ސީރިޔާގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް އަވަސްކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފިއެވެ.

އެމްއެންޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސީރިޔާގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން ބައެއް މީހުން ވަރަށް ހާލުގައި ދިރިއުޅެމުންދާ ކަމަށާއި އެމީހުން ރާއްޖެ އަންނަން ބޭނުންވި ކަމުގައިގައިވިޔަސް ރާއްޖެ ނާދެވި ގިނަދުވަސްތަކެއް ވެފައިވާ ކަމަށެވެ.

19 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކޮށް ދިވެހި ރައްޔިތުންނާއި ސީރިޔާގައި އުޅެންޖެހިފައިވާ އާއިލާތަކަށް ޔަޤީންކަން ދެއްވަމުން ވިދާޅުވެފައިވަނީ ސީރިޔާގެ ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން ބޭތިއްބުމަށް ހަދާ ހާއްސަ މަރުކަޒެއް ދެމަސްދުވަހުގެތެރޭގައި ނިންމާ އެފަރާތްތައް ރާއްޖެ ގެނެވޭނެ ކަމަށެވެ.

ބަޔާނުގައި ބުނާގޮތުން ރައީސް ސޯލިހުގެ މިވާހަކަފުޅަށް އަމަލީ ސިފައެއް ގެނައުމުގެ އެއްވެސް ކަމެއް މިސަރުކާރުން ކުރިޔަށް ނުގެންދަވާ ކަމަށް ހާލުގައި ޖެހިފައިތިބި ދިވެހިން ވަނީ އެޕާޓީއަށް މައުލޫމާތުދީފައެވެ.

އެމްއެންޕީއިން ބުނާގޮތުގައި މިމައްސަލައަށް މިހާރު އޮންނަން ވާނީ ހައްލު ލިބިފައެވެ. އެހެންނަމަވެސް މިމައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާތީ އެޕާޓިން ވަނީ ސީރިޔާގެ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިތިބި ދިވެހިންގެ އާއިލާތަކާއި ބައްދަލުކޮށް އެމީހުންގެ ހާލު ބަލާފައެވެ. އަދި އެމީހުންގެ ހިތުގެ އުދާސްތައް އަޑުއަހާ އެމީހުންގެ ހިތާމައިގައި ބައިވެރިވާ ކަމަށް އެޕާޓީން ބުނެއެވެ.

އެޕާޓީން ނެރުނު ބަޔާނުގައި ބުނާގޮތުން މިމައްސަލައަކީ ޤައުމީ މައްސަލައެއް ކަމަށް 2019 ވަނަ އަހަރު ނިންމަވައިގެން ދިވެހި ސަރުކާރުން ވަނީ އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި 30 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބާއްވައި، މިމައްސަލަ ހައްލުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ހިމަނައިގެން ބިލެއް ފާސްކޮށްފައެވެ. މިބިލް ފާސްވުމާއެކު ތަންފީޒީ އިދާރާތަކުން ބޭނުންވާނެ ބާރާއި އިޚްތިޔާރު ލިބުމުގެ އިތުރުން ހަނގުރާމަވެރި ސަރަހައްދުތަކުން އަންނަ ފަރާތްތަކުން މުޖުތަމައަށާއި ޤައުމީ ސަލާމަތަށް އޮވެދާނެ ނުރައްކާ ވަޒަން ކުރެވޭނެ ގޮތާއި އެފަރާތްތައް މެނޭޖްކުރުމުގައި ދިމާވެދާނެ އިދާރީ ކަންކަމަށްވެސް ޤާނޫނީ ހައްލު ވަނީ ލިބިފައެވެ.

މީގެއިތުރުން ހަނގުރާމަވެރި ސަރަހައްދުތަކުން އަންނަ ދިވެހިން ބޭތިއްބުމަށް އދ ގެ ހިލޭ އެހީގެ ދަށުން ބިނާކުރި ސެންޓަރުގެ މަސައްކަތްވެސް 2021 ވަނަ އަހަރު ނިމިފައިވާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ހާލުގައިޖެހިފައިތިބި ދިވެހިން ރާއްޖެ އައުމުގައި ސަރުކާރުން މަދަދުވެރިނުވެ، އެއް މުއައްސަސާއިން އަނެއް މުއައްސަސާގެ ބޮލުގައި މިކަމުގެ ޒިންމާ އަޅުވައި މިފަދަ މޭރުންތަކުން، އެފަރާތްތަކަށް ޖަވާބުދީ، މިކަމުގެ ޒިންމާއިން މުއައްސަސާތައް ރެކެން މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތްތަކުގެ އާއިލާތަކާއި ހަވާލާދީ އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިމައްސަލަ އެކަށީގެންވާ އަވަސްމިނުގައި ނިންމެވުމަށާއި އެފަރާތްތައް ރާއްޖެ ގެނައުމުގައި ސަރުކާރުން ކުރައްވާ މަސައްކަތާއިބެހޭ ސައްޚަ މައުލޫމާތު އެއާއިލާތަކާއި ހިއްސާކުރައްވަމުން ގެންދެވުމަށް އެދި އެޕާޓީން ވަނީ ރައީސް ސޯލިހުއަށް ސިޓީއަކުން ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖަމިއްޔާ

    ކާނަލް ނާޒިމް ތިއުޅެނީ އެމީހުން އައްޑަނަޔަކަށް ނަގައިގެން އެމީހުންގެ އާއިލާގެ ވޯޓު ހޯދަން!
    ރައްޔިތުންނަކީ ގަމާރުންނެއް ނޫން! ބޭނުންވާއިރަށް މީހުން އެތަނަކުން ނުގެނެވޭނެ!

    12
    2
    • ޕަރީ

      އެހެންވިއްޔާ ރައީސްމީހާ ފޮނި ނުކަނޑާނީ ދެމަސްދުވަހުން ގެންނާނަމޭ ކިޔައިގެން

      7
      2
    • ހޭބައްޔޭ

      ހަތިޔާރަކަށް ހެދިޔަސް ވަރިހަމަ ދިވެއްސަކަށް ވީތީ އެހީތެރިކަން ސަރުކާރުން ދޭންޖެހޭނެ
      ހޭބަލި ބުނެގެންހޭ މިގައުމުގެ ޒުވާނުންނާ މުސްކުޅިން މަސްތުގައި އެތިބަދުވަނީ އެމިހުންނަށް އެހީވާށޭކިޔާގެ ދައުލަތުން ހަރަދު ކުރަން ޖެހޭހޭ ؟ ބޮނީ ކާކުބުނެގެންހޭ މުޅި ޖާނުފިދާވަނީ މަސްތުވުމުގައި

  2. Anonymous

    ތަންތަނުން ހިލޭ އެހީހޯދަން ކުރާކަންކަން !

    3
    2
  3. އައްޓަމަސް

    ހޯހޯ ނުގެންނާތި! ކާކު ބުނެގެން ދިއައީ ސުވަރުގެ އަތުޖެހޭ ހިސާބަށް ދެވިފައި ތިއްބައި ގެންނާކަށް ނުވާނެ، ސުވަރުގޭގެ ވަސް ދުވަމުން ދަނީ ނޭފަތުގައި

    8
    5
  4. ހޭބަލި

    މީކިހާ ބޮޑު ވަބާއެއްތ! އަހަރުމެންބުނެގެންތް ހާލުގަޖެހެންދިއައީ . ޢެއީ ޖާނުންފިދާވާންދިއަ ޤުރޫޕެއް. މި ނާޒިމު މީ މިޤައުމަށް އޮތް ބިރެއް. މިއީ ކަމުދާމީހެކޭ ޒާމާނެއްގަ ހީކުރެވުނު. އެކަމަކު މިހާރު މިއެނގެނީ މިއީ ބޯ ބުރާންތިވެފަ ހުރި މީހެއްކަން.

    9
    4
  5. ޙަތްކޮޅު

    ތިއީ ވަރަށއ ބޮޑު ގޯހެއް. ޢެވެރިންނާއި އެވެރިންގެ ދަރިން އަނބުރާ ދިވެހިބިމަށް ގެންނާނެކަމެެއްނެތް. ހުވަފަތްވީ މީހުން ތިބީ މުޖާހިދުންނާއި އިނދެގެން. ދެން ޔަތީމު ކުދިންކޮޅަށް އާރު.ސީ.ސީން ބޯކޮށް ހަދިޔާ ފޮނުވީމަ ނިމުނީ.

    1
    5
  6. ހަގީގަތް

    ތީ ގެންނަށް ހެޔޮ ވާވަރު ބައެއް ނޫން. ތި މީހުން މިތަނަށް ގެނެސްފިއްޔާ ދީނުގެ ނަމުގަ އެތައް ކަމެއް ކުރާނެ. އެމީހުން ކޮންހާލެއްގަ ޖެހުނީ. ހާހުން ހާހުން ޑޮލަރު ގެންދާ ބަޔަކު ހާލުގަ ޖެހޭނެތަ.

  7. އައްޑޫ ލެއި

    އެމީހުން ފުރިހަމަ ތަމްރީނު ލިބި ނިމުނީމަ މިތަނަށް ގެނެސް ކަލޭމެން ނުކިޔާތި ހައްދުފަހަނަ އެޅި މީހުންނޭ ޓެރެރިސްޓުންނޭ މުންޖޭ. މިތަނަކަށް ގެންނާކަށް ނުޖެހޭ އެމީހުން ދިޔައީ ސަރުކާރުން ފޮނުވައިގެނެއް ނޫން.

  8. އިކޫ

    ނާޒިމް ނުއުޅޭ ވޯޓު ހޯދާކަށް ! ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އެއީ އިންސާނިއްޔަތަށްޓަކައި ބުނި ބަހެއްކަން !

  9. 13ވގ

    މިތަންކަމުނުދާތީދޯ ދިޔައީ މިހާރު މިބުންވިސް އޯކޭވީތަ

  10. އިކޫ

    ގެންނާނެ ކަމެއްނެތޭ ބުނާއިރު ބުނާމީހާގެ މާދަމާގެ ހާލަތު އަމިއްލަ ނަފްސަށްއެނގިގެންނުވޭ ! މިސާލަކަށް ޖެހިގެން އޮތް އިންޑިއާ އަށް ގޮސް ޕާސްޕޯޓު ގެއްލުނަސް ސަރުކާރުން އެ ޒިންމާ ނަގަން ލާޒިމުވާނެ ! އަނެއްކަމަކީ އެއީ ބައިނަލް އަޤުވާމީ މައްސަލައެއް ! ތުއްތު ކުދިން އެގޮތަށްބަންދު ކޮށްފަ ބޭތިއްބުމަކީ އދ އާއި އިންސާނީ ޤަވާއިދުތަކާއި ޤާނޫނުތަކާ ފުށުއަރާ ކަމެއް! އެގޮތުން ގެނެސްގެންނުވާނެއޭ ގޮވުން އެއީ ރަނގަޅުވިސްނުމެއްނޫން ! އަނެއްކަމަކީ މި ދެކެވެނީ ކުށެއްނެތް ކުޑަކުދިންގެ ވާހަކަ ، އެއަށްވުރެ ބޮޑެތި ނުރައްކާ ކުށްވެރިން ޤައުމުގައި ދޫކުރެވޭ އިރު ގޮވާއިރު އެ ކުދިންގެ ހާލަތަށް ވިސްނުންތެރިކަމާއި އެކު ބަސްބުނުން ރަނގަޅު

    3
    1
    • ވިސްނާ

      ކާނަލް ނާޒިމް ގެ އޯގާތެރިކަން އެގިގެން ދަނީ މިކަމުންވެސް. ޔަތީމު، މިސްކީނު ކުދިންތަކެއް ގެ ވާހަކަ އެ ވިދާދުވަނީ. އެކުދިން ގެ އެއްވެސް އިޚްތިޔާރެއް ނެއްއެކަންކަމުގަ. އެކުދިން ގެ ހާލަތަކީ ކޮންމެ އިންސާނެއްގެ ވެސް ހިތައް ރަހުމް ވަންނަފަދަ ހާލަތެއް. އދ ވެސް އަންގަމުން އެދަނީ އެގައުމެއްގެ ރައްޔަތުން އެގައުމަކައް ގެންދަން. ނާޒިމް އަށް ޝުކުރިއްޔާ.

  11. ވިސްނާ

    ޔަތީމު މިސްކީނު ކުދިންނަށްޓަކާ ތި ކޮއްދެއްވަނީ ވަރަށް ރަގަޅު ކަމެއް ކަން ފާހަގަ ކުރަން. ވަރައް ނިކަމެތި ހާލުގަ ކުށެއް ނެއް ޔަތީމު މިސްކީނު އެ ތުއްތު ދިރިއުޅެން ޖެހިފަ އެވަނީ. ތާއީދު ކުރަން އެކުދިން ގެނައުމަށް. އިންސާނިއްޔަތުކަން ފެނިގެން މިދަނީ