22:18

އިތުރު 115 މީހުން ކޮވިޑަށް ފައްސިވެއްޖެ.

22:10

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އަދި ހާމައެއް ނުކުރޭ.

21:13

ހއ. ތަކަންދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

20:47

ހދ. ކުޅުދުއްފުށިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ބައްޔަށް އެ ސިޓީން ފައްސިވި މީހުންގެ ޖުމްލަ އަދަދު 50 އިން މައްޗަށް އަރައިފި

20:32

ކ. ކާށިދޫން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

18:27

ކޮވިޑް-19 ޖެހިގެން ރ. ދުވާފަރުން ނިޔާވި އުމުރުން 54 އަހަރުގެ މީހާ ބ. އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް ސީއެމްބިއުލާންސް އައިސްފައި ވަނީ ބަލި މީހާ ނިޔާވި ފަހުން ކަމަށް ދުވާފަރު ސިއްހީ މަރުކަޒުން ވިދާޅުވެއްޖެ.

17:06

ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 789 މީހަކު މަރުވެއްޖެ

16:58

ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން އިތުރު 1،604 މީހަކު މަރުވެއްޖެ

16:25

އިންޑޮނޭޝިއާގެ މައި ސިޓީ ޖަކާޓާގެ ޒުލެއްގައި ތިބި ސުމަޓްރަން މިނިކާވަގުތަކެއް ކޮވިޑް-19އަށް ފައްސިވެއްޖެ

14:35

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ.

11:49

ކޮވިޑް ޖެހިގެން މެކްސިކޯ އިން އިތުރު 450 މީހުން މަރުވެއްޖެ.

09:05

ފައްސިވާ މީހުން އިތުރުވެ ޓޯކިޔޯގެ ސިއްހީނިޒާމު ފެއިލްވެދާނެކަމުގެ ބިރު.

08:05

ތައިލެންޑުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ކޮންޓެއިނަރުތަކުގައި ރައްކާކުރަނީ.

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ ދޮޅުމަސް ދުވަސް ވެފައި ވީނަމަވެސް އަދިވެސް އަތޮޅުތެރޭގެ ބައެއް ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމާއިއެކު ޖުމްލަ އަދަދު ހުރީ މަތީގައެވެ. ޖުލައި މަސް ފެށުނުއިރު އަތޮޅުތެރެއިން ފައްސިވާ މީހުންގެ އަދަދު ހުރި ވަރާއި އަޅައި ބަލާއިރު މަސް ނިމުނުއިރު ވެސް މާބޮޑު ބަދަލެއް ނުފެނެއެވެ. ނަމަވެސް ޖުލައި މަސް ފެށުނުއިރު ހާލަތު ގޯސްކޮށް އޮތް ގިނަ ރަށްތަކުގައި މިހާރު ކޮވިޑް ކޮންޓްރޯލް ކުރެވިފައި އޮތުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ.

ޖުލައި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑްގެ ހާލަތު މަޑުމަޑުން ނަމަވެސް ރަނގަޅު ވަމުން އަންނަކަމަށް ގަބޫލު ކުރަން ޖެހެއެވެ. ޖުލައި މަހު 178763 ސުންކު ކޮވިޑަށް ޓެސްޓް ކުރިއިރު ފައްސިވީ 3634 މީހުންނެވެ. ޖުލައި މަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %2.03 މީހުންނެވެ.

ޖޫން މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫން މަހު 142401 ސުންކު ކޮވިޑަށް ޓެސްޓް ކުރިއިރު 9401 މީހުން ކޮވިޑަށް ފައްސިވިއެވެ. ޖޫން މަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %6.60 މީހުން ކޮވިޑަށް ފައްސިވިއެވެ.

ޖުލައި މަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދިން މީހުންގެ އެވްރެޖް އަދަދު ހުރީ 17 ގައެވެ. ޖޫން މަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދިން މީހުންގެ އެވްރެޖް އަދަދު ހުރީ 92 ގައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު