އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ ތ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިމަރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރޭ ތިމަރަފުށީ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެެ.

އެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކެވެ. އަދި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަކި ޖާގައެއް ކަނޑައަޅައިދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގަތެވެ.

އަދި ކޮމިޓީގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައިވެއެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ބުއްޅަބެ

  މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރުފިޔާނެތް އެކަމަކު ވަގުތު ކަނޑައެޅިގެން ނިކުންނަން ނުޖޭބަޔަކަށް ބަހާނެ ރުފިޔާ ބައިވަރު. ފޮގެޓް 2023

  35
  1
 2. މަލީހާ

  އޭ ރައީސް އެވެ. ސަރުކާރުގައި މިއުޅޭ އިދާރީ އެޑްމިން އޮފިސަރުންނާއި މަސައްކަތު މީހުންނާ ދޭތެރޭ މަނިކުފާނު އެއްވެސް ވަރަކަށް ނުވިސްނަވަނީ ކީއްވެތޯއެވެ؟ އެންމެ 6000 ރ އިން މިޒަމާނުގައި ޢާއިލާއެއް ބެލެހެއްޓޭނީ ކިހިނަކުންތޯއެވެ. ދަރާ ވިކެނީއެވެ. އަނަހެނުން ކޮމިޓީތަކުގައި އުޅޭ އެހެން ވަޒީފާތަކުގައި އުޅެމުންދާ މުވައްޒަފުންނަށް މިހާރުވެސް މުސާރަ ލިބޭއިރު އަނެއްކާވެސް ބޮޑުކޮށްދެއްވަން ތިވިދާޅުވީ ކޮމިޓީއަށްވެސް ވަޒީފާއެއް ނެތް މީހަކު ހޮވޭގޮތަށް އޮތްނަމަ ގައިމު އެލާރިކޮޅުވެސް ނިކަމެތި ކޮންމެވެސް ޢާއިލާއަށް ލިބުނީސް ނޫތޯއެވެ؟ ސިވިލް ސަރވިސްގައި 30 އަހަރު ހޭދަކުރާއިރު 10 ވަރަކަށްހާސް ރުފިޔާ ނުލިބެއެވެ. މެނޭޖްމަންޓުން ޑިގުރީ ހެދުމުން އިދާރީ މީހަކަށް ލިބެނީ 6000 ރުފިޔާއެވެ. އެކަމަކު ނަރުހުން ޓީޗަރުން ޑިގުރީ ހެދުމުން 12000 ، 15000 ހާސް ވަރު ލިބެއެވެ. މިއީ އިންސާފުހެއްޔެވެ؟ އަނަދުވެސް ޕޭކޮމިޝަނޭ ބޮޑުވަނީޔޭ ކިޔާއަޑު އިވެއެވެ. އެކަމަކު އެކަންވާތަނެއް ނާދެއެވެ. މުޅު ވަޒީފާގާއުޅޭ 30 40 އަހަރު ވާއިރު އަމިއްލަ ގޯތީގައި ގެދޮރުގަނޑެއް ނޭޅޭ މީރު ކާއެއްޗެއް ކާންނުލިބޭ ތިބީ ކިތައްމުވައްޒަފުންކަން މަނިކުފާނަށް އެނގިވަޑައިގަނޭތޯއެވެ. ރަށްޓެހިންނަށް ދަރާވިކެނީ ކިތައް މުވައްޒަފުންތޯއެވެ. މިކަމާ ވިސްނަވާލައްވާނެކަމަށް އުއްމީދުކުރަމެވެ.

  46
  3
 3. އެދުރުބެ

  ކަމެއް ނުކުރާ ބައެއްވިއްޔާ ބޮޑުކުރާތި.

  27
 4. މެން

  ޢެކި އެކި ވަޒީފާތަކުގައި ކުޑަ އުޖޫރައިގާ މަސައްކަތް ކުރާމީހުންނާމެދު ވިސްނާނެ މީހަކުމެތްދޯ

  27
  1
 5. Anonymous

  56

 6. Anonymous

  26

  2
  1
 7. އަހުމަދު

  ކޮބާތޯ ޓީޗަރުންގެ މުސާރައާ ސިވިލް ސާރވަންޓުންގެ މުސާރަ، ހައްތަހާވެސް ތިމާއަށް ސަޕޯޓް ލިބޭނެ ކަމަށް ސިޔާސީ މީހުންގެ މުސާރަތޯ ބޮޑުކުރަންވީ.

  27
  1
 8. ޜަނާ

  ކޮމިޓީތަކާ ކަ އުންސިލް ތަކުގެ މުސާރަ ބޮޑުކުރާ އިރު މަހިތަށް އަރަނީ ސިވިލް ސަރވަންޓުންގެ މުސާރަ އިގެ ވާހަކަ ނުދަ އްކަނީ ކީ ްއއވެ ބާވަ އޭ. ބަޖެޓްގެ ބޮޑު ބަ އެއ އް ހޭދަކުރަނީ މަޖްލިސް މެމްބަރުންނާ ކަ އުންސިލް ތަކުގެ މުސާރަ އަށް. ކަ އުންސިލަރުން ނަށް އޮންނަ ކަމަކީ ރަސްމީގަޑީގަ ކެޔޮޅުކަމު ދި އުން.

  23
  1
  • ހަސަނާ

   މޑޕ ގެ ފިކުރު ގަ ސިވިލްސާވިސް އަކީ އެމީހުން އެހާ ރުހޭ ބައެއްނޫން އރމީހުނާ ދެކޮޅައް އެމީހުންގެ ލީޑަރުވެސް ބުނެފައޮތީ 2ލެޕޓޮޕުން ގައުމު ހިންގޭނޭ މިހާރު ބަލަ މުޅިގައުމުގަ ގިނަެީ ސިޔާސީ މީހުން ރިސޯޓެއްގަ މަތީމަގާމެއްވިއްޔާ ކޮންމެސް ބޭރުގައުމެއް ގިނައީ އިންޑިއާ މީހުން މިތަނުގެ ފޮނިކޮޅުބޮނީ މޮޑީގެ ރައްޔިތުން ވެރިކަމުގަ ބަގުޑިބައްދަން ސިޔާސީ މީހުންގިނަކުރަނީ...

 9. މިހާ

  ކިހާ ދރަކަމެއްދޯ ޑިގްރީ ހަަދައިގެން 15 އަހަރު ހޭދަކުރީ އިރު މި ލިބެނީ 6ހާސް ރުފިޔާ. މިހާރުވެސް އަންހެން ކައުންސިލުން ލައިގެން އަދި ކުރިކަމެއްނެތް. އޮފީހަށް އައިސް ގޮނޑި ހޫނުކުރަން ތިބޭ. ތަޢުލީމެއް ހުރިނަމަތާ ކަމެއް ކުރެވޭނީވެސް.

  22
  1
 10. އައިޝާ

  މި މީހުންގެ މުސާރަ ބޮޑު ކުރެވެޔޭ ދޯ ހާދަ އަވަހަށް. ބޮޑު ނުކުރެވިގެން މިއުޅެނީ ޓީޗަރުންގެ މުސާރަ. ޓީޗަރުން ކިތަންމެ މައްޗައް ކިޔެވިޔަސް ބާރަ ތޭރަ ހާސް. އެކަމަކު ކައުންސިލް މެމްބަރުންނާ މަޖިލިސް މެންބަރުން އޯލެވެލް ގަޑެއް ނުހަދާ ހުއްޓަސް ބޮޑު މުސާރަ. އެއްވެސް ސަރުކާރަކަށް ޓީޗަރުންގރ މުސާރަ ބޮޑު ކުރެވުނު ތަނެއް ނުފެނޭ

  17
  4
 11. ޕާޓޭސް ތަކުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ

  ހުވާތަ. އަދި ކުޑަކޮށް މަޖިލިސް މެމްބަރުންގެ ބޮޑުކުރެވޭކަށް ނެތްތަ. އެޔަށް އެޑްކޮށްލައްޗޭ ކުންފުނިތަކުގެ ޗެޔާޕާސަނުންނާ، އެމްޑީން. އާއްމު ރައްޔިތުންގެ މިނިމަމްވޭޖް ކަންޑައެޅުން 2023 މަޑުކޮށްލާ. އަހަރުންނަށް އެއްޗެއްދޭނެކަމެއްނެތް. އެކަމު އަހަރުން ކަޔޭމެންގެ މުސާރަ ބޮޑުކުރިޔަސް މީރާ މެދުވެރިކޮށް ދޭނަން އިންގޭ. ނޯވޮރީސް ކަޔޭމެން ބޭނުންމީހުންގެ ބޮޑުކުރޭ. ވީ އާރ ހިޔާރ (މޭ ހޫންނާ)

  13
 12. ދަރަނި ދަންތުރަ

  ވަރަށްގިނަ ކަންކަން ކުރަންނިންމައިގެންހުރީ ، އިސްތިއުފާ ވެސްދޭން ނިންމައިގެން މިހުރީ ....

  16
 13. ހަވާސާ އިބޫ

  މީގެ ކުރިން ރަށެއްގައި ހުންނަނީ ކަތީބާއި ކުޑަ ކަތީބު މިހާރު ކައުްންސިލްގެ ރައީސާ އިރު 5 ނުވަތަ 7 ކައުންސިލަރުންތިބޭ މާނަޔަކީ ރަސެއްގައި 7 ނުވަތަ 8 ކަތީބުންތިބެޔޭ 100 މީހުން ހަމަނުވާ ރަށެއްގައިވެސް މިއަދަދަށް ކަތީބުންތިބޭ ލާރި ގިނަވެގެންއުޅެންޏާ ކޮންމެ ރައްޔަތކަށް މަހަކު 15000ރ ފަނަރަ ހާސް ރުފިޔާ ދޭންވީނުން! އޭރުން ވަޒީފާ އިތުރުކުރެވުނީ ދެން ފައިސާހޯދަން ހުރިހާރައްޔަތުން މޯގޭޖުކުރާނީ ރީތި ފިރިހެނުންނާއި ރީތި އަންހެނުން ބީދުއަގުގައި ފާހިސު އަމަލު ހިންގަން ކެރޭ މީހުން އެންމެ ބީދުއަގުގައި މޯގޭޖުކުރާނީ މީވާސަރުކާރެއް ހަބޭސް

  14
 14. ކޮރަލް

  ރަށައް ޗުއްޓީ އަށް ދާ ސަރުކާރުމުވައްޒަފުންނަށް ދެކޮޅު ޓިކެޓް ދޭނީ ކޮން އިރަކުން ތޯ އެވެ؟ ބިދޭސީންނަށް ދެ އެވެ.

  17
  1
 15. އަހުމަދުކަބީލާ

  އެއްވެސް ޒިއްމާއެއް، ކުރާ މަސައްކަތެއް އޮތްބައެއްނޫން. މުސާރަދީފައި ބައިތިއްބަންޏާ ތި މުސާރަ ބޮޑުކުރުމަށްވުރެ ރަނގަޅުވާނެ ވަޒީފާ ނުލިބިގެން އުޅޭމީހުން ހޯދާފައި އެމީހުނަށް މުސާރަދޭން. ކިޔަވައިގެންތިބި މީހުންވެސް އެބަތިބި ވަޒީފާގަނޑެއް ނުލިބި. ތިބުނާ ކޮމެޓީތަކުގައި އުޅޭމީހުން ކުރާމަސައްކަތާ ނުބައްދަލު ކުޑަ މުސާރައެއްތަ މިހާރުވެސް ލިބެނީ؟؟

  13
 16. ޅަވިޔަނި

  ހެއްދެވިހާ ބޮދެތި ދޮގުތައް ރައްޔިތުންނަށް ވިއްކަމުން ނުދުވެ ގޮނޑިގައި މި ދުވަސްކޮޅު މަޑުކޮށްލާ މަނިކްފާނު! ދިވެހިން މަނިކްފާނަށް އަލްވަދާއު ކިޔާފި! ތިޔައީ މަނިކްފާނުގެ މޮޔަކަމުން ދައްކަވާ ޚިޔާލީފޮލާއެެއް ! މަނިކްފާނު އިސްތިއުފާ ދެއްވާނީ މި ގައުމު ކޮރާހިނގަން ރައްޔިތުންނާ އެކު ހާލުގައި ޖައްސާފައި! ފްލެޓް އަލާކަންދައްކަނީ އެތަން ރައްޔިތުންނަށް ފެނާނީ މަނިކްފާނުގެ މަކަރުވެރިކަމުން ދިވެހިން ސަލާމަތްވީމަ! މަނިކްފާނިގެ ބްރިޖް ދެން އިންޑިޔާގެ ނުފޮރުއްޕާނުން މި ގައުމުގެ ރައްޔިތުން ކުޑަކަކޫ މައްޗަށް ތިރިވާނެ! މީ ޔަގީންކަމެއް! މިހާރު ފެންނަންހުރި ހަޤީޤަތްމީ! އިސްތިއުފާ ދެއްވާ ގައުމު ހިންގަން އެނގޭމީހުންނާ ޙަވާލުކުރައްބާ! ދޮގުތައް ހަދާ ނިކަމެތިން ގުނބޯގައްދަމުން ރައްރަށަށްނުދުވެ 2022 ނިމެންދެން!

 17. މަސްވެރިޔާ

  މަނިކްފާން ކީއްވެތޯ މަސްވެރިން އަތުން މަސް ގަންނަ އަގުބޮޑު ނުކޮށްގެން ތިއުޅެނީ. މަނިކުފާނު ހަނދާން ނެތުނީދޯ ތެލަށް އަންނަ ބަދަލަށް މަސްގަންނަ އަގަށް ބަދަލު އަންނާނޭބުނި ހަނދާން. މަސް އަގު ދަށްކުރި އިރު ތެޔޮ ގަންނަންލިބުނީ 8 ރުފިޔާއަށް. އެކަމަކުމިހާރު ތެޔޮ ގަންނަންލިބެނީ ލިޓަރެއް 10.59 ރުފިޔާއަށް. މިހާރުމިއުޅެނީ މި ދޯނިފަހަރުތައް ނުދުއްވިގެން މަސްވެރިކަންދަށްވުމުން. މިކަމަށް ވިސްނަންނުވޭތޯ.

 18. އިއްބެ

  ބޭކާރު ކަމެއް.

 19. ބައްޕައް ނެއް ހީނާ

  ކުރާނެކަމެއް ނެތިގެންތަ އިބޫ ތިއުޅެނީ؟

 20. ޅޮލް

  2023ވިސްނާތި

 21. ަފކ

  ކޮވިޑު އެލަވެންސް ވެސް ވީތާކުވި

 22. ރާށީ

  ކޮމެޓީން ނަކީމަސައްކަތް ކުރާބައެއްނޯން އެމީހުންނައް މުސާރަ ބޮޑުކުރަން ހެޔޮނުވާނެ

 23. ޑަރޯގާ

  އަނެއްކާވެސް އެއްކަލަ ވަޢުދާއީ ހުވަފެން ދެއްކުމުގެ މޫސުން ފެށެނީ. ހާދަކުރިއާލާ ތިޔާ ކެމްޕެއިން ފެއްޓެވީ. މިދައުރުގެ 24ގަޑިއިރު ވާއިރު ފުއްދަންވީ ވަޢުދު، 100ދުވަހުގެ ތެރޭ ފުއްދަންވީ ވަޢުދު ފުދުނީތޯ؟ ކަށަވަރުންވެސް ފުއްދަމުންދާ ވޢުދާކީ އިންޑިޔާގެ އަޅުވެތިކަމަށް ދިވެހިރާއްޖޭ ގެންދިއުމާއި އިންޑިޔާގެ ސަގާފަތް ދެމެހެއްޓުމަށް މޯދީއަށް ވަމުންދާ ވަޢުދު. އިންޑިޔާގެ މިނިވަން ދުވަހު ވެސް މިކަންތައްތައް ކުރާނެކަމށް ވަޢުދުވި. އަންހެނުންގެ ކޮމިޓީތައް އަދި ރަނގަޅަށް ހިނގައި ނުގަނެ. މަސައްކަތުގެ ޕްލޭނެއްވެސް ނެތް. ރައްޔިތުންނަށް ކަމެއްނުކޮށްދީ މުސާރަބޮޑު ކުރަން މިފޫގަޅަނީ. އަހުންމީ ގަމާރުންކަމަށްތެ ހީކުރނީ. ވާނުވާގަ ރައީސް ހުންނެވިޔަކަސް ޢާއްމުތައްޔިތުން ތިބީ ވަރަށް ހޭލާ.