ރާއްޖެ އިން މިއަދު އިތުރު 110 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 27 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 76 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން ހަތަރު މީހުން އަދި ސަފާރީތަކުން ތިން މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 5569 މީހުންނެވެ. މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %1.98 މީހުންނެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 114 މީހުންނެވެ. މިހާރު ކޮވިޑް ޖެހިފައި 1682 މީހުން އެބަތިއްބެވެ. އޭގެތެރެއިން 13 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އޮގަސްޓް މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2896 އަށް އަރާފައެވެ. އޭގެތެރެއިން 1866 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ވަނީ 684 މީހުން ފައްސިވެފައެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތްތައް ކުރާ ރަށްތަކުން ވަނީ 346 މީހުން ފައްސިވެފައެވެ. އޮގަސްޓް މަހު 3810 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 80329 އަށް އަރާފައެވެ. އޭގެތެރެއިން 78408 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން 225 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު