ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ހުކުމްކުރި ފަސް މިލިއަން ޑޮލަރު މިހާތަނަށް އައިއިރުވެސް ދައްކާފައިނުވާތީވެ އެ ފައިސާ ހޯދަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް ލައްކަ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު 28 ގައެވެ.

ބަންޑާރަނައިބްގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ޔާމީން ފައިސާ ދައްކާފައިނުވާ ކަމަށެވެ.

"ތިރީސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި މީރާ އިން ޔާމީނަށް ފޮނުވި ނޯޓިސްއާ ހަވާލުވެ، އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވެއެވެ" ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވިއެވެ.

އެހެންވެ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަންގާރަ ދުވަހު ސިވިލް ކޯޓަށް ހުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ވިދާޅުވިއެވެ.

ދައުލަތު އެ މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ. އެ މައްސަލާގައި އެދިފައިވާނީ ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ހުކުމުގައި، ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ ފަސް މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރު ކޮށްދެއްވުމަށެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް އަންނަ ސެޕްޓެމްބަރު މަހު ސުޕްރީމް ކޯޓުގައި ފަށަން ވަނީ ތާވަލުކޮށްފައެވެ.
އިސްތިއުނާފު ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 9:00 އަށެވެ. އަދި ދެވަނަ އަޑުއެހުން 13 ވަނަ ދުވަހު ބާއްވަން ވަނީ ތާވަލް ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ މައްސަލަ ބައްލަވާނެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވާ ބޭފުޅުންނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަރުދޫ ހަސަނު

    ތީދެން ވަބާ އަކަށްވެއްޖެނު. ތިޔަމީހާގެ ގެ ނީލަން ކިޔާފަ ލާރިގަޑު ހޯދާ.

    1
    20
  2. ރަނާ

    ތީ މާކުރިއް ސުރެ ރޭވިގެން ޔާމީނުގެ ގެ އަތުލަން ސަރުކާރުން ހިންގާ ބޮޑު ވެގެންވާ ޖަރީމާއެއް. ޖަލުގަ ބަހައްޓާފަ ފަ ސްމިލިއަން ޑޮލަރ ހަމަ ސް ދުވަ ސް ތެރޭ ދައްކަން. މީކަނޑަ އެޅިގެން ދޭ ވަރަށް ބޮޑު އަނިޔާއެއް. މިފަދަ ހުކުމެއް ހަމައެކަނި ޔާމީނުގެ މައްޗަށް ކުރުމަކީ. ގިބަ ފައި ސާ ބޭނުންކުރީ ޒިޔަތާ އަދީބުކަން އެނގި ތިބެ އެމީ ހުނަށް ނުކުރާ ހުުކުމެއް ޔާމީނަށް ކުރުން. ފިރުއައުނުގެ އިން ސާފު.

    24
  3. ޢައްޑު

    ގާސިމު ނުދައްކާ ލާރިގަނޑު އަތުލާބަލަ ވެރިކަން ވެއްޓޭނެ

    21
  4. ކުޑޭ

    ސަރުކާރަށް ހަމައެކަނި ޓެކުސްނުދައކައިވަނީ ޔާމީނު އެކަނިދޯ ކޮބާ ބޮޑެެތިވިޔަފާރިވެރިން ރިސޯޓްތަކުގެ އޯނަރުންދައްކަންޖެހޭ ޑޮލަރުތައް

  5. އިބޫ ހޯލިސް

    ޔާމީން އަތުންވެސް ފައިސޤ ހޯދަންވީއެވެ. ދެކޮޅު ނުޖެހޭ ކަމަކީ އަދީބުއާއި ޒިޔަތު "ސޮރީ" ބުނެލައިގެން ވައްކަމުން ހޯދި ފައިސާތައް ބައްކުރަން ފުރުސަތު ދީގެން ތިބުން. ޢަދީބުއާއި ޒިޔަތުގެ މައްޗައްވެސް ގެއްލުނު ފައިސާ ހޯދުމަށް ދައުވާ ކުރަން ޖެހޭނެ. އެހެން ނޫންނަމަ ޔާމީނުގެ މައްޗައްވެސް ތި ދައުވާއެއް ކުރުމުގެ ގާނޫނީ ހަމައެއް ނެތް

  6. ވަތަނީ

    ކުރީގެ ރަ އީސުންގެ މަ އްސަލަތަ އްކުރި ައދާންވާނީ
    ތަރުތީބުންނެވެ ދަ އުލަތުން ގިނަ ވަ އްކަންކުރި މީހާ މަތިފަޑީގަ އި ފިލާހުރެ، ޔާމީން ޖުރިމަނާ ދެ އްކުން ގޯސް.