ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 100 ރުފިޔާ އާއި ކެވެލި ކޮޅަކާއި، ފޯންތަކެއްގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފިއެެވެ.

ފުލުހުންގެ ވެބްސައިޓްގައިކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ތަކެތި

ޖުލައި 15 ވަނަ ދުވަހު ވިލިމާލެ ފެރީ ޓަރމިނަލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 492259

ޖުލައި 17 ވަނަ ދުވަހު ނޯތުހާބަރުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަ ކާޓޫނު ކެމަލް ލައިޓު ސިގެރެޓު. އިންސިޑެންޓް ނަންބަރ 492384

ޖުލައި 18 ވަނަ ދުވަހު ބާޒާރުމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރެޑްމީ 8އޭ ބްރޭޑްގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 492469

ޖުލައި 18 ވަނަ ދުވަހު، އައިޖީއެމް ހޮސްޕިޓަލު ލެބޯޓްރީ އަށް އަރާންސިޑިމަތިން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ކެވެލިއެއް. ސިޑެންޓް ނަންބަރ 492506

ޖުލައި 20 ވަނަ ދުވަހު ސެވަންއެންޑްހައުސް ގޭ ސިޑިދަށުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 3 މޯބައިލް ފޯނު (އައިފޯނު 6 ޕްލަސް، އޮއްޕޯ، އެމްއައި)

ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާއި ހަވާލުވުމަށް ފުލުހުން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަަަަަަަަަައަބުދު

    100 މިލިއަން އެކައުންޓުގަ ހުންނަ މީހާކާރީގަ އެ ލިބުނުގޮތެއް އަހަން ނޭގޭ 740 މިލިއަންރުފިޔާގެ ޕްރޮޖެކްޓް ބިޑަކާނުލާ ދޭ އިރު އަނގައިން އެވާހަކަ ދައްކާނެ މީހަކު ހުންނަ ކަމަކައް ނުވޭ 100 ރުފިޔާ އާއި ކެވެލި ކޮޅެއްގެވާހަކަ ގިނަވެގެން މިއުޅެނީ އިދާރާތަކުން މަސައްކަތް ބައިވަރު ކުރާ ގޮތް ދައްކަން