ސީރިޔާގައި ހިނގާ ދާހިލީ ހަނގުރާމައަށް ގޮސް އުޅުނު ދިވެއްސަކު މަރާލާފައިވާ ކަމަށް ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ސީރިއާ އަދި އަރްމޭނިއާގެ ސިޔާސީ ހަބަރުތައް ކަވަރު ކުރުމުގައި އުޅޭ ކެވްރޮކް އަލްމަސިއަން ނަމަކަށް ނޫސްވެރިއެކެވެ.

ޓްވިޓާގައި 30 ހާހެއްހާ މީހުން ފޮލޯކުރާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސީރިޔާގެ އަސްކަރިއްޔާއިން ދިން ހަމަލާގައި މަރުވީ އަބޫ އަބްދުލް ރަހްމާން މަލްދީވީ ނަމަކަށް ކިޔާ ދިވެއްސެއް ކަމަށެވެ.

އެ މީހާއާ ބެހޭ އިތުރު މައުލޫމާތެއް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ. ހަމަލާދިން ސިފައިންގެ މީހެއްގެ ފޮޓޯއެއް އަލްމަސިއަންގެ ޓްވިޓާ އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ. ދިވެހި ޓެރަރިސްޓު މަރާލާފައިވަނީ ސްނައިޕަރަކުން ކަމަށް ބުނެފައި ވެއެވެ.

މަރުވި ކަމަށް ބުނާ ދިވެހި މީހާގެ ފުރިހަމަ ނަން ނޭނގޭތީވެ އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ލިބޭ ގޮތް ނުވެއެވެ. އެންސީޓީގެ ބަހެއް ހޯދާލަން ގުޅާލުމުން އޮފިޝަލަކު ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން އިތުރު ބެލުންތައް ބެލުމަށް ފަހު މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

އެންސީޓީސީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުން އާބާދީގެ ގޮތުން އެންމެ ގިނައިން ބޭރުގެ ދާހިލި ހަނގުރާމަތަކުގައި ބައިވެރިވަނީ ދިވެހިންނެވެ. ސީރިޔާގެ ދާހިލީ ހަނގުރާމާގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ދަނީ ބައިވެރިވަމުންނެވެ. ހަނގުރާމައަށް ގޮސް ހާލުގައި ޖެހުމުން ރާއްޖެ އަނބުރާ އަންނަން ބޭނުންވެގެން ބައެއް މީހުން ދަނީ ސަރުކާރުގައި އެދެމުންނެވެ.

ހާލުގައި ޖެހުނު ގިނަ ދިވެހިން ތިބީ ހައުލް ކޭމްޕްގައެވެ. ހަނގުރާމައިގެ މައިދާނުން އަންނަ މީހުން ރިހެބިލިޓޭޓް ކުރެވޭނެ ތަނެއް ރާއްޖޭގައި މިހާރު ވަނީ ގާއިމްކޮށްފައެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުން ސީރިޔާއަށް އެތެރެވަނީ ތުރުކީއާ ސީރިޔާއާ ގުޅޭ ބޯޑަރު ހުރަސްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންޑޭލާ

    އެމީހަކު އުޅެންވާ ގޮތް އެގޭނީ އެމީހަކަށް

    4
    3
  2. ރަބަރޭ

    ސީރިޔާގައި ޖިހާދު ކުރަނިއްޔޯ އެ މީހުން، ދިވެހިރާއްޖެ މީ
    ކުފުރުގެ ބި މެކޯ މިތާގައި އުޅޭކަން ނުވާނެޔޯ

  3. ހޯދާ

    އުޅެންވީ ގޮތް ވަނީ ﷲ އަންގަވާފަ، އިންސާނާ އަށް ވަނީ އިޚްތިޔާރު.