ދައުރު ނިމުމުން ގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބަދަލުވި ނަމަވެސް ސަރުކާރުގެ ހިނގުމަށް މާ ބޮޑު ބަދަލެއް އެެއްވެސް އިރެއްގައި އައިސްފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްއިން ރޭ ކުރިއަށް ގެންދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވަޑައިގެން އަލީ ހުސައިން ވިދާޅުވީ ކޮންމެ ބަޔަކު ވެރިކަމަށް އައި ނަމަވެސް ކުރަނީ އެއް ކަމެއް ކަމަށެވެ. އެއްވެސް ބަޔަކު ވެރިކަމަށް އައުމަށްފަހު ތަފާތު ކަމެއް ކުރާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ހަރަކާތުގައި މަސްއޫލުވެ އުޅޭ ބޭފުޅުންނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެގެން ދަނީ އެސަބަބާ ހުރެ ކަމަށެވެ. އެއީ ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވާ ގިނަ ވައުދުތައް ނުފުުއްދި، ރައްޔިތުން އުންމީދު ކުރާވަރުގެ ބޮޑު ބަދަލެއް އެއްވެސް ސަރުކާރަކަށް މިހާތަނަށް އައި އިރު ގެނެސްދެވިފައި ނުވާތީ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"ސަރުކާރެއް ބަދަލެއް ނުވޭ ސަރުކާރު ހިނގާ ގޮތަށްވެސް މާ ބޮޑު ބަދަލެއް ނާދޭ، ނަމަވެސް ވެރިކަން ކުރާ މީހާ އެބަ ބަދަލުވޭ" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން ކޮންމެ ސަރުކާރަކަށްވެސް އަމާޒުވެއެވެ. އެއީ ރައްޔިތުން އުންމީދު ކުރާވަރުގެ ބޮޑު ބަދަލެއް ނުގެނެވުމުން ކަމަށް އޭނާ ދެކެއެވެ.

އެގޮތުން މި ސަރުކާރަށްވެސް ގިނަ ބައެއްގެ ފާޑު ކިޔުމާއި ނުރުހުން އަމާޒުވެފައިވާކަން އަލީ ފާހަގަކުރެއްވިއެވެ. ނަމަވެސް ރައްޔިތުން ގަބޫލުކުރާ ރަނގަޅު ކަންތައްތަކެއް މި ސަރުކާރުން ދެ އަހަރުތެރޭ ކޮށްފައިވާ ކަމަށް އަލީ ގަބޫލުކުރެއެވެ.

އެއީ ތަފާތު ނުކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ އަކީ މި ސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓްގެ ރަނިން މޭޓް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އަލީ ވާދަކުރިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިން މޭޓަކަށް ވުމުގެ ޕްރައިމަރީގައި އަލީ ހުސައިން ނާކާމިޔާބުވެވަޑައިގަތީ އެންމެ ވޯޓަކުންނެވެ.

އަލީ ވިދާޅުވީ ކުރިއަށް އޮތް 2023 ގެ އިންތިޚާބުގައި އޭނާ ހުންނަވާނެ ފަޅިއެއް އަދި ނުނިންމަވާ ކަމަށެވެ. ބަދަލުވަމުން އަންނަ ސިޔާސީ މަޝްރަހެއްހައި ކޮންމެ ސިޔާސީ ފިކުރެއްގެ ފަހަތުގައި ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުރާދު

    ތަރައްޤީގެ ތަފާތުފެނޭ ރައީސްބަދަލުވީކަމަށް ޤަބޫލްކުރެވޭ ނަމަވެސް ކުރީގެސަރުކާރަށްވުރެ ތަރަށްޤީ މަދުވުމާ ލާދީނީފިކުރުގިނަވުމާ، އެހެންގައުމެއްގެ އަޅުވެތިކަންބޮޑުވުމާ، ވައްކަމާމާރާމާރީ
    މަދުވުންނުފެނުމާ، ޢިންސާފުވެރިކަމާ، ހަމަހަމަކަން މަދުވުމާ ( ރާއްޖޭގައިހިގި އެންމެބޮޑު ޚިޔާނާތުގެފައިސާ މިސަރުކާރުގެ ވަޒީރުންނާ އެފެންވަރުގެ މަގާމުތަކުގައި ތިއްބެވިއެހެންބޭފުޅުންނަށްވެސް ލިބިފައިވާއިރު އެކަންނުބެލުމާ ޒާތީ ހަސަދައެއްގެދަށުން
    މިރާއްޖޭގެ ތަރައްޤީގެބާނީ ޖަލަށްލާ ރަށްޔިތުންގެ ގިނަބަޔަކުގެ އާދޭހާއެކުވެސް އެބޭފުޅާ މިނިވަން ނުކުރުން މިއީ މިސަރުކާރުގައި ފާހަކުރެވޭކަންތައް މިއީ މީގެކުރީގެ ސަރުކާރުގެ
    ދުވަސްވަރު ............. އަދި ވަރަށްފާހަގަ ކުރެވޭ ކުރެއްވިކުށަކަށް 13 އަހަރުގެ ހުކުމެއް
    އައިފަރާތެއް އެހުކުމުގެ އެންމެދުވަހެއްވެސް ތަންފީޒްނުކޮށް އެފަރާތް މިނިވަންކުރުން މިއީ
    ކުރީގެސަރުކާރާ މިހާރުގެ ސަރުކާރު އެކައްޗެއްނުވާކަމުގެ ވަރަށްބޮޑު ހެއްކެތް

    22
    3
  2. ކެންދޫދަރި

    އަލީ ދެލޮލައް ބޭސްކުރަން ޖެހޭހެން ހީވަނީ

    21
    4
  3. މަރިޔަމް މޫސާ

    ޢަލީއަށް ބޭސްކުރަން ފެނޭ. ހޮ ޅިން ރާއްޖެ އަ ޅުވެތިކުރި ފަހުން، ސަރުކާރަކުން ރާއްޖެ އަ ޅުވެތިކުރި އެހެން ސަރުކާރެއް މި ނޫނީ ދުށީމުތަ؟

  4. މިހާރު

    ޕީޕީއެމް ސަރުކާރުން ގެނައިވަރުގެ ތަރައްގީއެއް އެއްވެސް ބަޔަކަށް ނުގެނެވޭ. 2013 - 2018 ތަރައްގީ ހަބޭސް. މީތަފާތަކީ

  5. ރަންފައުނު

    2013 އިން 2018 އަށް ތަފާތު ފެނުނު އަހަރެމެންނަށް. މެކުނު ފުމޭހެން ގައުމުގަ ތަރައްގީތައް ފުމެނެގީ.. އެތަން ފެނި ސިޔާސަކުދިންނަށް ހަޖަމްނުވެ ރައްޔިތުންނަށް ކުލަ ހުވަފެން ދެއްކީ.. މިހާރު ވޯޓްފޮއްޓެއް ލިބުނަސް ޔާމީންއަށްވޯޓްދީފުރާލާނަން. ޢެކަމާ ބިރުން ޖަލަށް ލާފަ އެހުރީ.

  6. އަޅީ

    އަލީ ހުސެއިން ތިޔަބަލަނީ ލޮލުގެ ހިމަކޮޅުން. އަނގައެއްއޮތީމަ ކޮނއމެފަދަވާހަކައެއްވެސް ބުނެވިދާނެ.