ރާއްޖެ އިން އިތުރު 162 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން މިއަދު އިރުއޮއްސި ހަޔަކަށް މާލެ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 49 މީހުންނެވެ. އަދި މާލެ ފިޔަވައި ރާއްޖޭގެ ރަށް ރަށުން މި ބައްޔަށް ފައްސިވެފައި ވަނީ 106 މީހުންނެވެ. ރިސޯޓުތަކުން ހަ މީހަކު އަދި ސަފާރީއަކުން އެކަކު ކޮވިޑަށް ފައްސިވެފައިވެއެވެ.

މިއާއެކު، މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 83،494 މީހުންނެވެ. އަދި މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 81،544 މީހުންނެވެ. މި ބަލީގައި ނިޔާވެފައި ވަނީ 229 މީހުންނެވެ.

މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 23 މީހުންނެވެ.

ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާ އިރު، މިހާތަނަށް ކޮވިޑް-19 ވެކްސިން ޖަހާފައި ވަނީ 390،72 މީހުންނެވެ. އަދި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވަނީ 330،306 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު