ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ ކަަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެެވެ.

ރިޔާސީ ކެމްޕެއިނަށް ށ. އަތޮޅު ކޮމަންޑޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސީރިއާގައި 70 އަށްވުރެ ގިނަ ދިވެހިން އަމިއްލަށް ހަނގުރާމައިގައި މަރުވެއްޖެ ކަަމަށެވެ. އަދި 100 އަށްވުރެ ގިނަ މީހުން ހަނގުރާމައިގައި އުޅޭ ކަަމަށްވެސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކީ އެތަނުގައި އެކަނިވެރިވެފައި ތިބި މަންމައިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަސް ނިމެންވާއިރަށް އެ އާއިލާތަށް ރާއްޖެއަށް ގެނެސްދޭނަން". ރައީސް ވިދާޅުވިއެވެ.

ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން ރާއްޖެ ގެންނާނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"މަޖުބޫރު ހާލަތުގައި އެތަނަށް ގޮސްފައި ތިބި މީހުން ވެސް އެބަތިބި. ގަބޫލުކުރަންޖެހޭ ކަމެއް މިއީ. އެމީހުން ގެނެވޭނެ ގޮތެއް ބަލައި، ގެނެވެން އޮތް އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން" އެ އެ ދުވަހު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ސީރިޔާ އިން ގެންނަ މީހުން އަނބުރާ ގެނެސް މުޖުތަމައު އަށް ދޫކޮށްލުމަކީ މުޅި މުޖުތަމައު އަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ކަމަށާއި އެހެންކަމުން އެމީހުން ރާއްޖެ ގެނެސް މުޖުތަމައު ތެރެއަށް ދޫކޮށްލުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ވެސް ރައީސް އެއިރު ފާހަގަކުރެއްވިއެވެ.

އަދި އެ މީހުން ރާއްޖެ ގެނެސް މުޖުތަމައުއަށް ދޫކޮށްލުމުގެ ބަދަލުގައި އެ މީހުން ފުރަތަމަ ރިހެބިލިޓޭޓް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މީހުން ރާއްޖެ ގެނެސް ބައިތިއްބާނެ ތަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އިރާގާއި ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން 200 އާ ގާތްކުރާ އަދަދަކަށް ދިވެހިން ދަތުރުކޮށްފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަވާސާ ހަމީދު

    ވޯޓުލާނެ މީހުްނހީދާއޮރު ސީރިއާއިން ގެންނަ މީހުްނާއި ދިވެހި ރައްޔަތުކަންދޭ އިންޑިޔާ ގެ ގިނަބަޔަކު ތިބޭކަން ކަށަވަރުކޮށްދީ އެމީހުންނާއެކު 100000 މީހުން ތިބޭނެ!

  2. Anonymous

    ގެނެސްގެން ނުވާނެ އެއީ މިހާރު ދިވެހި ރައްޔިތުންނެއް ނޫން އެމީހުން ވަނީ ދިވެހި ގައުމަށް ގައްދާރުވެފަ އެމީހުންގެ ވޯޓު ހޯދަން ވެސް އަހަރެމެންގެ ފުރާނަޔާ ގައުމީ ސަލާމަތް ނުރައްކަލުގެ ތެރެޔަށް ވައްޓާލާކަށް ނުޖެހޭ

  3. ބޯހަލާކު

    ހަންގުރާން ނިމުނީމަ ގެންނަނީ އެބުރިދާއިރު އިތުރު ބަޔަކުގޮވައިންދޭ،،،،،

  4. Anonymous

    ހާދަ ސާލިހު ވެއްޖެއޭ ދޯ މިހާރު. އިންތިހާބަށް ފިލިޖަހާލަނީ ތޯއްޗެއް

  5. ބޮޑޫވަރު

    އަބަދުވެސް އަންނަ މަސް އަންނަމަސް ތިމަހެއް ނާންނާނެ ކަލޭ ނޮހެވޭނެ

  6. ޜައްޔިތުމީހާ

    މިއޮތްހުރިހާދުވަހު ބުނަމުންދިއައީ ސީރުއާގަތިބި ދިވެހިންނަކީ ޓެރަރިސްޓް ޖަމާއަތްތަކައް ނިސްބަތްވާމީހުނޭ މިހާރުކިހިނެއްތިވީ