ތ ގުރައިދޫ އެންޑޯމެންޓް މޫވްމެންޓް (ޖެމް) 1439 ވަނައަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު ކުރިއަށްގެންދިޔަ ދީނީ އެކި މުބާރާތްތަކުގެ ނަތީއްޖާ ފާޅުކޮށްފިއެެވެ.

މިފަހަރުވެސް ޖެމް އިން މިދިޔަ ރޯދަ މަސް ތެރޭ ގިނަ ދީނީ މުބާރާތްތަކެއް ބޭއްވިއެވެ. އޭގެ ތެރޭގައި ޤުރުއާން ކިޔެވުން، މަދަހަ ކިއުން، ޚުޠުބާ ކިއުން، ބަންގި ގޮވުން ހިމެނެއެވެ.

ޖެމް އިން ބުނީ، ދީނީ މުބާރާތްތަކެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނާ ބޮޑެތިމީހުންގެ ހިތްތަކުގައި އިސްލާމީ ބިންގާ ވަރުގަދަކޮށް، ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއި އިސްލާމީ ޘަޤާފަތް ދެމެހެއްޓުމަށް ބާރުއެޅުން ކަމަށެވެ.

ޖެމް އިން ބުނިގޮތުގައި، މިއީ މިގޮތުން ބޭއްވުނު 3 ވަނަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 235 ބައިވެރިން ބައިވެރިވެފައިވެއެވެ.

މިފަހަރު ބޭއްވި މުބާރާތްތަކަށް ބަލާއިރު، ކޮންމެ މުބާރާތެއްގެ ވެސް ކޮންމެ އުމުރު ފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ، އަދި ކޮންމެ މުބާރާތެއްގެ ވެސް މުޅި މުބާރާތުން 1 ވަނަ ،2 ވަނަ އަދި 3 ވަނަ ހޮވާ ޓްރޮފީ އާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ. އަދި ކޮންމެ މުބާރާތެއްގެ ހުރިހާ ގޮތަކުން 1 ވަނަ އަށް އައި ފަރާތް އެންމެ އަލިގަދަ ތަރީގެ ގޮތުގައި ހޮވާ ފައިސާގެ އިނާމާއި ޓްރޮފީ، ހަނދާނީ ލިއުން ވަނީ ދީފައެވެ.

މުބާރާތް ތަކުގެ އަލިގަދަ ތަރިންނަށް އިނާމް ތައް ހަވާލު ކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނު، ތ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު ފަޔާޟްއެެވެ.

ޤުރުއާން ކިޔެވުމުގެ ބައިން މުޅި މުބާރާތުގެ އަލިގަދަ ތަރި: އާން އަލީޝާ ޝާފިއު

މަދަހަ ކިއުމުގެ ބައިން މުޅި މުބާރާތުގެ އަލިގަދަ ތަރި: އައިޝަތު އަފުނާން. އައިޝަތު އަފުނާނަކީ ވޭތުވެދިޔަ 3 އަހަރު ވެސް މަދަހަ ކިއުމުގެ ބައިން އަލިގަދަ ތަރި ހާޞިލް ކޮށްފައިވާ ފަރާތެވެ.

ބަންގި ގޮވުމުގެ އަލިގަދަ ތަރި: އަބުދުﷲ މައިޝަން ހަސަން.

ހުޠުބާ ކިއުމުގެ ބައިން އަލިގަދަ ތަރި: މުހައްމަދު އަމާން.

މުބާރާތައް އިނާމް ހުށަހެޅި ފަރާތްތައް.

ބޭންކް އޮފް މޯލްޑިވްސް ގުރައިދޫ ބްރާންޗް.

އިސްލާމިކް އެސޯސިއޭޝަން އޮފް ތ ގުރައިދޫ

އަމިއްލަ ފަރާތްތައް.

ޖެމްގެ ސެކެރެޓަރީ އަސްލަމް އަހްމަދުމަނިކު ވިދާޅުވީ، މި މުބާރާތް ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ، ފައިސާގެ ދަތިކަން ކަމަށެވެ. ފައިސާގެ އެހީ ލިބިއްޖެ ނަމަ މި މުބާރާތް މިއަށްވުރެ ކާމިޔާބު ކަމާއެކު ބޭއްވޭނެކަަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު