މެއި ހަވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާގެ މައްސަލަ ކޮޅެއްގައި ނުޖެހެނީސް ރާއްޖެ ވަޑައިގަތުމުގެ ވިސްނުންފުޅު ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހިދުމަތްތަކާއި ގުޅޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގައި ދީފައިވާ ލަފާއަށް އަމަލުކުރުމުގެ ކުރިން ނަޝީދު ރާއްޖެއަށް ވަޑައިގަތުމަކީ އެހާ އެދޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވަނީ ވިދާޅުވެފައެވެ.

މިވާހަކައަށް ތާއީދުކޮށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ އަބަދުވެސް އެމަނިކުފާނު ވިސްނާނެ ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުވެސް އެމްޑީޕީ ދެކޭ ގޮތާއި ގުޅޭގޮތުން ވިސްނާނެ".ނަޝީދު ވިދާޅުވިއެވެ.

ފަންސާހަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ.

މި ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހިމެނޭއިރު، މަޖިލީހުގެ ވެބްސައިޓްގައި އެ ރިޕޯޓް އާންމު ކުރާނީ އެ ބައިތައް އުނިކުރުމަށް ފަހުގައެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގަންނަވާނެ ކަން މީގެ ކުރިން ނަޝީދު ހާމަކުރައްވާފައިވެއެވެ. ނަޝީދު ވިދާޅުވާ ގޮތުން ރާއްޖޭގައި ދުރުގައި މާ ދިގު މުއްދަތަކަށް ހުންނެވުމަކީ އަބަދުވެސް އެމަނިކުފާނަށް ވަރަށް ދަތިފުޅު ކަމެކެވެ.

މިއީ މި ގޮތަށް ދިގު މުއްދަތަކަށް ބޭރުގައި ހުންނަވަން ޖެހިވަޑައިގެންނެވި ތިންވަނަ ފަހަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއެވެ.

އެންމެ ފުރަތަމަ ފަހަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2004 އިން 2007 އަށް ބޭރުގައި ހުންނެވި ދުވަސްވަރަށެވެ. އެއީ ނަޝީދަށް ހުކުމެއް އައިސްގެން މަޖިލީހުގެ މާލެ ދާއިރާ ގޮނޑި ގެއްލި މަސްރަހު ހޫނުވެގެން ދިޔަ ދުވަސްވަރެކެވެ.

ދެވަނަ ފަހަރުގެ ގޮތުގައި ނަޝީދު ފާހަގަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިނގިރޭސިވިލާތުގައި އަރުވާލައިގެން ހުންނެވި ދުވަސްވަރަށެވެ. އެއީ އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ވަޑައިގެންނެވި ފަހަރެވެ.

މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ބޮމުގެ ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ ސާޖަރީތަކެއް ހެދުމަށްފަހު އިތުރު ފަރުވާއަށް ފުރަތަމަ ވަޑައިގަތީ ޖަރުމަން ވިލާތަށެވެ.

މީގެ ކުރިން އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ކުރެއްވި ނަމަވެސް މިހާރު ނަޝީދުގެ ރާގު ވަނީ ބަދަލުވެފައެވެ. ނަޝީދު ވިދާޅުވާ ގޮތުން ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރުވުމުންނެވެ.

ނަޝީދު އަވަހާރަކޮށްލުމުގެ ތައްޔާރީތައް ވަމުން އައީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2020 ވަނަ އަހަރުގެ ފަހުކޮޅު އެކަމުގެ އަމަލީ މަސައްކަތް ފެށިކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ކޮވިޑް

    ހެޔޮނުވާނެ އަންނާނެ ކަމެއް ނެތް ތީ މި ޤައުމުގެ ހަލާކު.

    30
  2. ތެދުބުނާމީހާ

    ޖަރުމަނުގެ ޗާންސެލަރ އަށް ވާދަކުރަންފެނޭ ބޮޑުވަޒީރު

    26
  3. ޒައިކް

    ހައްހާ ފިނޑި ނަޝީދު ބިރުގަތީދޯ؟؟ ދެ މީހަކު އެއްވެ ހާޑު ކޮށްލި އިރަށް 7 ފެބުރުއަރީގަވެސް ފިނޑިވެ ބިރުން އިސްތިޢުފާދީފަ ބެޗި މީހެއް..

    25
    2
  4. އބދ

    މައްސަލައަކީ އަމިއްލަ މޮޔަކަން ..... ތިމޮޔަކަން ނުފިލާނެ ކަލޭގެ ކިބަޔަކުން ރަނގަޅުވާނީ މޮޅު ޑަކުޓަރުން ތިބިތަނެއްގަ ހުރިއްޔާ.

    19
  5. ތިލަފަތް

    ތަންތަނުގެ ޒިންމާދާރު މަގާމުތައް ފުރާ މީހުން
    މުސާރަ ނަގައިގެން މަސައްކަތައް ނުނިކުމެ މިގޮތަށް ރާއްޖޭން ބޭރުގައި ދިރިއުޅެވޭތޯ؟ އާނމު ރައްޔިތެއްނަމަ މިގޮތައް އުޅެވޭނެތޯ؟ އަދުލުވެރިކަމާއި ހަމަހަމަ ކަމަކީ މީތޯ؟

    22
  6. މިތުރާ

    ވެރިކަން ކުރަން 5 އަހަރު ލިބުނު އެކަމެއްވެސް ރައިޔިތުން ބޭނުން ގޮތަކަށް ނުވި، އިހަށް ދުވަހު ގޮށްވި އެއްޗަކުން ކަމާނުބެހޭ އެތައްބަޔަކު ނުކުޅެދޭ ބަޔަކަށް ވެއްޖެ،،މީހުންނައްޖެހިފަ އޮންނަނީ އަބަދު މާލެއަރަން. ނަށީދު އަށް ޖަރުމަނުން ފަރުވާލިބުނަސް އާދައިގެ މީހުން ތިބޭނީ ގޭގެ ކުނިވެފަ،.ތިތާމަޑު ކުރޭ، މިފަހަރު ތާސްބައިގެ ގަންޑުތައް ހުރީ ބަދަލު ވެފަ،

  7. އަބު

    ރަނގަޅު، ނާންނާތި...

    19
  8. Anonymous

    ދިވެހިރާޢްޖޭގެ ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމަށްވެސް އަދި ނަޝީދުގެ އަމިއްލަ ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް އަދި ނަޝީދުގެ ސިޔާސީ ކުރިމަގަށްވެސް އަލިކަމެއް ލިބުމަށް އެންމެ ރަންގަޅުގޮތަކީ ތިޔަގޮތް.

    އެކަމަކު ނަޝީދު ބަނގުރާ ބޮމުންދިޔަ ކަމަށް ނަފްސާނީ ޑޮކްޓަރު ގާތުގައި އިއުތިރާފް ވެފައިވާތީ ނަޝީދު މަޖިލިސްގެ ރައީސްކަމުންނާއި މަޖިލިސް މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ. އިސްތިއުފާ ނުދީފިކަމަށް ވަންޏާ އަޒުލުކުރަން ޖެހޭނެ. އިސްލާމްދީނިގެ އަސްލަކާއި ޚިލާފުވެފައި ހުރިކަން އަމިއްލަ އިއުތިރާފުން ސާބިތުވެފައި ހުރި މީހަކަށް މަޖިލިސް ރައީސަށް ވެސް އަދި މެމބަރަކަށް ވެސް މަޤާމުގައި ދެމިއެއް ނުހުރެވޭނެ. ސަބަބަކީ ހުވަޔާއިކިލާފުވެފައި ވުމާއި ދީނުގެ އަސްލަކާއި ޚިލާފުވެފައިވުން. މަަަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތު ގެއިފައިވާ މީހަކު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޓެކްސްޕޭޔާރ ގެ ފައިސާއިން 2 މުސާރައާއި އިނާޔަތްތައް ދިނިމަކީ ރައްޔިތުންނަ ދެވޭ ބޮދު ގެއްލުމެއް އަދި ވެވޭ ބޭއިނސާފެއް.

    15
  9. ދުނިޔެ

    މިގައުމު ހަލަބޮލި ކުރަން މިގައުމަށް ކަލޭ އަންނާކަށް މިސަރުކާރުން ބޭނުމެއްނުވާނެ ތިޔަތަނުގަ މީގެ ކުރިންވެސް އުޅުނީ.

    17
  10. ހާމަ

    ރަގަޅިވެސް ކަލޭމިތަނަށް ނައިއްޔާ، މިތަން އޭރުން ތަންކކ ކޮޅެއް އަމާންވާނެ، އިރާދަ ކުރެއްވިއްޔާ

    16
  11. މއކ

    ފުލުހުންނަ ބަޔާން ދީބަލަ ފުރަތަމަ

    14
    1
  12. އަލިބެ

    ކީއްކުރާނީ!

  13. އިންޑިއާ އައުޓް!

    މީދެން ކާކުތަ؟

    15
  14. ހަސަދު

    މަޖުލިސް ރައީސް ކަމުން އިސްތިއުފާ ދެއްވަން ފެނޭ. އެހެނީ އެހެނީ މަސައްކަތެއް ނުކޮށް ގައުމުން ފައިސާ ނެގުން އެއީ ރައީސުން ކުރައްވާ ކަހަލަ ކަމެއްނޫން.

    15
  15. އަބްދޫ

    ދުވަހަކުވެސ ތި މައްސަލަ ކޮޅެއްގަ ނުޖެހޭނެ. ދިވެހި ހުރިހާރައްޔިތުންގެތެރިން މަދު މީހަކު މެނުވީ އެންމެންވެސް ތިބީ މިހާރު ނަސިދަދެކޮލަށް. ނަސިދުވެސް އުލެން ބޭނުންވާގޮތަކަށް އުޅުމަކުން ނަސިދަ ދެިމާކުރާނެ މީހަކު މިގައުމަކުނެތް. ނަސީދު އުޅޭގޮތަށް އެހެން މީހުންއުލެން މަޖްބޫރު ކުރުވަން ނަސީދު އުޅޭކަމަށް އެހެން މީހުނަށް ވިސްނެނީ ނަސީދުގެ އަމަލާއި ބަހުންއެކަންއެގޭތީ. ބެކާރު ވާހަކަ ތިމާއަށް ވުރެ އަނގަ ބޮޑުވެފަ ދައްކާ ވާހަކއިގެ ސަބަބުން ގައުމަށާ ދީނަށް ނުރައްކާ ވާހިސާބަސް ދިޔައީމަ އެންމެ ކައިރީގަ ހުުންނަމިހާވެސް މިހުންނަނީ ނަސިދައި ދެކޮޅަށް . ވީމާ ނަސީދަށް ފައިދާ ބޮޑުގޮތަކީ ރާއްޖެ ދޫކޮށް މުޅި އުމުރުގެ ބޭރުގާ ވަޒަންވެރިވެލެއްވުން.

  16. ބުއްޅަބެ

    މަށައް ރަގަޅީ ދުވަހަކކ ކުވެސް ރާއްޖެ ނައިއްޔާ!

    15
    1
  17. އަހަރެން

    މަރު ދެ ކެ ބިރުން ފިލާމީހެއް މި ނޫނީ ނުދެ ކެން.. ދެން މި ފަހަރުވެސް އަމިއްލަ އަށް އަރުވާލެވިގެން ތިތާހުރެފަ މިތަން ފަސާދަ ކުރަން މީހުން ފޮނުވާނީ ކީ ނޫން.

    13
  18. ގިރިދާރު

    އަންނާނެ ކަމަށްނެތް!

    14
  19. މޫސާ

    ކަޅޭ ހުރޭ ތިތަނުގަ އަހެރެ މެން ނޫޅެން ކަޅެޔާހެދީ ތީކާކު؟

    14
  20. ކާސިންޖީ

    ކަލޭނައްޔާ ރަނގަޅީ

    11
  21. ޢަލީ

    ދެން އެއް ކޮށް ބޭރުގައި މަޑު ކޮއްލުން ބުއްދިވެރީ. މަނި ކުފާނު އެނބުރި ވަޑައިގަތުމުން ގައުމު ހަލަބޮލިވެ ގައުމު އިތުރައް ހަލާ ކުވާނީ. މި ރާއްޖެ ހަލާ ކުކުކ ކުރުމުގެ މޭސްތެރިއަ ކީ ތީ.

    12
  22. އިބްރާހިމް

    މަނިކުފާނު އެދޭގޮތަށް ރާއްޖޭގެ ގިނަބަޔަކު ބިޑިއަޅުވައި ހައްޔަރުކުރުން އެއީ މަނިކުފާނަށް ސޭފް ގޮތްކަމުގައިވާނަމަ އެކަން ރާއްޖޭގައި އަދި ވާނެއެކޭ ހިތަކަށް ނާރައެވެ. ވީމާ ރަނގަޅުވާނީ އުމުރަށް ދައުލަތުން ކައިގެން މަނިފާނު ރާއްޖެ ވަޑައިނުގެން ބޭރުގައި ހުންނަވައިގެން އަންނަ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމެވެ. މަނިކުފާނަށް ހޭބަލިވެގެން އުޅޭ މީސްކޮޅު މިކޮޅުން ކުރަންޖެހޭ އެންމެހައި ކަންކަންކުރާނެ. ވެރިކަން ލިބުނަސް ރާއްޖެ އަންނާނެކަމެއްނެތް. އަޅުގަނޑުގެ ޚިޔާލު

    12
  23. ބަބޫ

    އަންނާނެ ކަމެއް ނެއް. ބޭކާރު މީހެއް. ޕާޓީއިންވެސް ބޭނުމެއްނުވޭ

    17
  24. ބޭރުމީހާ

    ނަޝީދަކީވެސް ދިވެހިރައްޔިތެއް. ޢެހެން މީހުންގެމައްޗަށް ހިނގާ ޤޤނޫނުތައް މީނާގެ މައްޗަށްވެސް ހިނގަންވާނެ. ބޭސްފަރުވާޔަށްވެސް ވަކި މުއްދަތެއް އޮންނަންވާނެ. އެހެންނޫނީ ހުރިމަގާމު ދޫކުރޭ.

  25. މުހައްމަދު

    އަހަރެމެންނަށް ރަނގަޅީދުވަހަކުވެސް ކަލޭ މިގައުމަށް ނަންޏާ ތީމިގައުމަށް ޖެހިފައިވާ އާފާތެއް

  26. ދާހިލީ

    އިސްތިފާދީފަ ހުރޭ މުސާރަ ދީގެން ނު ވާނެ.