ތ. ވޭމަންޑޫއިން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް ވިދާޅުވީ، އެރަށުން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށާއި އޭނާ ފައްސިވެފައިވަނީ އިއްޔެ ކަމަށެވެ.

އޭނާ ފައްސިވުމާއި ގުޅިގެން ކުރިއަށް ދިޔަ ކޮންޓެކްޓް ޓްރޭސިންއިން ނެގުނު ސުންކުތަކުގެ ތެރެއިން މިއަދު އިތުރު 2 މީހަކު ކޮވިޑަށް ފައްސިވެ، ރަށުން ޖުމްލަ ފައްސިވި މީހުންގެ އަދަދު ތިނެކަށް އަރާފައިވާ ކަމަށް ރަޝްވާން ވިދާޅުވިއެވެ.

ރަޝްވާން ވިދާޅުވީ، މިވަގުތު ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި ވޭދަނަތަކާއި ގުޅިގެން ރަށުގެ އެއް ގެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.

ވޭމަންޑޫގައި ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން މިވަގުތު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.