ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދަށުން 66 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ ދަށުން، އެ ބިންތައް ގަތުމަށް ޝަޢުގުވެރިވާ، އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް އެފުރުޞަތު ހުޅުވާލާ ކަމަށެވެ.
ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުޞޫލުގައިވާ ފޯމު ފުރިހަމަކޮށް، އަންނަ މާޗްމަހުގެ 22 ވަނަ ދުވަހުގެ ކުރިން ހައުސިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
އަކަފޫޓެއް 2000 ރުފިޔާއަށްް ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގެ ދަށުން، މާފަންނުން 25 ބިމާއި ހެންވޭރުން 25 ބިމާއި ގަލޮޅުގެ 11 ބިން އަދި މައްޗަންގޯޅީގެ ފަސް ބިމެއް ވިއްކުމަށްވަނީ ހަމަޖެހިފައެވެ. މިނިސްޓްރީއިން ނެރުނު އިއުލާނުގައި އެ ބިން ހުރި އެޑްރެހާއި ބްލޮކް ނަންބަރު އަދި ބިމުގެ އަކަފޫޓުގެ މައުލޫމާތު އެ އިއުލާނުގައި ހިމަނާފައިވެއެވެ.
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ ދަށުން، ފުރަތަމަ ފިޔަވަހީގެ ދަށުން 37 ބިން ވިއްކަން މިިދޔަ އަހަރު އިއުލާނުކުރިއެވެ.
ޢަނެއްކާ ބަޔަކު ދަހިކޮށްލީ ސާބަހޭ..މިފަހަރު ކުރިންވިއްކާފަ އެއްނޫންބާ އނެއްކާ ހުރީ
ދެދުވަސް ފަހުން އަޑުއިވޭނެ ހަމައެކަނި އޮންލައިންކޮށްނޭ ގަނެވޭނީ.. ގަތް ބިން ލުބޭނީ ޕޯސްޓުންނޭ..
ބޭނުންވަނީ މާލެ ތޮއްޖެއްސުން އަދި މާލެއިން ގެދޮރުހުރި ނިކަމެތިން އިތުރަށް ނިކަމެތި ކުރުވުން.......