އައްޑޫ ސިޓީން މިއަދުވެސް ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިއްޖެއެވެ.

މިއަދުވެސް އެ ސިޓީން ކޮވިޑަށް ފައްސިވެފައި ވަނީ މަރަދޫ ސަރަހައްދުންނެވެ. މަރަދޫން މިއަދު ފައްސިވީ ހަތަރު މީހުންނެވެ. އެ ހަތަރު މީހުންނަކީވެސް ކުރިން ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންނެވެ. ބޮޑަށް ބެލެވެނީ މިއަދު ފައްސިވި މީހުންނަކީ އިއްޔެ މަރަނދޫން ފައްސިވި ވަކި ތަރުތީބެއް ނެތި ނެގި ސުންކާއި ގުޅުން ހުރި މީހުންނެވެ.

މަރަދޫން މިއަދު ފައްސިވި މީހުންނާއެކު އެ ސިޓީން ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 553 އަށް އަރާފައެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 400 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ހޮސްޕިޓަލުގައި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެސިޓީން ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑަށް ފައްސިވެފައިވާއިރު، އެސިޓީގެ ގުޅިފައިވާ ރަށްތަށް މިއަދުގެ ވަގުތެއްގައި ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު