ރަށްރަށުގެ ބިންތަކުގެ ބާރު ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ޔުނިޓަރީ ދައުލަތަކާއި ހިލާފުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު އަހުމަދު ޒަރީރު ހުށަހަޅުއްވާފައިވާ ބިންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ގާސިމް ވިދާޅުވީ، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ޔުނިޓަރީ ދައުލަތެއް އޮންނައިރު ކައުންސިލްގެ ބިންތަކާއި ހަރު މުދާ ހުންނަންވާނީ ސަރުކާރުގެ ދަށުގައި ކަމަށެވެ.

''ފެޑަރަލް ސިސްޓަމްއަކަށް އޮންނަ ގޮތެއް ކައުނސިލްތަކެއް އޮވެ، ބިންތައް ވެސް އެ ބަޔަކަށް ދީގެން އުޅުމަކީ" ގާސިމް ވިދާޅުވިއެވެ.

އެއަށް ފަހު އޭނާ ވިދާޅުވީ މިނިސްޓްރީގެ ހުއްދަ ނުނަގާ ގޮތަށް ބިންތައް ދޫކުރުމަކީ ސަރުކާރާއި މައި ދައުލަތަށް އޮތް ރިސްކްއަކަށް ވެދާނެ ކަމަށެވެ.

"މި ނޫން ގޮތަކަށް ތަރުތީބު ކުރާނަމަ، ކަންކަން ބޮއްސުން ލައިގެން ގޮސްދާނެ" ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

    ދޭން ދެކޮޅު ހަދާނެ ނޫ ކަން ބޭނުނަވާވަރަށް ނުކެވޭނެ ނޫން

    1
    1
  2. މުހައްމަދު

    ދިނަސް ނުދިނަސް ބިންތަކުގެ ކުލި އެހެރަ ބޮޑު ކުެރަނީ ހަމަ. ސަރުކާރުން އެއިރެއްގެ ކައުންސިލެއް ކޮންޓްރޯލްކޮށް އެ ގަނޑު ގަނޭ! މި ކޮވިޑްގައި ވެސް އެންމެ ދަތި ޙާލަތުގައި ރައްޔިތު މީހާ އޮއްވާ އެލްޖީ އަންގާގެންނޭ ކިޔާފައި ނައިފަރު އޭރުގައި އޮތް އެމްޑީޕީ ކައުންސިލުން ސިނާއީ ބިިންތަކުގެ ކުލި ތިންގުނަ ބޮޑު ކުރި! ލަދެއް ހަޔާެތެއް ނެތެންނު، ރައްޔިތުން ފެލާލަން ވެއްޖެނަމަ! ގާސިމޫ ، ދެން ތިޔަ ގޮވަނީ ތިމަންނަމެން ގައިންދާ އޮހޮރުވާ ބުރަ މަސައްކަތުންނޭ ލާރި ހޯދަނީ! ތިޔަ ފެލެނީރައްޔިތުން، ތިތާ އޮވެގެން ގައިންދާ އޮހޮރުވާގެން

  3. ބިންފޭރޭ

    ޤާސިމަށް މިކަމުގައި އަޅުގަނޑު ތާއީދު، ބިންތަކުގެ ބާރު ކައުންސިލަށް ދިނުމުން ގާތްތިމާގެ މީހުނަށް ބިން ބެހުންފަދަ ޖަރީމާ ހިންގާނެ، މިހާރުވެސް އައްޑޫސިޓީ ކައުންސިލުން އެއުޅެނީ އެއްބަޔެއްގެ ބިން ފޭރި މޭޔަރާއި ކައުންސިލަރުން ބޭނުންވާ ބަޔަކަށް ބިން ދިނުމަށް