"ވަރަށް ބޮޑު ފަސޭހައެއް. ބޮޑު ލުޔެއް" ކޮވިޑް-19 ސުންކު ނެގުމުގައި ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) ގައި ހިމެނޭ އައިޝަތު އާތިކާ އަހުމަދު ޝިޔާމް ވަރަށް ހިތްހަމަޖެހިލައިގެން ހުރެ ވާހަކަ ފެށީ މިގޮތަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހަދިޔާ ކުރި ސައިކަލް ދުއްވަން އުޅޭ އެކަކަކީ އާތިކާއެވެ. ޑަބްލިއުއެޗްއޯ އިން ވަނީ އާރްއާރްޓީގެ ބޭނުންތަކަށް އަށް ސައިކަލެއް ހަދިޔާކޮށްފައެވެ. އާރްއާރްޓީގެ ގިނަ މީހުން މިހާރު މަސައްކަތް ކުރަނީ ސައިކަލްތަކުގައެވެ.

ސުންކު ނަގަން ކޮންމެ ސައިކަލެއްގައި ވެސް ދެ މީހަކު އުޅެއެވެ. އެއީ ސުންކު ނަގާ މީހާ އާއި މައުލޫމާތު އެއްކުރާ މީހާއެވެ. ޖެނުއަރީ މަހު އާތިކާ، އާރްއާރްޓީއާ ގުޅުނުއިރު ސާމްޕަލް ނަގަން ގެތަކަށް ގޮސް އުޅުނީ އެޗްއީއޯސީގެ ވެހިކަލްތަކުގައެވެ. މަގު މަތީގެ ކާރުބާރު ބޮޑުވުމާއި ޓްރެފިކްގެ އުނދަގުލާ ހެދި ވެހިކަލުން ތަނަކަށް ދާން ވަގުތު ނަގައެވެ.

"ގާތް ގަނޑަކަށް 20 މިނިޓް ނަގާނެ ސާމްޕަލް ނަގަން ބޭނުންވާ ތަނަށް ދާން. ވެހިކަލް ޕާކްކޮށްފައި އޮންނައިރު މަގު އޮންނަނީ ބްލޮކްވެފައި" ސައިކަލްތަކުގެ ކުރިން ގޭގެއަށް ސާމްޕަލް ނަގަންދާ ޓީމަށް ދިމާވާ ގޮންޖެހުންތައް ކިޔަދި ދެމުން އާތިކާ ކިޔަދިނެވެ.

ކުރިން ނެގި "20 މިނިޓް މިހާރު 10 މިނިޓަށް ބަދަލުވެއްޖެ"

ސާމްޕަލް ނެގުމުގައި އާތިކާ ހަރާކާތްތެރިވަނީ

އޭނާ ބުނީ މި ބަދަލާ އެކު "ޕާކް ކުރަންވެސް ޖާގަ ލިބޭ" ކަމަށެވެ. ދުވާލެއްގެ މައްޗަށް ނެގެނީ ކިހާ އަދަދެއްގެ ސާމްޕަލެއް ކަމެއް ސީދާ ބުނަން ދަތިވިޔަސް، ގިނަ އަދަދެއްގެ ހިރާސް ބޮޑު މީހުން އަދި ކުޑަކުދިންގެ ސުންކުތައް އާތިކާ ނަގައެވެ.

ދާހިއްލިޔަސް، ހޫނުވިޔަސް ހެޔޮ!

އާތިކާ ބުނި ގޮތުގައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ލައިގެން ގިނައިރުތަކެއް ވަންދެން ހުންނަން ޖެހުމުން ބައެއް ފަހަރު އުނދަގުލެވެ. އެތަކެއްޗަށް މަތި މައްޗަށް ލައިގެން ހުންނަން ޖެހުމުން ވަރަށް ބޮޑަށް ހޫނުވެ ދާހިއްލައެވެ. އެކަމަކުވެސް އޭނާއަށް ލިބޭ ހިތްހަމަ ޖެހުމެއް އޮވެއެވެ.

"މަސައްކަތް ނިންމާލާއިރު" ލިބޭ ހިތްހަމަ ޖެހުމަކީ އާތިކާ ދެކޭ ގޮތުގައި އޭނާއަށް ލިބޭ އުފަލެކެވެ. ބަލިމަޑުކަމެއްގެ ތެރޭގައި އެތައް ބަޔަކަށް ހިދުމަތެެއް ކޮށްދެވޭތީވެ ލިބޭ އުފަލެވެ.

"ކިތަންމެ ދާހިއްލިޔަސް ވަރަށް ހިތްހަމަ ޖެހޭ ކުރެވޭ މަސައްކަތާއި މެދު" ވަޒީފާއަކަށްވުރެ ބޮޑަށް ގައުމީ ހިދުމަތެއްގެ ގޮތުގައި ކުރާ މަސައްކަތް ސިފަކުރަމުން އާތިކާ ކިޔައިދިނެވެ.

ހަމައެކަނި އާތިކާއެއް ނޫނެވެ. އާރްއާރްޓީގައި މަސައްކަތްކުރާ 85 މުވައްޒަފުން ވެސް މި ކޮށްދެނީ ގައުމީ ހިދުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަގޭ ސައިކު ވަގައްނެގިތާ3 ދުވަސް ވަގުކަލޭގެ އެކްސިޑެންޓެއްވެ އަތް ބުޜިވާނެނަމަ

  2. ޓުކުރި

    މަގޭ ސައިކު ވަގައްނެގިތާ3 ދުވަސް ވަގުކަލޭގެ އެކްސިޑެންޓެއްވެ އަތް ބުޜިވާނެނަމަ