18:27

ކޮވިޑް-19 ގެ އިތުރު ވޭރިއެންޓެއް މިއަހަރުގެ ފަހުކޮޅު އައިސްދާނެ ކަމުގެ އިންޒާރު ފްރާންސްގެ ތަޖުރިބާކާރަކު ދީފި.

16:28

ކ.އަތޮޅު ކާށިދޫން މިއަދުވެސް ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިއްޖެ

16:15

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަދި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި ވަގުތީ ގޮތުންމަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން ހޯދަން އިއުލާނުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ކުރަން ޖެހިފައި އޮތް ހިތްދަތި ތަޖުރިބާ އާއިއެކު، މިހާރު އުއްމީދުގެ އަލިކަން ފެންނަން އޮތީ ވެކްސިނާއި ހަމައިންނެވެ. ވެކްސިން ޖެހުމުން ކޮވިޑުން އަރައިގަނެވޭނެ ކަމުގެ އުއްމީދުތައް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެ އިން ވެސް ފެންނަމުން ދަނީ ވެކްސިން ގިނަ ބަޔަކަށް ދެވިއްޖެނަމަ މިބަލިމަޑުކަމުން އަރައިގަނެވިދާނެ ކަމެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން %80 މުވައްޒަފުން މިހާރު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. ރިސޯޓުތަކުން ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތައް ބަލާއިރު، 2020 ވަނަ އަހަރުގެ 15 ޖުލައި އިން ފެށިގެން އެއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހާއި ހަމަޔަށް ކޮވިޑް ކޭސްތައް ފެންނަ މިންވަރު އުޅުނީ، %0.19 ގައެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 21 ޖުލައިގެ ނިޔަލަށް މިއަދަދު ވަނީ %0.25 އިތުރުވެފައެެވެ. އެހެންނަމަވެސް މިމަހުގެ މިހާތަނަށް ރިސޯޓްތަކުން ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް އުޅެނީ %0.12 ގައެވެ. އެހެންކަމުން ވެކްސިން ޖެހުމުން ނަތީޖާ ފެންނަކަން ކަށަވަރު ކުރެވެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 2500 އަށްވުރެ ގިނަ މީހުން ތިބިއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ ވެސް 11 މީހުންނަށެވެ. މިއީ ވެސް ވެކްސިން ޖެހުމުން ކޮވިޑްގައި ހާލު ބޮޑުވާ މީހުންގެ އަދަދު ދަށް ކުރެވޭ ކަމުގެ ހެއްކެކެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިންސާނުން އަމިއްލަ ހަލާކަށް ތިއެދެނީ.

  2. އަޙްމަދް

    އެއްމެ ކުރީންވެސް ދައްލަމުން އައި މިވާހަކައެވެ.
    ކޮވިޑް ނަވާރައޭ ކިޔައިގެން އުފައްދާފައިވާ
    ސިއްޙީ ބިރުވެރިކަމަކީ ވެކްސިން ވިއްކަން އުފައްދާފައިވާ ބިރުވެރިކަމެކެވެ.
    ކަޑަ ވަގުތުނޫހުން މިކޮންޓު ޝާޢިއު ކުރަން ނުކެރޭނެކަންވެސް އެނގެއެވެ.

  3. ބަޅ

    ތި ވެކްސިން ޖަ ހައިގެން ވާކަމެއް ހަރާން. ހަށިގަނޑަށް އިތުރު ގެއްލުންތަކެއް ދިނުން ފިޔަވާ