޭނުން ވާ ގޮތަށް ފަތު ވާ ނެރޭމީހެއް ، އެއްޖިން ސުން ގުޅުން ހިންގުމަކީ ރަގަޅު ކަމެކޭ އަންނި ބުނެފިނަމަ އެކަމަށް ވެސް މީނާ ތާއީދު ކުރާނެ
ޝައިހް ލަގަބު މިކަހަލަ މީހުން ދެތީ ހިތަމަ ކުރަން
ޢެއީ ޝެއިހެއްނޫން އެއީ އުސްތާޒް ހުސެންރަޝީދު ޝެއިހެއްގެ ފާސް ނޯނާނެ އޭނައަތަކު
ޙުސައިން ރަޝީދު ކަލޭ ބެލީތަ އޭނަ އެއީ ހުންޘަ އެއްތޯ؟😡
ރިބާ އަށް އިންޓްރެސްޓް ކިޔައިގެން ހުއްދަކުރާ ގޮތަށް މޮޅު ނަމެއް ދީފަ އެއިނީ ސެކްސް ކަރެކްޝަން އޭ ކިޔައިގެން
ތިތިބީ އެއްކަހަލަދެމީހުން ..
ނިކަންބައްލަ ވާ ލޯގަނޑުން
ލަދުން ބޯހަހަލާކު! ލަދުގަނޭ މީނާއަށް ޝޭހެކޭ ނުވަތަ ޢިލްމުވެރިޔަކޭ ކިޔަން! ލާރިޔަށް މޮޔަވިޔަސް ތަންފުކެއް ބޮޑުވަރު!
މިހުދެއިން ރަޝީދަކީ ހާދަހާވާ ނުލަފާހެއްދޯ؟ދީނީ އިލްމުވެރިއެކޭ ކިފައި ދީނަށްކުރަނީ ފުރައްސާރަެވެ. މާތް ﷲ މިފަދަ މުނާފިގުންގެ ނުބައިކަމުން މިގައުމު ސަލާމަތްކުރައްވާށި! އާމީން
މީނާ ވެސް ނުބޭހޭ ކިތައްކަންތަކާ ބެހެނީ
މަގާމާ ބޮޑު މުސާރައަށް ތިމާގެ އިއްޒަތާ ޝަރަފުވެސް ވިއްކަފާނެ މީހުން އުޅޭ. އެފަ މީހުނަށް ﷲ ގެ ލައުނަތް ހުރި.
އުނިކަމެއް ހުއްޓަސް އައިބެއް ހުއްޓަސް ޑރ. ދައްކާ ފަރުވާ ހޯދީމަ ނިމުނީނު. ޖެހޭތަ އިސްތިހާރު ކުރަން ޖިންސު ބަދަލު ކުރީއޭ ކިޔައިގެން ޣައިރު މުސްލިމުން އުޅޭހެން. ﷲތިމާއަށް ދެއްވާފައި ނިޢްމަތަށް ޝުކުރު ވެރިވެބަލަ.
ޖިންސް ބަދަލުކުރި ކުއްޖާ ފިރިހެނެއްގެ ސިފާގައި އެހުރިސިފަ ހުސައިން ރަޝީދައް ނުފެންނާތީ ހަމަ ހައިރާންވެއްޖެ
ހުސައިން ރަށީދަކީ އަންނި އަތުން ލާރި ނަގައިގެން ދީން ވިއްކާލައިގެން އުޅޭ މީހެއް
ދެން ކަލޭ އެކަމާ ތިޔަބެހެނީ ކީއްވެބާ.
އީނާސް އަކީ އުފެދުމުގާ ފުރިހަމަ ކުއްޖެއްނޫން. މިހާރު އެކުރި އޮޕަރޭޝަނުން އެކަމަށް އޭނާ ފަރުވާ ހޯދީ. އޭނާގެ ކިބައިން އަންހެން ކުއްޖެއްގެ ވަނާތައް އެހާ ފުރިހަމަކޮށް ހުރޭތޯ ފެންނަން؟ ބޮޑަށް ފެންނާނީ ފިރިހެން ކުއްޖެއްގެ ސިފަ. އެމީހެއްގެ ކިބައިގާ ހުރި އައިބު ކަމެއް ޑޮކްޓަރުންގެ އެހީއާއެކު ފުރިމަކުރުމަކީ ގޯހެކޭ ތޯ
ހޯމޯން ގަ މައްސަލަ ހުރިއްޔާ ކުރާނީ ފަރުވާ.ވަނާ ތައް ނެތއްޔާ ވަނަާ ޖެހުން ހުއްދަ ވާނެ . އަންހެން ޖިންސީ ގުނަވަން ނައްތާލާ ކަށް ނޫން ޖެހޭނީ. ދެގުނަވަން ހުރިއްޔާ ބާލިޣުވާ ހިސާބުން އިނގޭނެ. ހައިލުވަންޏާ ބާކީ ހުރި ފިރިހެން ހަށި ޖެހޭނީ ނައްތާލާން.
ޙަ އްހާ.ފުރިހަމަ ސަރިޔަތުގަ އޮތީ ތިހެންތަ
ހުސައިން ރަޝީދުއައް އޭނަ އެއީ ހުންސާއެއްކަން އެނގުނީ ކިހިނެއް، އަދި ހުންސާއެއްވިޔަސް ޖިންސު ބަދަލު ކުރުމުގެ ހުއްދަ ދިނީ ހުސައިން ރަޝީދު ބާ؟ އަނެއް ކަމަކީ އެއްވެސް ހާލަތެއް ނެތް ޖިންސް ބަދަލް ކުރެވޭނެ. ފަހަރެއްގަ ލާދީނީ އެމްޑީޕީ އިން ދީފާނެ އެ ހުއްދަ
ޙުސޭނު ބުންޏަސް އެހެން މީހަކު ބުންޏަސް ޢެއީ ނުބެހޭ ކަމެއްނޫން އެންމެންނާވެސް ބެހޭކަމެއް
މާތް ﷲ އިންސާނާ މި ބިންމައްޗަށް ފޮނުއްވީ ހެޔޮކަންކަމަށް އަމުރު ކޮށް ނުބައި ކަންތައް ތައް މަނާ ކުރުމަށް ހެޔޮއަމަލު ކުރުމަށް
މަގާ މުގެ ދަހިވެތި ކަމުގަ ދީންވެސް ވިއްކާލަނީތަ އަންނިގެ އެކުވެރި ހުސޭނާ.....
މިވެސް ދެން ޝޭހެއް... ވަކިއަތަކަށް ބު ރަވެ ދީނީ ރައުޔު ނެ ރުނަސް ބޮޑުވަ ރު.. އިންސާފުން ބަސްބުނަސް ނޭނގެންޏާމުން ފަޟީހަތްވާން އެއްޗެއް ވިދާޅުނުވެބަލަ..
ތީ މޮޔަ ހުސޭނު. ކިޔާފާނެ ކޮންމެ އެއްޗެއްވެސް. ސައުދީގަ ނުބަހައްޓާ ރާއްޖޭގެ ކ.އަތޮޅުރަށަކަށް އަވަހަށް ލާންވީ.
ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްކަމެއް: ޑރ.ޝަހީމް
މީ ޑރ އެއްގެ ބަސް. ދެން؟؟؟ ހުސޭނަކީ ވިޔަފާރިވެރިއެއް.
ހުސެއިނަކީ އެމްޑީޕީގެ ފިތާބަޑަނެއް ފިތާލާއިރަށް ތެދުވެ ލައްބައޭ ބުނާނެ ރައީސް ނަޝީދުގެ ޑެންމާކުގެ ވާހަކަ ތަރުޖަމާ އިނގިރޭސިބަހުން ދިވެހިބަހަށް ކުރިގޮތް ހަދާންހުރި ދިވެހިން ތިބޭނެ އަދި އޭގެ އޯޑިއޯވީޑިއޯވެސް ވާނެ ދިވެހިން ހަދާން ބަލިވީމަ ހަދާންކޮށްދިނީ އެހެންތާވާނީ ތިމާގެ ދަރިންނަށް ޚަރަދު ކުރީ އޭރުގެ ސަރުކާރުންނޯ ކިޔާ އަޑުއިވޭ