އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުގެ ބިންތައް ނަގައި އެސަރަހައްދަށް ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) އާއި މެކްޑޮނަލްޑްސް ގެންނަން ބޭނުންވާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ބިންތައް ނެގުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލްގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުން ކަމަށެވެ. އަދި ބިންތައް ނެގުމަށް ކައުންސިލުން ނިންމީ އެސަރަހައްދަކީ އެސިޓީގެ އިގްތިސާދީ ކަންކަމާއި އަދި އިޖުތިމާއީ ކަންކަމާއި ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ކަމަށް ބެލެވޭ ސަރަހައްދެއް ކަމަށްވާތީއެވެ.

ސިޓީކައުންސިލުން އެ ބިންތައް ނެގުމަށް ނިންމުމުން އެސިޓީގެ ގިނަ ބަޔަކު އެކަމާއި ނުރުހުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައި ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، އެ ސަރަހައްދުގެ ވަށައިގެން ހުރި ބިންތައް ބަންޑާރަ ގޯތިތަކުގެ ގޮތުގައި ދޫނުކޮށް އެއަށް ވުރެ ރަނގަޅު ގޮތަކަށް ބޭނުން ހިފުމަށް ކުރީގެ ކައުންސިލުގައި ވެސް އެދުނު ކަމަށެވެ.

ނިޒާރު ވިދާޅުވީ، އެ ސަރަހައްދު ތަރައްގީ ކުރާނެ ޕްލޭނެއް އޭނާގެ އަތުގައި އެބައޮތް ކަމަށާއި އެސަރަހައްދުގައި އިންޓަރނޭޝަނަލް ފެންވަރަށް ހިދުމަތްތައް ދެވޭނެ ގޮތަށް ތަންތަން ގާއިމުކުރަން ބޭނުންވާ ދަތުގެ ޚިދުމަތާއި ލޮލުގެ ޚިދުމަތާއި ފުޑް ކޯޓުތައް ވެސް އެ ސަރަހައްދުގައި ހުންނަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ބޭނުން އެބަވޭ ކޭއެފްސީ ވެސް އެތާ ހުންނަންޖެހޭ، މެކްޑޮނަލްޑްސް ވެސް ހުންނަންޖެހޭ. އައްޑޫގައި މި ތަންތަން ހުންނަންޖެހޭ. ކްލަބްހައުސްތަކުގައި އެބަ އިވޭ މި ޕްލޭންތައް ކުރާ ވާހަކަ. ޕްލޭންތައް ކުރުމަށް ފުރުސަތު ދެއްވާށޭ. ކައުންސިލަށް އެ ފުރުސަތު ދެއްވާށޭ، އައްޑޫ ޕްލޭން ކުރުމަށް ފުރުސަތު ދެއްވާށޭ" ނިޒާރު ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލުން ވަނީ ހޮސްޕިޓަލް ސަރަހައްދުގައި ހުރި ބިންތައް ނަގައި ކުރިން އެސިޓީގެ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ސަރަހައްދުން ބިންތައް ދިނުމަށް ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހާން ޝަތީރު/ކަޒަކިސްތާން

    މީނަގެ ހިތް މޮޅުކަން
    ހީ ހީ ހަލާކުވެއްޖެ
    މޮޔައެއް

    15
  2. މެކް ޑޯ

    މަގޭ ބަދިގެ ހުސްކޮއްފަ ކޭއެފްސީ ގެންނަން މިއުޅެނީ

    15
  3. ކޮއްކޮ ނިޒާރު

    މުސްކުޅިން ބުނެއުޅޭ އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ.

    13
  4. Ali Ahmed

    ހޮސްޕިޓަލުގެ ޚިދްމަތް ބޭނުންވާ މީހުން މަދީތޯ؟ ތިޔަށްވުރެ ރައްޔިތުންގެ ޞިއްޙަތަށް ގައިދާކުރާނެ ކަމެއް ނުފެނުނީތޯ؟

    14
  5. އަސީ

    ނިޒާރައް މެކްޑޮނަލްޑް އާ ކޭއެފްސީގެ ވިޔަފާރި މިހިންގަނީ ކިހިނެއްކަން އިންގޭބާ. މިޔައްކިޔަނީ ދެބޯގެރިދުއްވުން

    15
  6. ޢަހޫ

    ކަލޭ ގެންނަން ބޭނުންވާ އެހެން ތަންތަންވެސް އެބަހުރި ...

  7. އިބޫ ހޯލިސް

    ޑިއަރ ނިޒާރޫ، ތިޔަނިދިންހޭލާ މޯޅިއަކަށް ދެމިލާ ދެލޯ އުނގުޅާލާ ނިދިންހޭލާ ހުވަފެނުގެ ތެރެއިން ނިކުމެބަލަ، ތިޔަ ސަރަހައްދު ހުސްކޮށް އިޤްތިޞާދީ މަސައްކަތް ކުރުމަށް ތިޔަޒޯން ހުސްކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެކަމުވެސް، ތިޔަ ދައްކަވާ ޒާތަށް އިންޓަނޭޝަނަލް ރިޓެއިލް އައުޓްލެޓްތަށް ތިތާ ބަހައްޓައިގެނެއް ނޫން. ޙިއްތިރިކޮށްފަ ވާނެވަރުން ވިސްނާ، ފޯރާފޮތިން ފޫގަޅާށެވެ.