މިއަދު ރާއްޖެ އިން އިތުރު 110 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 25 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ވެސް ފައްސިވީ 72 މީހުންނެވެ. މިއަދު ރިސޯޓްތަކުން 13 މީހުން ފައްސިވިއެވެ.

މިއަދު 5301 މީހަކު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %2.08 މީހުންނެވެ.

މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދަކީ 2562 އެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު 118 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 19 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އޮގަސްޓް މަހު ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1142 އަށް އަރާފައެވެ. އޭގެތެރެއިން 742 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން 249 މީހުން އޮގަސްޓް މަހު ވަނީ ފައްސިވެފައެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ފައްސިވި މީހުންގެ އަދަދަކީ 151 އެވެ.

އޮގަސްޓް މަހު މިހާތަނަށް 57266 ސުންކު ކޮވިޑަށް ޓެސްޓް ކޮށްފައިވާއިރު ފައްސިވެފައި ވަނީ %1.99 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު