ބަރަކާތްތެރި އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި "އީދުސައްލާ-ދިވެހިންގެ އީދު"ގެ ނަމުގައި ދިރާގުން ކްލަބް ހައުސްގައި އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

ކްލަބް ހައުސްއަކީ މިހާރު ދިވެހިންނާ ވަރަށް ރަހުމަތްތެރި އެޕެކެވެ. މި އެޕްގައި އެކި މައުޟޫއަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބޭއިރު، މަޝްވަރާ ކުރުމާއި ހިޔާލު ބަދަލު ކުރުމަކީ މި އެޕްގެ މުހިންމު އެއް ބޭނުމެވެ.

ދިރާގުން މިރޭ ބުނީ، އީދާ ގުޅުވައިގެން ދިވެހިންގެ އީދާއި ގުޅޭ އެކި ވާހަކަތައް ގެނެސްދިނުމަށް މާދަމާ ރޭ ކްލަބް ހައުސްގައި ހާއްސަ އިވެންޓެއް ބާއްވަން ނިންމާފައިވާ ކަަމަށެވެ. މި އިވެންޓް ހޯސްޓްކޮށްދޭނީ ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އަންސިއެވެ.

މި އިވެންޓްގައި ޕެނެލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ދިވެހި ބަހާއި ގުޅުން ހުރި ގިނަ މައުލުމާތުތައް އެނގޭ ދިވެހި ބަހުގެ އަދީބު އަބްދުﷲ ސޯދިގު (ސޯދުބެ) ގެ ހަގު ދަރިފުޅު ރައުފަތު ސޯދިގެވެ. އޭނާއާއެކު ދެން ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ އަޒަަމް މައުމޫނެވެ.

ދިރާގުން ވަނީ މި އިވެންޓްގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސންއ

    އަޒަަމް މައުމޫނު ތަ ނުވަތަ އަސަމް މައުމޫނުތަ؟ ދިވެހިން އެކުސް ބޭނުން ކުރަނީ އެސް އަށް ކަމެއް ޒެޑަށް ކަމެއް ނޭނގޭތީ އަހާލީ