ލ.އަތޮޅު ފޮނަދުއަށް ނިސްބަތްވާ ފިރިހެނެއްގެ ބަރަހަނާ ފޮޓޯތަކެއް އޭނާގެ އަނބިމީހާއަށް ލިބުނު ނަމަވެސް އެމައްސަލަ އިތުރަށް ތަހްގީގު ނުކުރަން ފުލުހުން ނިންމައިފި އެވެ.

ވަޓްސް އަޕް މެދުވެރިކޮށް އަނބިމީހާއަށް ފިރިމީހާގެ ބަރަހަނާ ފޮޓޯތައް ފޮނުވީ ފިރިމީހާ އާއި ގުޅުން އޮތް ހިލޭ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅީ ބަރަހަނާ ފޮޓޯތައް ލިބުނު އަނބިމީހާއެވެ. މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް ފުލުހުން ވަނީ އަނިބިމީހާއަށް ލިބުނު ފިރިމީހާގެ ބަރަހަނާ ފޮޓޯތަކުގެ މައްސަލަ ނުބަލަން ނިންމާފައިކަން އިތުބާރުހުރި ފަރާތަކުން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

ލ. އަތޮޅު ފޮނަދުއަށް ނިސްބަތްވާ ފިރިހެނަކާއި ކައިވެނިކޮށްގެން ފޮނަދޫގައި ދިރިއުޅޭ އެހެން އަތޮޅަކަށް ނިސްބަތްވާ މި އަންހެން މީހާ ފުލުހުންނަށް މައްސަލަ ހުށަހެޅި ނަމަވެސް މައްސަލައިގެ ބާވަތުން ފުލުހުން ވަނީ މައްސަލަ ކުރިއަށް ނުގެންގޮސް ފައިލްކޮށްފައިވާ ކަމަށް މައުލޫމާތު އެނގޭ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޓްސް އެޕް މެދުވެރިކޮށް ފިރިމީހާގެ ބަރަހަނާ ފޮޓޯތައް ފޮނުވި ނަމްބަރު ވެސް އޭރު އަނބިމީހާ ވަނީ ފުލުހުންނާއި ހިއްސާކޮށްފަ އެވެ. ކުރިން ކައިވެއްޏެއްކޮށް ދަރިއެއް ވެސް ހުންނަ ފިރިމީހާގެ ބަރަހަނާ ފޮޓޯތައް ލިބި ފިރިމީހާ، އަނބިމީހާ ކުރިމަތީގައި ބޭޒާރުވެފައި ވީނަމަވެސް އަދިވެސް މި ދެމީހުން ދިރިއުޅެމުންދަނީ ކައިވެނިކޮށްގެން އެކުގަ އެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިންތި

    ފޮޓޮ ފޮނުވި އަންހެން މީހާގެ ބަރަހަނާ ފޮޓޯއެއް ހޯދާފަ އޭނަގެ މައިން ބަފައިންނަށް ފޮނުވީމަ އޮންނާނީ ތިމައްސަލަ ބެލިފަ.

    24
  2. ރިޔާޒު

    ފިރިމީހާގެ ބަރަހަނާ ފޮޓޯގެ މައްސަލަ ޖައްސަން ޖެހޭނީ ފިރިމީހާ. އަނބިމީހާއެއް ނޫން. އަނބިމީހާ ޖައްސަން ޖެހޭނީ އޮރިޔާން ކާރޑް އޭނައަށް ދެއްކި މައްސަލަ. ޖިނާއީ ކަންކަމަކީ ވަރަށް ފާޑެއްގެ ކަންކަން.

    7
    3
  3. ސަނާ

    ބަލަ އޮރިޔާން ފޮޓޯ ގެންގު ޅުމަކީ މަނާ ކަމެއްނު އެއީ އެމީހެއްގެ އަމިއްލަ އޮރިޔާން ފޮޓޯ ކަމަށްވިޔަސް . ދެން ކީއްވެ ނުބަލަންވީ .ތިޔަކަހަލަ ކަން ތައް ކުރާތީއޭ ލާދީނީއޭ ކިޔަންޖެހެނީ.
    ވަކި ބަޔަކަށްވީމަ ގާނޫނެއް ނުހިގާ

    23
    1
    • އޭ

      އޮރިޔާކާޑު އުފެއްދުމާއި ޒިނޭގެ އަދަބު އެދެމީހުންނަށް ހައްގުވާނެ.

  4. ޥިސްނަަާލަަަ

    ޢެހެން ހިލެެެެޭ އަންހެނެއް ފަރަާތުން އަނބިމިީހާ އަށް ފޮޓޯ އައިސްފައިވަަާނަމަ ތި މައްސަލަ ނުބެލެންވީ ސަބަބެއް ނެތް .

  5. ކުޑަބެގީ ރަޝީދު

    އޯ ފައްކާ..މަށެއް ނޫން