22:02

އިތުރު 108 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

19:12

ތ. ވޭމަންޑޫން ކޮވިޑް-19ގެ ގިނަ ވޭދަނަތައް ފެނި އެރަށް މޮނިޓަރިންގްގެ ހާލަތައް ގެނެސްފި

18:37

ބީބީސީ ނޫހުގެ ރޭޑިއޯ ޕްރެޒެންޓަރެއް އެސްޓްރަޒެނަކާ ވެކްސިން ޖެހުމުގެ ސަބަބުން މަރުވެއްޖެ ކަމަށް ރިޕޯޓު ކޮށްފި

16:36

ކޮވިޑް-19 ފެނިގެން މި މަހުގެ 17 ވަނަ ދުވަހު ބަންދު ކުރި ގދ. ތިނަދޫ ހުޅުވާލައިފި

15:50

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންގެންދާ ވެކްސިން ނުޖަހާ މީހުން ބަލީގައި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެނދުމަތި ކުރުން އިތުރު ކަމަށް ދިރާސާއަކުން ދައްކައިފި

13:19

ކޮވިޑް-19 ފެނިގެން ގދ. މަޑަވެއްޔަށް އަރާ ފޭބުން މަނާ ކޮށްފި

ކޮވިޑް-19 ކޮންޓްރޯލް ކުރަން ކިތައްމެ ގިނަ ފިޔަވަޅުތަކެއް އެޅިފައި ވީނަމަވެސް އަދި ކޮވިޑުން ދިފާއުވުމަށް އެތައް މިލިއަން ބަޔަކަށް ވެކްސިން ދެވިފައި ވީނަމަވެސް އަދިވެސް އުއްމީދުގެ އަލިކަމެއް ނުފެނެއެވެ. އިއްޔެ ވެސް ކޮވިޑް ޖެހިގެން ދުނިޔެ އިން ދިހަހާހަށްވުރެ ގިނަ މީހުން މަރުވިއެވެ. މިއަދު މިހާތަނަށް އަށްހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވަމުން ދިޔައީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. އޭރު ދުވާލަކު މަރުވާ މީހުންގެ އަދަދު 17000 އަށް ވެސް އެރިއެވެ.

މިހާތަނަށް މުޅި ދުނިޔެ އިން 214 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައި ވާއިރު 4.4 މިލިއަން މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު އޮގަސްޓް މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2896 އަށް އަރާފައެވެ. އޭގެތެރެއިން 1866 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ވަނީ 684 މީހުން ފައްސިވެފައެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތްތައް ކުރާ ރަށްތަކުން ވަނީ 346 މީހުން ފައްސިވެފައެވެ. އޮގަސްޓް މަހު 3810 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 80329 އަށް އަރާފައެވެ. އޭގެތެރެއިން 78408 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން 225 މީހުން ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު