ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް ކުވައިތް ކުންފުންޏަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އަދި ކުވެއިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ތަލާލް ހަލީފާއެވެ.

މިއީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.

ޑރ. އައިޝަތު އަލީ އަދި ކުވެއިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕުގެ ޗެއާމަން ތަލާލް ހަލީފާ އަލްޖެރީ

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ސުކޫލަކީ އިންގްލިޝް މީޑިއަމް ސުކޫލެއް ކަމަށާއި، އަރަބި ބަސް ކިޔަވައިދޭން ހަމަޖެހިފައިވާ ކަމަށެވެ.

ދެ ފޭސްއަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ސްކޫލްގެ ފުރަތަމަ ފޭސްގައި އަންނަ ދިރާސީ އަހަރު ކިޔަވާދޭން ފެށޭވަރު ވާނެ ކަމަށް އަލްޖެރީ ހޯލްޑިންގ ގްރޫޕުން މައުލޫމާތު ދީފައިވެއެވެ. އަދި ދެ ވަނަ ފޭސްގައި 2023ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފެށިގެން ދާނެ ކަމަށް ބުނެފައި ވެއެވެ.

މި ސުކޫލަކީ 1،200 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

މި ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ.

އަލްޖެރީ ހޯލްޑިންގ ގްރޫޕުން ކުވެއިތުގައި 20 އިންޓަނޭޝަނަލް ސްކޫލް ހިންގައެވެ. އަދި މި ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަޚުސިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮފްވާން

    ކިހިނެއްތޯ އެވޯޑުކުރީ ، ސައުގުވެރިކަން ފާޅުކުރީމާ ހަވާލުކުރީތޯ. ކިހާވަރެއްގެ ފީއެއްތޯ ކުދިންއަތުން ނަގަނީ . އަދި ތި ސުކޫލު ދެވުނީ ކިތަށް އަހަރަށްތޯ .

  2. ޔާސިރު

    ހުޅުމާލޭ ފޭސް 2 ގައި 8 ސްކޫލުއަޅަން ބަޔަކު ހުށައެޅިކަމަށް މައުލޫމާތު ލިބޭ . އެވެސް އަދި ކޮންޓްރެކްޓް ފައިނޭސް އުސޫލުން .180 މިލިއަންނަށް ސުކޫލެއް 10 އަހަރުން ފައިސާ ދައްކާގޮތަށް . ނަމަވެސް ސްޓޭޓް ތިމަރަފުށި ރިޔާޒު އަށް އެކަންނުވި . ދެން ކޮން އުސޫލަކުންތޯ އާރު ސީ ސީ އާއި ހަވާލުކުރީ .

  3. ޢާލިމް

    ވަރަށް ރަނގަޅު ކަމެއް ތީ. އެފޯޑް ކުރެވޭ މީހުންނަށް.