ކ. އަތޮޅު ކާށިދޫން އަނެއްކާވެސް އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްެޖެއެވެ.

އެރަށުން ޖުލައި 12 ވަނަ ދުވަހު ވަކި ތަރުތީބެއް ނެތި ނެގި ދެ ސުންކެއް ކޮވިޑަށް ފައްސިވެ، އެރަށް އޮތީ މޮނީޓަރިންގއަށް ލާފައެވެ.

އޭގެ ފަހުން ޖުލައި 15 ވަނަ ދުވަހު ނެގި ސުންކުތަކުގެ ތެރެއިން ސުންކެއް ކޮވިޑަށް ފައްސިކަން މިއަދު އެރަށު ސިއްހީ މަރުކަޒުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން މިހާރު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

އެރަށުން ބަޔަކު ފައްސިވެފައިވާއިރު، މިހާރު އެރަށަކީ އަރާ ފޭބުން މަނާކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއް ރަށެވެ. މިހާރު އަރާ ފޭބުން މަނާކޮށްފައިވާ 16 ރަށެއް އެބަ އޮތެވެ. އޭގެ ތެރެއިން ކާށިދޫއަކީ އެންމެ ފަހުން އަރާ ފޭބުން މަނާ ކުރި ރަށެވެ.

ކިޔުންތެރިންގެ ހިޔާލު