ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހު ހިނގި ހަމަނުޖެހުންތައް ހިނގި ވަގުތު މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، އެތަނަށް ވަދެ އެތަނުގައި ތިބި ކުދިންނާއި ވާހަކަދެއްކި ކަމަށް ބުނެ އޭނާ އަށް ޖަވާުދާރީވާން އެލްޖީއޭ އިން އަންގައިފިއެވެ.

އެލްޖީއޭ އިން އެގޮތަށް އަންގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފިޔަވަތީގައި މިދިޔަ ހުުކުރު ދުވަހު ހިނގާދިޔަ ކަންތައްތަކާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދަނީ ބަލަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ އެ ހާދިސާ ހިނގަމުންދިޔަ ވަގުތު ޝުޖާއު އެ މަރުކަޒަށް ވަދެ އެ ތަނުގައި ދިރިއުޅެމުންދާ ކުދިންނާ ވާހަކަދައްކާފައިވާ ކަމަށާއި، ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް ބުނެ އެ މައްސަލަ ބަލާ ދިނުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ސިޓީ އެއް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުން އެލްޖީއޭ އަށް ފޮނުވި ސިޓީގައި ވަނީ ޝުޖާއު އެ ސަރަޙައްދަށް ޢާއްމު ފަރާތްތައް ވެއްދުމުގައި ބައިވެރިވި ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އެލްޖީއޭ އިން ވަނީ އެ މައްސަލަ އާއި ގުޅިގެން ކަން ހިނގާފައިވާ ގޮތާއި، މިކަމާއި ގުޅޭގޮތުން ފާހަގަކުރައްވަން ބޭނުންވާ ކަންކަމުގެ ބަޔާނެއް ލިޔުމުން ދިނުމަށް ޝުޖާއު އަށް އަންގަވާފައެވެ.

ޝުޖާއު އަށް ޖަވާބުދާރީވުމަށް އެލްޖީއޭ އިން ދީފައ ވަނީ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ މުއްދަކެވެ. އެގޮތުން ޝުޖާއުގެ ޖަވާބު 2021 ސެޕްޓެންބަރު 26 ވާ އާދީއްދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އޮތޯރިޓީ އަށް ފޮނުވުމަށް އެލްޖީއޭ އިން ވަނީ އަންގަވާފައެވެ.

މިކަމާއި ގުޅިގެން ޝުޖާއު ވަނީ އެލްޖީއޭގެ ރައީސާ އަފްޝަން ލަތީފް ޓެގްކުރައްވާ ލިޔުމުން ޖަވާބުދިނުމުގެ ބަދަލުގައި އެލްޖީއޭ އަށް ހާޒިރުކޮށްގެން ޖަވާބު ހޯދުމަށް ޓްވީޓެއް މެދުވެރިކޮށް އެދިވަޑައިގަންނަވާފައެވެ. އަދި ލާޒިމްކުރާ ކަންކަން ފަސްނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިޔަވަތި ފުރާޅު

    ލޮލް. ކަން ނިމުނު އިރު ކުށްވެރިވީ ޝުޖާ ދޯ؟ މިއޮތީވާ ފައްކާ ސަރުކާރެއް. ޒިންމާ ނަގަންޖެހޭ ވެރިން ސަލާމަތްވެ އެހެން އެންމެން ކުށްވެރި.

  2. މުރާލި ނާޒިމް

    މުއައްސަސާ ނުބެލެހެއްޓި ބޮއްސުންލައިގެން ދިޔާމަ މައްސަލަ އުފެދޭނެ، މިކަމަކީ ޝުޖާ ޒިންމާ ވާންޖެހޭ ކަމެއްކަމަށް ދެކޭކަށް ނުޖެހޭ، ޝުޖާއަކީ ރައްޔިތުންގެ މަންދޫބެއް، ރައްޔިތުންނަށް ދިމާވާ މިފަދަ ބޮޑެތި ކަންކަމުގައި ޝުޖާ ޖެހޭނެ އެކަމުގައި ވެދެވެންއޮތް އެންމެ މައްޗަކަށް އެހީތެރިވެ ދޭން

    11
    • ޖަޒީރާމަނިކު

      ފިޔަވައްޗަށްވެސް ވަންނަން ޖެހޭނެ، ނިޔަފައްޗަށްވެސް ވަންނަން ޖެހޭނެ. ބިރުގަންނަވަން އުޅޭނެކަމެއްނެތް. ޝުޖާއެއް ނުސިހޭނެ. ވަޅުކަށްޓަފުޅި ދާންޏަކަށް ނުސިހޭނެ. އެލްޖީއޭ ޖެހޭނީ މަހަށްދާން.

  3. ނާދިރާ

    ސަރުކާރުން ރައްޔިތުންނަށް ބިރުދައްކަނީ