ރާއްޖޭގައި ކޮވިޑް-19އިން ދިފާއު ވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޕީސީއާރް ޓެސްޓާއި ނުލާ ދަތުރުކުރެވޭ ރަށްތަކުގެ އަދަދު 63 އަށް އަރައިފިއެވެ.

ވެކްސިން ޖަހާ އުމުރުފުރައިގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިިވާ ރަށްތަކަށް ދަތުރުކުރާއިރު، ޕީސީއާރް ޓެސްޓު ހެދުމެއް ނެތި ދަތުރު ކުރެވޭ ގޮތަށް އުސޫލެއް ހަދައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން އެ އުސޫލަށް ވަނީ އަމަލު ކުރަން ފަށައިފައެވެ.

އެގޮތުން އެ މިންގަނޑު ހަމަވެފައިވާ 63 ރަށެއް އެޗްޕީއޭން މިއަދު ވަނީ އާންމުކޮށްފައެވެ.

މި ރަށްތަކުގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު، 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އާބާދީގެ 95 އިންސައްތަ ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށްތަައް މި ލިންކުން ފެންނާނެއެވެ.

އާބާދީގެ 95 އިންސައްތަ ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އާބާދީ ކުދި ރަށްތަކެވެ.

ކިޔުންތެރިންގެ ހިޔާލު