ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރޭގައި ގަވާއިދާއި ހިލާފަށް ވަދެގެން އުޅުނު ބޭރުގެ ދެ މަސް ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:55 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި ދެވަނަ ބޯޓުފެނިފައި ވަނީ އިއްޔެ 5:34 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި އޮޕަރޭޝަން ހިންގުމުގައި އަސްރުމާ 3 ދޯނިން އެމްއެންޑީއެފް އަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަަމަށެވެ.

އެއީ ކޮން ގައުމަކަށް ނިސްބަތްވާ ދެ ބޯޓުކަން އެމްއެެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މީގެ ކުރިންވެސް ބޭރުގެ މަސް ދޯނިފަހަރާއި ބޯޓުތައް އަތުލައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވެރިން

    އިންޑިޔާ ބޯޓެއްވީމަ ވަކި ގައުމެއް ނުބުނީ ހެން ހީވަނީ

    • ޢަހޫ

      ޥަގުންގެ ބަޑަށް ހާދަވަރަކަށެދޯ ވައިއަރާފަ މިތިބެނީ

      • ކަތި ތިލަފަތް.

        ޗޯ ރު އިންޑިއާ އައުޓް.

      • ޚޮ

        ކޮބާ ވަގުންނަކީ.

  2. ޙސސ

    ބޮޑެތި ސިންގާ ބޯޓު ވަދެފަ ދާއަޅާލާފަ ދާއިރު އަޅާނުލަނީ ކީއްވެޔޮ. ރާޑަރަށް ބޮޑު ކަމުން ނާރަނީތޯ.