ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި އިރު އެއްވެސް ކަމެއް ގޯސްކޮށް ކުރެވިފައިވާ ކަމަށް ދުވަހަކުވެސް ގަބޫލު ނުކުރައްވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް މުއައްސިސު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު އޭރުގެ ރައީސްގެ އިސްތިއުފާ އަށް ގޮވާލާ އާއްމުންނާއި ސިފައިން ވަނީ މުޒާހަރާކޮށްފައެވެ. އެދުވަހު ސިފައިންގެ ތެރެއަށް ކާނަލް ނާޒިމް ވަދެވަޑައިގެން ނިކުންނެވުމަށްފަހު ޖުމްހޫރީ މައިދާނަށް އެއްވެ ތިބި މީހުންނާއި މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ސިފައިންގެ އިސް ފަރާތްތަކާއި ބައްދަލުކޮށް ހުށަހެޅުއްވުމެއް ހުށަހެޅުއްވި ކަމަށާއި އެއީ ޝަރުތަކާއި ނުލާ ރައިސް ނަޝީދު އިސްތިއުފާ ދެއްވުންކަމަށް ވިދާޅުވެފައެވެ.

އެ ދުވަހު ރައީސް ނަޝީދަށް އިސްތިއުފާ ދޭން މަޖުބޫރުކުރި ކަމަށާއި އެ ދުވަހު ވެރިކަން ބަދަލުކުރީ ބަޢާވާތަކުން ކަމަށް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ގަބޫލުކުރާ އިރު އެކަމުގައި އިސްކޮށް ހުރި ފަރާތަކީ ކާނަލް ނާޒިމް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. އެ ސަބަބާއި ހުރެ އެމްޑީޕީގެ ގިނަ މެމްބަރުންގެ ނުރުހުމާއި ފާޑުކިޔުމާއި އަބަދުވެސް ނާޒިމް އަށް ކުރިމަތިލައްވަންޖެހިވަޑައިގަންނަވައެވެ.

އެ ދުވަހު ކަންކަން ހިނގައި ދިޔަ ގޮތާއި މެދު “ވަގުތު”ގެ ހަވާސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެ ދުވަހު ކުރެއްވީ ގައުމީ ޚިދުމަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ލީޑަރޝިޕް ގަބޫލުކުރުމާއި ނުކުރުމާއި އެއީ އެތާ ތިބި ސިފައިންނާއި އެތާ ތިބި ރައްޔިތުންގެ ކަމެއް. އެއީ އަޅުގަނޑުގެ މައްސަލަ އެއް ނޫން. އެ ދުވަހު އަޅުގަނޑު ދައްކާފައި އެއޮތީ ސިޗުއޭޝަނަލް ލީޑަރޝިޕޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑަށް ކިޔެވިފައި ހުރި އެއްޗެއް އަޅުގަނޑަށް ދައުލަތުން އުނގަންނާދިން އެއްޗެއްގެ ބޭނުމެއް އަޅުގަނޑަށް ހިފައިފައި އެއޮތީ. އަޅުގަނޑު މިއަދުވެސް ގަބޫލެއް ނުކުރަން އަދި ދުވަހަކު ވެސް ގަބޫލެއް ނުކުރަން އެއީ ކުށެއް ކަމަކަށް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްޑީޕީގައި ތިބި ހަމަ ވިސްނޭ ބޭފުޅުން ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވި ދުވަހު އޭނާ ގޯހެއް ހައްދަވާފައި ނުވާ ކަމަށް މިއަދު ގަބޫލުކުރާ ކަމަށެވެ. އަދި އެ ދުވަހު ކޮށްދެވުނީ ގައުމީ ޚިދުމަތެއް ކަމަށް ގަބޫލުކުރާ ކަމަށް ނާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ހުދު ރައީސުލްޖުމްހޫރިއްޔާ، އޭރުގައި ހުންނެވި ރައީސުލްޖުމްހުރިއްޔާ އަށް ވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު އަބަދުވެސް ދަންނަވަމުން ދިޔައީ ދުވަހަކުވެސް އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާ އާއި ސިފައިންގެ ތެރެއިން ބައްދަލުނުވާ ކަމަށް. އަޅުގަނޑު އެތެރެއަށް ވަދެފައި އޭރުގެ ޑިފެންސް މިނިސްޓަރަށް ދެންނެވީ ބޭރުގައި ތިބި ރައްޔިތުން އެދެނީ މިހެންނޭ. އެދުމެއް އަޅުގަނޑު ދެންނެވީ. އަޅުގަނޑު ނުކުމެފައި އެނައުންސްކުރަނީ އަޅުގަނޑު ދެންނެވި ވާހަކަ އެކަނި." ނާޒިމް ވިދާޅުވިއެވެ.

2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލައި ރައީސް ނަޝީދުގެ މަންދޫބަކާއި ބޭރުގެ ފަރާތެއް އެ ކޮމިޝަނުގައި ހިމެނިއެވެ. އެ ކޮމިޝަނުން ނިންމާފައި ވަނީ ވެރިކަން ބަދަލުވީ ބަޢާވާތަކުން ނޫން ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ އަލުން ތަހުގީގުކުރަން އެމްޑީޕީއިން ވަނީ އެކިފަހަރު މަތިން ގޮވާލާފައެވެ. އަދި މަޖިލީހުގެ މި ދައުރަށް ވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވުމަކީ "ބަޣާވާތެއް" ކަމަށް ތުހުމަތުކޮށް އާއްމު މީހަކުވެސް ސިޓީ އެއް ހުށަހެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބަގްދާދީ

  ބާޢީ ނާޒިމް.

  2
  2
 2. ހާސިލް

  އެދުވަހުގެ ވީޑިއޯ ފުޓޭޖު ބައްލަވާ..... ނާޒިމް ސިފައިންގެއަށް ވެންނެވީމަ ގެންގުޅުއްވި ގޮތުގެވާހަކަޔާއި ނަސީދައް އެންގެވިކަމަށް އިސްތިއުފާ ދިނުން ނޫންގޮތެއް ނޯންނާނެ ކަމަށް އެދުވަހު ސިފައިންގެއިން ނިކިންނަވާ އެތަނުގައި ދެއްވި އިންޓަވިއުގަްި ވިދާޅުވީމެއްނު

  1
  2
 3. ހައްޕު

  ނަސީދަށް އިސްތިއުފާދޭން އެންގުމަކީ މައްސަލައެއްނޫން. އެދުވަހަކީ 2008 ގައި ނަސީދު ކުރަންފެށި ބަޣާވާތް ނިމުނު ދުވަސް.

 4. އަބްދޫ

  ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގިކަމަށް ލިޔެ . ގާނޫނުއަސާސީ ހުއްޓިފައިވާކަމަށް ޔައުނީ ގާނޫނުއަސަސީ އުވާލި ކަން އިއުލާންކޮށް ދުސްތޫރީ ބަގާވާތެއް ނަސީދު ގެންނަވައިގެން ހުންނަވާ.ގާނޫނުއަސަސީއާއ ގާނޫނާއި ހިލާފު އެތައކަމެއް ހިންގަނ ްފެށުމުން ގާނޫނީ އިމްށް ވަނުމަށް އެތައްބަޔަކު ގޮވާ މުޒާހަރާ ކުރަންފެށުމުން .އެމްއެމްއޭ ސަރަހައްދު ބަންދުކޮށް މުޒާހަރާ އާޓިފުސަލް ބީޗަށް ބަދަލުކުރުމުން ލަޓިބުރި ތަކާއެކު ތަޅާ ކުދިން އާޓިފިސަލް ބޯޗަށް ވައްދާ ލޭ އޮހޮރުވުމަށަ ތަޅާފޮޅުމަށް ހިތްވަރުދޭ ކަމަށް ތުހުމަތު ކުރެވޭ ހާލުގަ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކާ ރައޔިތުންގެ ހިމާޔަތުގާ ތިބި ސިފައިންނާ ފުލުހުންނަށް ގައިރުގާނޫނީ އަމުރު ކުރުމުން ގާނޫނުއަސަސީގަވާ ގޮތުގެ މަތީން ފުލުންންވަނީ ރައްޔިތުންގެ ސަލާމަތަށާއި ގާނޫނުއަސަސީ ހިމާޔަތް ކުރުމުގެ މަސައްކަތް ފަށްޓަވާފަ، އެގޮތުގެ މަތީ ފެބްރުއަރީ 2012 6އާއި 7 މިދެދުވަހު މަސައްކަތް ކުރަމުންގޮސް ގާނޫނީ އިމަށް ވަނުމަށައި ގާނޫނުއަސަސީ އަށް ބޯލަނބާ ގާނޫނުއަސަސީ ހިންގަނފެށުމަށް އިންކާރު ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ ހާލަތުގަ ހުންނަވައިގެން ފެބްރުއަރީ 7 ގަ ނަސީދު ވަނީ އިސްތިއުފަދެއްވަފަ މިޔަށް ކިޔާނީ މިކަމުގާބައިވެރިވި ހުރިހާ ސިފައިންނަ ފުލުހުންނާއި ރައްޔިތުންނަކީ ގައުމީ އަބްތާލުން ކަމުގާ . ކެނެރީގެ ނަސީދު ގެންނަވައިގެން އުޅއްވި ދުސްތޫރީ ބަގާވާތުން ގައުމުސަލާމަތްކޮށް ގާނޫނުއަސަސީ ދިވެހި ގައުމުގަ އަލަށް ހިންގަންފެށުނީ 2012 ފެބްރުއަރީ 7 ވަނަދުވަހު. ނަސިދުގެ މައްޗަށް ތހުމަތުކުރެވޭ ދުސްތޫރީ ބަގާވާތް ތަހުގީގު ކުރަންޖެހޭނޭ ކަމަށް ދެކެން .ނަސިދު ލިއުނު ލިއުން މިހާރުވެސް މަގޭއަތުގަ އެބައޮތް. ނާޒިމަކީ ފެބްރުއަރީ 7 ވަނަ ދުވަހުގެ ބަތަލުންގެތެރެއިން ބެފުލެއް.

 5. އަބްދޫ

  ގާނޫނުއަސާސީއަކީ ރައިސުލްޖުމްހޫރިއްޔާގެ މަގާމް ލިޔެފައިވާ ފޮތް އެފޮތް ނެތިއްޖެ ނަމަ ރައިސުލްޖުމްހޫރިއްޔާގެ މަގާމެއް ނޯންނާނެ އެމަގާމަކު މީހަކުވެސް ނުހުންނާނެ.ގާނޫނުއަސަސީ ނެތިއްޖެ ނަމަ ގާނޫނީ ސަރުކާރެއްވެސް ނޯންނާނެ. ނަސީދު ވަނީ ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށްނަގާއަމިއްލަޔަށް ގައުމު ހިންގާކަމަށް ލިޔެ ގާނޫނުއަސަސި ހުއްޓިފައިވާކަމަށް ޔައުނި ގާނޫނުއަސަސީ އުވާލިކަންއިއުލާންކޮށްފަ. އެދުވަހުގެ އެވަގުތުންފެށިގެން ރައީސުލް ޖުމްހޫރިއްޔާގެ މަގާމެްވެސް އެމަގާމުގަ މިހަކު ވެސް ނުހުންނާނެ. ނަސިދު ހުންނާނީ ބާގީ ޑިކްޓެޓަރެއްގެ ގޮތުގަ .ވީމާ ނަސީދުގެ މައްސަލަ ތަހުގީގު ކުރެވެންޖެހޭނެ ކަމަށް ދެކެން.