ރާއްޖެ ގައި ކޮވިޑް-19 އިން ދިފާއުވުމަށް އަލަށް ވެކްސިން ޖެހި މީހުންގެ އަދަދު މިއަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު 946 މީހަކު ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެހެންކަމުން މިއަދަކީ މެއި 05 ވަނަ ދުވަހަށް ފަހު އެންމެ ގިނަ ބަޔަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ދުވަހެވެ.

ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދިޔަ ނަމަވެސް ފަހަކަށް އައިސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ މީހުންގެ އަދަދު އައީ ވަރަށް ބޮޑަށް މަދުވަމުންނެވެ. ބައެއް ދުވަސް ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 100 އަށް ވެސް ނާރައެވެ.

މިއަދު އިތުރު 3331 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއަދު ވެކްސިން ޖެހި މީހުންނާއިއެކު ރާއްޖެ އިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 322710 އަށް އަރާފައެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 268244 އަށް އަރާފައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިއަދު ވަރަށް ބޮޑަށް އިތުރުވެފައި މިވަނީ އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %90 އަށް ވެކްސިން ދޭން ސަރުކާރުން އަމާޒު ހިފައި އެމަސައްކަތް ފަށާފައި ވަނިކޮށެވެ.

ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެޗްޕީއޭގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެއްދޭނެއެވެ. އަދި އެޕޮއިންޓްމެންޓް ހެއްދުމަށް ދަތިވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން ކޮންމެ ވެކްސިން ސެންޓަރެއްގައި ހެލްޕް ޑެސްކެއް ހުންނާނެއެވެ. އޮންލައިންކޮށް އެޕޮއިންޓްމަންޓް ނުހެއްދޭ ފަރާތްތަކަށް ހެލްޕް ޑެސްކުން އެހީތެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބެލީމަބަލާމީހާ

  1 މިލިޔަން މީހުންތޯ

 2. ގެރި

  ގެރި ސަރުކާރުން ގަދަކަމުން ވެކްސިން ޖަހުވަނީ.. ސްކޫލްތެރެއަށް ޕޭރަންޓުންނަށް ވަދެވެނީވެސް ތި ޖަހައިގެން

  3
  4
 3. ައަސްލުމީހާ

  އަބަ ދުވެސް ވަރުގަ ދަ ހެެޑުލައިނެއް ޖަހާގެން ނޫސް ކިޔުއްވަން އުޅެނީ. 946 މީހުން ވެކްސިން ޖެހީމަ ކޮންގޮތަކަށްތަ ރެކޯޑކަށްވީ

  2
  1
 4. ނާޅި

  ދުނިޔޭގެ ސިއްހަތު ޖަމުއްޔާއަކީ އިންސާނުންގެ ސިއްހަތު ދުޅަހެޔުކުރުމަށްވުރެން ބޮޑަށް ވަކި ސިޔާސީ އެޖެންޑާއަކަށް ޓާގެޓް ހިފާފައިވާ ބައިގަޑެއް އެހެނީ ދުނިޔޭގެ ސިއްހަތު ޖަމުއްޔާ ޑަބުލިއުއެޗްއޯ އަށް އެގިލައްވާނެ ފަދައިން މިދިޔަ 50 ހަކަށް އަހަރު ތެރޭގައި ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ މަސްތުވާތަކެތި މިކަން ކޮންޓުރޯލް ކޮށް ހުއްޓުވަން ޤައުމުތަކަށް ބާރު ނޭޅުނީ ކީއްވެތޯ ކޮވިޑް 19 ކިޔާއެއްޗެއް ކޮންޓުރޯލް ކުރަން ބާރުއެޅި ކޮވިޑް ކޮންޓްރޯލް ކުރާފަދައިން ، ޤައުމުތަކުގެ ބޯޑަރުތަކުގައި ހަޔަސެކިއުރިޓީ ދާނުޖެހުނީ ކީއްވެތޯ ޑުރަގް ޑީލަރުން އަތުލާން !

 5. ތޫރި

  ފަޅުރަށްރަށުގަ މަސައަކަތްކުރަންތިބިމީހުންނަށް އެންމެފަސޭހައިން ވެކްސިންޖެހޭނެގޮތަކީކޮބައިތޯ ؟؟ މުޅިންވެސް މާލެސަރަހައް ދުގެވާހަކަ ދެކެވޭތީ އަހާލެވުނީ ؟؟

 6. ައަހާ

  ތިމާގެ ސަބަބުން އެހެން މީހުން ނުރައްކަލަށް ހުށަހެޅުނު ނުދީ ފަރުދީ ޒިންމާ އަދާކުރޭ

  2
  1