ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ހުޅުމާލޭ "ފިޔަވަތީ" ގައި ތަނުގެ ޖާގައަށްވުރެ އެތަނުގައި ކުދިން ގިނަކަމަށް ކަމަށް ޗިލްޑްރެންސް އޮމަބަޑްސްޕާސަން ނިއުމާތު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

"ފިޔަވަތި" ގައި ތިބޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އަޑުގަދަ ކުރާ މައްސަލަ މިފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. އަދި ފުރާޅުމައްޗާއި ދޮރު ފަދަ ތަންތަނުގައި ތަޅައި އަޑު ވެސް ބޭރަށް އިވެއެވެ. އެ މަންޒަރުތައް ބަލަން ގިނަ ބަޔަކު ފިޔަވަތި ކައިރިއަށް ޖަމާވެއެވެ. އެ ކުދިންގެ ފަރާތުން އަޑު އިވޭ ގޮތުން ނަމަ، އެ ތަނުގެ މުވައްޒަފުން އެ ކުދިންނަށް އަނިޔާ ކުރަނީއެވެ. ނަމަވެސް އެކަން ޖެންޑަ މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. އިއްޔެ އެތަނުގައި ރޯވެސްކޮށްލިއެވެ.

އެ ކަންތައްތަކާއި ގުޅޭ ގޮތުން ނިއުމާތު "ވަގުތު"އަށް ވިދާޅުވީ ފިޔަވަތީގެ އޮޑިޓެއް މިދިޔަ ހަފްތާގައި ހަދާފައިވާ ކަމަށެވެ.

އެ އޮޑިޓް ކުރިއަށް ގެންދިޔައީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި މަސައްކަތްކުރާ އެންމެހައި އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާއަށް އަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށެވެ. ގާނޫނޫން އެކަން ލާޒިމްކޮށްފައިވަނީ ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހާއެވެ.

އަދި އޭގެ ފަހުން މިފަދަ ހާދިސާއަކާއި ގުޅިގެން އިތުރު ރިޕޯޓެއްވެސް ތައްޔާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެތަނަކީ ކުދިން ބައިތިއްބަން އެންމެ އެކަށީގެންވާ ތަނެއްތޯ އެހުމުން ނިއުމާތު ވިދާޅުވީ 13 އަހަރުން ދަށުގެ ކުދިން ބައިތިއްބަން ރަނގަޅު ކަމަށެވެ.

"ކުދިން ގިނަ ތަނުގެ ޖާގައަށްވުރެ" ނިއުމާތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށެވެ. ފިޔަވަތީގެ ގިނަ ކަންތަކާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި، ގާނޫނުގައި ހުރި ކަންތައްތަކަށް ރިޔާއަތް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ފިޔަވަތީގެ މައްސަލާގައި ޖެންޑާ މިނިސްޓްރީއަށް އެއްވެސް ފިޔަވަޅެއް ނޭޭޅޭތީވެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ. އަދި އައިޝަތު މުހައްމަދު ދީދީގެ އިސްތިއުފާއަށްވެސް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ފިޔަވަތީގައި ތިބޭ ކުދިން ދުންފަތުގެ އިސްތިއުމާލުކުރާ ކަމުގެ ތުހުމަތުތަކެއްވެސް ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލާބަ

    ވަރުވަރުން ނަން ކިޔާފަ މީހުން ލާފަ އެބަތިބިދޯ. ވާކަ މެއް ހަރާމުން ހަރާން. ބޮޑު މުސާރަ ނެގުން ފިޔަވާ

    17
  2. ޟަރުދީ

    ފުރަތަމަ ކުދިން ބަލަހައްޓާ މުވައްޒަފުންނަކީ ކޮންފަދަ ބައެއްކަން ބަލާބަލަ ކުދިންނަށްވުރެ އެމީހުންގެ ފެންވަރު ދައް

    14
  3. ޣ

    ޑީޢޯ ސައްޕޭގެ އާއިލާ މީހުންނަން ބޮޑެތި މަގާމްތައް ދީގެން ގައުމު މި ފުނޑުވަނީ...ކޮން އުމްބަނޑެއް ތަ...ބޮޑު މުސާރަ ވާކަމެއް ހަރާމް

  4. ޤާނޫން

    ޢަންނިގެ ބާރުން މަޤާމުހޯދައިގެން މީނަ ފެނިއްޖެދޯ.

    ބޮޑު މުސާރަ ނަގާފަ ބުނަން އޮތީ މިހެންތަ؟ ކުރިންވެސް ތިކަން އެނގޭނެ ތަނެއް ހޯދަން ނޫޅުނީ ކީއްވެ.