ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ.ގައި މިރޭ އެކަމުގެ ހައްލަކަށް ގޮވާލެއްވުމުން ފަލަސްތީނުން އުފާކޮށް, ރާއްޖެއަށް ޝުކުރު އަދާކޮށްފި އެވެ.

އދ.އަށް ފަލަސްތީނުން ކަނޑައަޅާފައިވާ މިޝަންއިން ވަނީ އދ.ގެ އާއްމު މަޖިލީހުގައި ރައީސް ސޯލިހު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

އދ،ގެ އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް މިރޭ ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި އެންމެހައި ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކުގައި ކަމަށެވެ. އ.ދ.ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްތީން ރައްޔިތުންގެ ޙައްޤުތައްވަނީ ކަށަވަރުކޮށްނުދެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިޒްރޭލުން ފަލަސްޠީނުގެ އަންހެން ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ޙައްޤު ތަކުރާރުކޮށް އެބަ ނިގުޅައިގަނޭ. އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު، އެތައް ޤައުމަކުން ފަލަސްޠީނުގެ ޙައްޤުގައި އެ ނުކުންނަނީ، ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން. އ.ދ.ގެ ޢާންމު މަޖިލީހާއި، ސެކިއުރިޓީ ކައުންސިލުން ފަލަސްޠީނުގެ ޙައްޤުގައި ނެރުނު ޤަރާރުތަކާއި، ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްޠީނުގެ ޙައްޤު." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަ ދައުލަތެއް ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު އާއްމު މަޖިލީހުގައި މި ވާހަކަ އެމަނިކުފާނަށް ދެއްކޭ ސަބަބެއް އެބައޮތެވެ. އެއީ، ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފައިވުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ދެން އެމަނިކުފާނު އެއްސެވީ މިލިއަނުން ޢަދަދު މަތި ފަލަސްޠީނުގެ ރައްޔިތުން ބަލައިގަތުމުން، ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯއެވެ.

"އެބަޔަކު އަޅުގަނޑު މިތާހުރެ ތަމްސީލުކުރާ ދިވެހިން ބޭނުންވަނީ އ.ދ.އިންނާއި، މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުން. އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި، ޙައްޤުތަކާއި، އިމްތިޔާޒާއި، އިޚްތިޔާރުތައް ދޫކޮށްލުން. ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ްޤައުމު

    ޝުކުރިއްޔާ ރައީސް
    ވަރައްވެސް ހިއްވަރުގަދަ ބަސްކޮޅެއް.
    ޢެކަމަކު ޤައުމު ހިންގުމުގާ ހަމަ 0

    7
    1
  2. މައްލި

    މީނަ ފްލައިޓެއް ފުރެންދެން މީހުން ގޮވައިގެން ދޯ މިތަނަކަށް މިދިޔައީ ކިހާ ބޮޑު ނުހޮރުއްޕާނެއް މީ މިނިވަން ވޭޖް އޭ ކިޔަނީ އަނެކަކު ސުކޫކް ކިޔާއެއްޗެއް ވިއްކަނީ އަނެކަކު އަމާ ފައްޓަރުބައި ވިއްކަނީ ދެން ހުރި މީހަކު ހުރިހާތަނެއް މޯގޭޖް ކުރަނީ ގައުމު އޮޔާދަނީ ވެރިކަން ކުރަން ނޭގޭ މީހަކު ވެރިއަކަށް އެރުވީމާ މުޅި ސިސްޓަމްގައި އަލީ ޒާހިރު ކިޔާ މީހަކު އަތްފުނާ އަޅަނީ މިއޮތީ ވާވެރިކަމެއް އަހަރެމެން ނަށް ބަލާވެރިކަމެއް

    5
    4
  3. ނަން

    ށުކުރު ހައްގު ކަންކަމައް ށުރިޔާ އެ ބުނެވޭނީ
    އެކަމަކު މޑޕ އަކައް ދުވަހަކުވެސް ވޯޓެއް ނުދޭނަން
    މިގައުމުގެ ހަލަކު
    ޢެހެނަސް ފަލަސްތީނުގެ ހައްގުގައި ވާހަކަ ދެއްކެވި ކަމައް ށުކުރިޔާ. ގަލްފުގެ ބާރުގަދަ އަރަބިންނަށް އެވަރުވެސް ކުރަން ނުކެރުނު

  4. އެހެންވީމަ

    ޝުކުރު ހައްގު ބަސްކޮޅެއް. ތެދު ހައްގު ބަސް. ދިވެހިންގެ އާދޭސް. އެކަމަކުވެސް ޓެރަރިސްޓް ހާޖަރާގޭ އަބްދުﷲ ލުތުފީގެ އެއް ލޭ ހިނގާ ކޮއްކޯ"ފުޅު"ތައް، ލާދީނީ އެމް.ޑީ.އެންގެ ގޮފި ލާދީނީ އެމް.ޑީ.ޕީގެ ހިއްސާދާރުން، ނަޝީދުއާއި އޭނާގެ އަޣްވާނުންނާއި ވަކި ނުވާހާ ހިނދަކު ތާއީދެއް ނެތް.