މިއަދު ރާއްޖެ އިން އިތުރު 144 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 36 މީހުން ފައްސިވިއެވެ. މިއަދު އަތޮޅުުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 72 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން ވެސް މިއަދު 36 މީހުން ފައްސިވިއެވެ. މިއަދަކީ މިމަހު މާލެ އިން ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދު 6138 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %2.35 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 191 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2571 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހުންނަށެވެ. އިއްޔެ އިރުއޮއްސުނުއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ އަށް މީހުންނަށެވެ.

މާލޭގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލީ ޖުލައި މަހުގެ 08 ވަނަ ދުވަހުން ފެށިގެންނެވެ. ފިޔަވަޅުތައް އުވާލި ފަހުން ދެހަފްތާ ވެފައި ވާއިރު މިހާރު މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ކޮންމެވެސް ވަރަކަށް އިތުރު ވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މީގެ ކުރިން ވެސް ފިޔަވަޅުތަކަށް ލުއިތައް ދިނުމުން ހާލަތު ގޯސް ވާން ފަށާފައި ވަނީ ފިޔަވަޅުތަކަށް ލުއިތައް ދޭތާ ދެހަފްތާ ފަހުންނެވެ.

މިމަހުގެ ފުރަތަމަ ހަފްތާ ނިމުނުއިރު ރާއްޖެ އިން ދުވާލަކު އެވްރެޖްކޮށް ކޮވިޑަށް ފައްސިވީ 97 މީހުންނެވެ. މިމަހުގެ ދެވަނަ ހަފްތާ އާއި ތިން ވަނަ ހަފްތާގައި ދުވާލަކު އެވްރެޖްކޮށް 132 މީހުން ފައްސިވެފައި ވެއެވެ. ނަމަވެސް މިމަހުން ފާއިތުވި 21 ދުވަހަށް ބަލާނަމަ އެވްރެޖްކޮށް ދުވާލަކު ފައްސިވެފައި ވަނީ 121 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު