22:30

މިއަދު ރާއްޖެ އިން އިތުރު 112 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:23

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އަދިވެސް އިއުލާނެއް ނުކުރޭ.

20:42

އައްޑޫސިޓީން އިތުރު 12 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

19:42

ކޮވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި ޖަހަމުންގެންދާ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ އިތުރު ޑޯޒްތަކެއް ޖަޕާންގެ އެހީގައި ރާއްޖެއަށް މި މަސް ތެރޭގައި ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ

18:36

ރާއްޖެއަށް ލިބިފައި ހުރި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ އޮކްސްފޯޑްގެ އެސްޓްރާޒެނަކާ ވެކްސިން ގަތް އަގު ހާމަނުކުރެވޭނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ

16:50

ރާއްޖޭގައި ކޮވިޑް-19އިން ދިފާއުވުމަށް ދެމުންގެންދާ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ފައިޒާ ވެކްސިން ރާއްޖެއަށް ލިބިފައިވާއިރު، އަންނަ ހަފްތާ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ

16:23

ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހޭ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށާއި، އާބާދީގެ 69 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ


އޮގަސްޓް މަހުގެ ފުރަތަމަ ދިހަ ދުވަސް ނިމިގެން ދިޔައިރު ޖުލައި މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ކޮވިޑަށް ފައްސިވި މީހުންނަށްވުރެ އޮގަސްޓް މަހުގެ ފުރަތަމަ ދިހަ ދުވަހު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެއްޖެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ ފުރަތަމަ ދިހަ ދުވަހު ރާއްޖެ އިން 1195 މީހުން ކޮވިޑަށް ފައްސިވިއެވެ. އޮގަސްޓް މަހުގެ ފުރަތަމަ ދިހަ ދުވަސް ތެރޭގައި ރާއްޖެ އިން ކޮވިޑަށް ފައްސިވެފައި ވަނީ 1142 މީހުންނެވެ. ނަމަވެސް ޖުލައި މަހުގެ ފުރަތަމަ ދިހަ ދުވަހު މާލެ އިން ފައްސިވި މީހުންނަށްވުރެ އޮގަސްޓް މަހުގެ ފުރަތަމަ ދިހަ ދުވަހު މާލެ އިން ފައްސިވި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. ޖުލައި މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި މާލެ އިން 239 މީހުން ފައްސިވިއިރު އޮގަސްޓް މަހުގެ ފުރަތަމަ ދިހަ ދުވަސް ތެރޭގައި މާލެ އިން 249 މީހުން ފައްސިވެފައި ވެއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ޖުލައި މަހުގެ ފުރަތަމަ ދިހަ ދުވަސް ތެރޭގައި 767 މީހުން ފައްސިވިއެވެ. އޮގަސްޓް މަހުގެ ފުރަތަމަ ދިހަ ދުވަސް ތެރޭގައި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވެފައި ވަނީ 742 މީހުންނެވެ.

ރިސޯޓްތަކާއި ސަފާރީތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ޖުލައި މަހުގެ ފުރަތަމަ ދިހަ ދުވަސް ތެރޭގައި 189 މީހުން ފައްސިވިއެވެ. ނަމަވެސް އޮގަސްޓް މަހުގެ ފުރަތަމަ ދިހަ ދުވަސް ތެރޭގައި އެތަންތަނުން ފައްސިވީ 151 މީހުންނެވެ.

އޮގަސްޓް މަހުގެ މިހާތަނަށް ރާއްޖެ އިން ފައްސިވި މީހުންގެ އެވްރެޖް އަދަދު ހުރީ 114 ގައެވެ. ޖުލައި މަސް ނިމުނު އިރު މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 117 މީހުން ފައްސިވިއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު