މިއަދު ރާއްޖެ އިން އިތުރު 169 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 24 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 127 މީހުން މިއަދު ފައްސިވިއެވެ. ރިސޯޓްތަކުން 15 މީހުން އަދި ސަފާރީތަކުން އިތުރު ތިން މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4932 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3.43 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދަކީ ޖޫން މަހުގެ 27 ވަނަ ދުވަހަށް ފަހު އަތޮޅުތެރެއިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައި މިވަނީ އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ 14 ދުވަސް ފަހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިތުރުވި ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ އަށް މީހުންނަށެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު ވަނީ އިއްޔެ އަށްވުރެ އިތުރުވެފައެވެ. މިހާރު ކޮވިޑް ޖެހިފައި 2619 މީހުން އެބަތިއްބެވެ. އިއްޔެ ކޮވިޑް ޖެހިފައި ތިބީ 2470 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިދަ ދަނޑި

    ކޮވިޑް ކޮންޓްރޯލް ކުރަން ވިސްނާނަމަ ޢީދު ބަންދަށް ރަށްރަށަށް ދިއުމުގެ ހުއްދަ ނުދިނީސް.. ވަރަށް ބޮޑަށް މަދުވެފަ އޮތީ.. ބަންދު ނިންމާފަ ރަށްރަށުން މީހުން އަންނަން ފެށީމަ އަތްނުފޯރާ ހިސާބަށް ދާނެ.. މޮޅު ކަމަކީ ރަށްރަށަށް ދާމީހުން ކަރަންޓީން ވާން ޖެހިފަ، އެތަން މިތަނުން މާލެ އަންނަ މީހުން ކަރަންޓީން ވާން ނުޖެހޭކަން.. މި ސަރުކާރަށް ހަމަ ސާބަސް