ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، ޔުނިވާސިޓީތަކާއި ކޮލެޖްތައް ހުޅުވައި، ދަރިވަރުން ހާޒިރުވާ ގޮތަށް ކުރިއަށްގެންދެން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހުއްދަ ދީފިއެވެ.

މިގޮތަށް އެޗްއިއޯސީން ހުއްދަ ދީފައިވަނީ ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ދާން ފެށުމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ.

އެޗްއީއޯސީއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާން، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާދަމާ އިން ފެށިގެން ކޮވިޑުން ރައްކާތެރިވުމަށް ޜާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ނިންމާފައިވާއިރު، ސްކޫލްތަކާއި ޔުނިވާސިޓީތަކާއި، ކޮލެޖްތަަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން 18 އަހަރުން މަތީގެ އެންމެންގެ ވެކްސިނޭޝަން 95% އާ ހަމައަށް ގެންދިއުމަށާއި، ސްޓާފުންގެ ތެރެއިން ހުރިހާ އެންމެންވެސް ވެކްސިނޭޝަން 95%އަށް ވުރެ މައްޗަށް ގެންދިއުމުގެ ގޮތުން ވެކްސިން ފުރިހަމަ ކުރުމަށް ޑރ. ނަޒްލާ ވަނީ ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިިއިރުން ފެށިގެން، ގިނަ ދުވަސްތަކުގައި ސްކޫލް ދަރިވަރުންނާއި، ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރިންގެ ކްލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

ކިޔުންތެރިންގެ ހިޔާލު