ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކުގެ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ދިރާސީ އާ އަހަަރުގެ ކިޔެވުން ފެށެނީ އޮގަސްޓް 10ގައެވެ.

އެ މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ސްކޫލް މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ސްކޫލްގެ ކިޔަވާ ދިނުން އައްމު ހާލަތުގައި ކުރިއަށްގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ވީހާވެސް ބާރު އަޅާ ކަމަށެވެ.

އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ނުވާ ފަރާތްތަކާއި، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ދެވަނަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމްތައް މާލެ އާއި އަތޮޅު ތެރޭގައިވެސް ހަމަޖެއްސުމަށް އެޗްޕީއޭއާއެކު މަޝްވަރާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން، ވެކްސިން ނުޖެހޭ މުވައްޒަފުން އެޗްޕީއޭގެ ލިޔުމާއެކު އެކަން އެޑިއުކޭޝަނަށް ހުށައެޅުމަށް އަންގާފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް 321،350 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 260،991 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހީމް

    ފުރަތަމަ އިންތިޒާމް ހަމަޖައްސަވާ! އޭގެ ފަހުން ވެކްސިން ފުރިހަމަ ކުރަން އަންގަވާ! އަޅުގަނޑުމެން މިތިބީ އިންތިޒާރުގަ! ހަމަ ޖެހޭގޮތްވީ ޖެހީ!

  2. huseynubey

    Alhugadakee teachareh
    . vaccine jahan konme dhuvahaku gulhan..ekamu adhi jahaanr dhuvaheh neygey ey bunanee...so