ކޮވިޑް-19 ފެނިގެން މި މަހުގެ 17 ވަނަ ދުވަހު ބަންދު ކުރި ގދ. ތިނަދޫ ހުޅުވާލައިފިއެވެ.

ތިނަދޫ ބަންދުކޮށްފައި އޮންނަތާ 10 ދުވަސްވީ މިއަދު އެވެ.

ތިނަދޫ މޮނީޓަރިންގއަށް ލާފައި ވަނީ އެ ރަށު ސްކޫލްގެ ގްރޭޑް 4 ގައި ކިޔަވަމުންދާ ދަރިވަރަކާއި، މޮނިޓަރިންގެ އުސޫލާއި ހިލާފުވި މީހަކާއި ގާތުން އެއްތާވި ދެމީހަކު ފައްސިވުމުންނެވެ.

ސްކޫލްގައި ކިޔަވަމުންދާ ދަރިވަރު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދެއްކުމުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ.

މި މަހުގެ 17 ވަނަ ދުވަހު ތިނަދޫ ބަންދު ކުރީ އެރަށް ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ފަހުންނެވެ.

އޭޕްރީލް 24 އިން ފެށިގެން ޔިން މަސް ދުވަސް ވަންދެން ތިނަދޫ ބަންދުކޮށްފައި އޮތެވެ. އެފަހުން އެރަށުގެ މޮނީޓަރިންގ ހާލަތު އުވާލީ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

އެރަށުން މިހާތަނަށް 960 މީހަކު ކޮވިޑަށް ފައްސިވިއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ފައްސިވީ އިއްޔެ އެވެ. މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި 19 މީހަކު ތިބިިއިރު، ފެސިލިޓީގައި އެއްވެސް މީހަކަށް ފަރުވާދެމުން ނުދެއެވެ.

އެރަށުން ކޮވިޑް ޖެހުނު ދެ މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ތިނަދޫއަކީ އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވި އެއް ރަށެވެ.

ތިނަދޫ އާއްމު ހާލަތަށް ގެނައުމާއެކު މިހާރު ކޮވިޑް ފެނިގެން ބަންދު ކުރި ރަށްތަކުގެ އަދަދު ވަނީ 16 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު