އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު، ކަނޑައެޅުން ފަސްކޮށްފިއެވެ.
އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު މިއަދު ކަނޑައަޅަން ކުރިން އޮތީ ތާވަލުކޮށްފައެވެ. އެހެން ނަމަވެސް މިހާރު އެ ބައްދަލުވުން ވަނީ ފަސްކޮށްފައެވެ
ވޭޖް ބޯޑުގެ މެންބަރު އަދި ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މާއްޓެ) "ވަގުތު"އަށް ވިދާޅުވީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު ކަނޑައެޅުމަށް ބާއްވަން ތާވަލު ކުރި ބައްދަލުވުން ފަސްކޮށްފައިވާ ކަމަށާއި، ނަމަވެސް މާދަމާއަށް ވޭޖް ބޯޑުގެ ބައްދަލުވުމެއް ތާވަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުން ފަސްކޮށްފައި ވަނީ އެ ބޯޑުގެ ޗެއާޕާސަންއެވެ.
ބެލެވެނީ ބޯޑު ބައްދަލުވުން ފަސްކޮށްފައި ވަނީ އާ ޕްރޮޕޯސަލްއެއް ސަރުކާރުގެ ފަރާތުން ލިބުމުން ކަމަށް މާއްޓެ ފާހަގަކުރެއްވިއެވެ. އެއީ ސިވިލް ސާވިސް ކޮމިޝަންގެ ކަންތަކުގައި ހުށަހެޅި ޕްރޮޕޯސަލްއެއް ކަމަށް ގަބޫލުކުރެވޭ ކަމަށް މާއްޓެ ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ އާ ޕްރޮޕޯސަލްއެއް ސަރުކާރުން ހުށަހަޅަން އުޅެނީ ކަމަށް، އެހެންވީމަ ބޯޑު ބައްދަލުވުން މާދަމާއަަށް ލަސްކޮށްފައި މާދަމާ ޕްރޮޕޯސަލްއާ ބެހޭގޮތުން މަޝްވަރާ ކުރާނެ". މާއްޓެ ވިދާޅުވިއެވެ.
އެ ޕްރޮޕޯސަލްގައި އޮތީ ކޮންކޮން ކަންކަމެއް ކަން ނޭނގޭ ކަން ހާމަކަުރަމުން މާއްޓެ ވިދާޅުވީ، ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު، ކަނޑައެޅޭނީ ކޮން އިރަކުކަން ދެން ސީދާ ބުނަން ނޭނގޭ ކަމަށެވެ.
"ސީދާ އެގްޒޭކްޓްލީ ނޭނގޭ އެހެން ބުނާކަށް، ކޮން އެއްޗެއްކަމެއް އަދި އަޅުގަނޑަކަަށް ނޭނގެ އާ ޕްރޮޕޯސަލްގައި އޮތީކީ"، މާއްޓެ ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އިކޮނޮމިކް މިނިސްޓަރަށް ވަޒީފާއާއި ބެހޭ ގާނޫނުން ލާޒިމް ކުރެއެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ހިންގާ ނުވަ ސިނާއަތަކަށް ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
- ޓޫރިޒަމް ސިނާއަތް
- ކޮންސްޓްރަކްޝަން ސިނާއަތް
- ދަތުރުފަތުރުގެ ސިނާއަތް
- ސިއްހީ ހިދުމަތުގެ ދާއިރާ
- ތައުލީމީ ހިދުމަތުގެ ދާއިރާ
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
- އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ
- މެރިޓައިމް، ޝިޕިން ސިނާއަތް
ކަލޭމެން ތިބޭނީ ތިހެން ދަޅަ ދައްކައިގެން. ތިޔަ އުޖޫރައެއް ކަނޑައެއް ނާޅާނެ މިސަރުކާރަކުން ނެއް.
މިހާ ބޮޑު ޖޯޖެއް އޮވެދާނެބާ.
ހަހަހަހަްްހ ތީ އާކަމެއްނޫން
އަހަރެން ކުރިްވެސްބުނީން އިބްލީސްކައިވެނި ވާހަކަ ނުކުރެވޭނޭ
ޔާމީނު ނަަމަ މިހާރު ތިކަން ނިންމައިފާނެ
ދެން ފަސް އަހަރު ވީ އިރުވެސް ނުނިންމީ ކީއްވެޔޯ؟؟؟؟؟!!!
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
އިބުލިސް ކައިވެނި
ސާބަސް
ކޮންމެކަމެއްގަވެސް އޮޅުވާލުމާއި މަކަރު މިމީހުންނައްހީވަނީ ވޯޓްއޮޅުވާލައިގެން ވެރިކަމައް އާދެވުނީމާ ދެންހުރިކަންތައްވެސް އޮޅުވާލައިގެން ކުރެވޭނެކަމައް ދެންއެކަން އެގޮތަކައް ނުކުރެވޭނެ ދެންނުތިބޭނަން މަޑެއްކޮއް
މީ އެމްޑީޕީ އެތެރޭގެ ވޯޓަށް ރައްޔިތުންގެ ތާއީދު ހޯދާން ޖަހާމަޅިއެއް އެންމެ ކުޑަ އުޖޫރަދެވޭނީ 2023 ގައި. ރަަައްޔިތުން ގުބޯނުހައްދަވާ
މިހާރުވެސް ސަރުކާރުގެ އޮނިގަނޑުތަކުންއޮތީ އެންމެ ކުޑަ އުޖޫރު ކަނޑައެޅިފަ، އެންމެ ކުޑައުޖޫރަ ކިޔާފަ އެކަމުންސަލާމަތް ނުވެވިގެން ތިޔައުލެނީ ތިޔަ ކިޔާކެތްގަރީ ހަދައިގެން މުސާރަ ކަނދައެޅުމަކީ ގާނޫނުއަސަސީ ގެ 17 ވަނަ މާއްދާއާ ހިލާފު ވުމަކަށް ވުންގާތް. ކަލޯ އަށް ތިޔަ މިނިސްޓްރީ ނުހިންގޭނެ. މިހާރުވެސް މިއުޅެނީ ބިދޭސީންގެ މައްސަލަ ހަމަ ނުޖެއްސިގެން 3 އަހަރުވީ ވާނޫވާވެސް ނެގޭ .އިމިގްރޭސަނުގަ އޮތް އިރަށް ވުރެ ގޯސް. އެއީ ވާނުވާ ނޭގޭކަމުން ތިޔަ މިނިސްތްރީން ކަންކަން ގެންދަނީރަނގަލަކަށް ނޫން.
ނުވާނެ ތިކަމެއް . ތިކަންވެސް ނިމޭނީ ސިވިލް ސާވަންޓުން ނަށް ކުރިއަށްވުރެވެސް ދުއްޕާން ވާ ގޮތައް .ފްލެޓްތަކަށް ވީހެން . ނިމުނު އިރު ޙައްޤުވެރިން ތިބީ ބާކީވެފަ
ތިއޮތީ މިނިމަންވޭޖު އިބިލީސް ކާވައްޏާއްވުރެންވެސް ހާލުގަ ތިކަމެއް ނުވާނެ ތިކަން ކުރަން ދަންނަބަޔަކު މިސަރުކާރަކުނެތް މުޅިންވެސްތިބީ މުއްސަދިންގެ ޖީބުން ފެންބޯމީހުން
މިވަރުގެ ދޮގުހަދާ ސަރުކާރެއް އެއްވެސް ގައުމެއްގަ އޮންނާނެހެން ހީއެއްނުވެއެވެ. ކިތައްފަހަރު އެންމެ ކުޑަވެގެން ދެވޭނެ މުސާރަ ކަނޑައަޅައިފިބާއެވެ! މިމީހުން ރައްޔިތުން ކުރިމައްޗަށް އަދިވެސް ކަންކަމު އަންނާނެބާއެވެ.
އެޑީޕީގެ ވެރިޔަކު ހުރެގެން މުއައްޒަފުންނަށް މުސާރަ ބޮޑުކޮށެއް ނުދެވޭނެއެވެ. އެމީހުންނަށް ކުރެވޭނެ ކަމަކީ މުއައްޒަފުންނަށްދޭ މުސާރައިން އެއްބައި ކެނޑުމެވެ! އެކަން ކުރިންވެސް އެމީހުންކުރިއެވެ.
ތިއީ ހަމަ އިބިލީހު ކައިވެނި!
އިބިލީހުގެ ކައިވެނި
ރައްޔިތުންނާ ގުޅުން ހުރި މިފަދަ ޙައްސާސީ މައްސަލަތައް ފަސްކުރަމުން މީނަގެ ކަންކަން އަވަސް ކިރަމުން މިދަނީ
ތިޔަ އުޖޫރަ މިސަރުކާރަށް ކަނޑައެޅޭނެބާ؟ ވެރިކަން ކުރަންވާނީ ނިކަންގަޓުހުރެގެން. މިރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ލޯނުތަކެއް ދީގެން އިގްތިޞާދު ނަގަހައްޓަންޖެހޭ. މިހާލަތުގައި ދައުލަތުގައި ހުރި ދަރަނި ކުންފުނިތަށް އުވާލުމަށް ފަހު ޕްރައިވެޓް ސެކްޓަރ ވަރުގަދަކޮށް ދިވެހިންގެ އުފެއްދުންތަށް އިތުރުކޮށް އެކްސޯޓްވަރުގަދަކުރެވިގެން ނޫނީ ދިވެހިރާއްޖެއަށް ހަމައިސްކޮޅަށް ނުތެދުވެވޭނެ. މިރާއްޖޭގެ އިމްޕޯޓް މިހާރަށްވުރެ މަދުކުރެވޭނެ މަގުން އިގްތިޞާދު އަލުން ބިނާކުރަން ޖެހޭނެ. މިނޫންގޮތަކަށް ދިވެހިރާއްޖެއަށް ދެމެހެއްޓެނެވި ތަރައްގީއެއް ހާސިލްކުރުމުގެ ޖާގައެއް ކަށަވަރެއްނުކުރެވޭނެކަން ޔަގީން.
މިސަރުކާރަށް ތިކަމެއްނުކުރެވޭނެ...އިސްތިއުފާދެއްވާފައި މިކަންކުރެވޭވަރުގެ ބަޔަކާ ހަވާލުކުރންވީނު.
މިސަރުކާރުގަ ލަދުހަޔާތުގެ ކަންފުޅެއް، އަގަލެއް ކުލުނެއް ރައްޔިތުންނާ ދޭތެރޭހުރި އެކަކުވެސް ނެތް. 2023 ހަނދާންނައްތާލާ (ވަގު ސަރުކާރު)!!
ހާދަ ފާސްޓޭ ދޯ މިއީ ހަމަ ފާސްޓު ސަރުކާރެއްނަމޫނާ ކަލޯ މެނޭ...
ޔަހޫދީ ސަރުކާރެކޭ ތަފާތެއް ނެތް
ދިވެހިރާއްޖެއަކި ކުޑަ ޕޮޕިއުލޭސަނެއް އޮތް ކުޑަ ގައުމެއް.މިގައުމުގަ އަބަދީގެތެރެއިން ސަރުކާރުން ލޯނުދީގެން ވިޔަފަރި ފެށި އެތައްބަޔަކު އެބަތިބި .އެމީހުންގެ ސޭލްސް އިން ލޯނު ދައްކަފަ ތިބޭފުޅާ ކަނޑައަޅަ އުޖޫރައެއް ދީފިނަމަ އަހަރު ނުވަނީސް ވިޔަފާރި ހުލިވާނެ. ވިޔަފާރި ކުރާމީހުނަށް އުޖޫރަ ދޭން އެގޭނި ލިބޭ ސެލްސް ގެ ފްރޮފިޓަށް ބިނާކޮށްގެން ދަރަނި ނަގައިގެން ދަވްލަތުން މުސާރަދޭހެން އަމިއްލަ މީހާ މުސާރަދޭން ފަށައިފިނަމަ ވާނެގޮތް އެގޭތަ؟ މީހުން ބޯކާންވެގެން ކިޔާ އެންމެ ކުޑައުޖޫރަކަނޑައެޅުމާއި ހައއގު މިންވަރު ހޯދާދިނުމާއި ބާނާ މަހުގެ ހަމަ އަގު ހޮދަދޭ ވާހަކަ އަދިވެސް ދައްކާތި . ތިޔަ ބޭފުޅުންކަނޑައަޅާ އުޖޫރަ ކުޑަވެއްޖެ ނަމަ މަސައްކަތްތެރިން މަގުމައްޗަސް ނިކުންނާނެ އުޖޫރަ ބޮޑުވެގެން ވިޔަފާރިތައްބަގުރޫޓް ވާންފަށައިފިނަމަ ވިޔަފާރި ވެރިން މަގުމައްޗަސް ނިކުންނާނެ. ދެންހަދަނި ކިހުިނެތް އޭރު އޮންނާނީ ބޮލާފޮށާ އެޅިފަ. ދެންއޮތީ ހައްގުމިންވަރު ހޯދަދިނުން. މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއަވާއިރު އެމިހާގެ ހައްގު މިންވަރުު ލަވްހުލް މަހުފޫޒުގަ ވަނީ ލިޔެވިފަ. އެހައގު މިންވަރު ކައިބޮއި ހަދާފަ މެނުވީ އެއްވެސް މީހަކު ދުނިޔެއިން ވަކިވެ ނުދާނެ. ބާނާ މަހުގެ ހަމައަގު ދަންނައެކަކުވެސް ދުނިޔޭގަ ނޫޅޭ. މަސްބަނާއިރު މަހުގަ އަގު ޖަހާފަ ނުހުރޭ ވީމާ ހަމައަގު ކަމަށް ބަލަނީ އެ މަސް ކެއުމަށް ބޭނުންކުރާމީހާ އެ މަސްގަންނަ އަގު. އެކަނއެގޭ މިހަކުވެސް އަދި އެކަންއެގެގޮތަސް ހަދާފަ ހުރި އެޕް
އަދިވެސް ނޫމަޑިއެއް ދޭންޖެހޭ ލާރިގަނޑެއް އޮތީބާ
ތީހަށްތާ ބޮޑެތި ވަގުން ފޯނު ތަކަށް ގުޅާފައި ލާރިހޯ ހޯދަން ދަށްކާ.ކަހަލުގެ ވަގު.ވާހަކަ......
(ބަލާބަލަ.. ރަޔަތުންނަށް އޮޅުވާލާ މަކަރު ހަދާވަރު.ފުރަތަމަ ބުނީ އަންހެނުންގެ ކޮމެޓީ ތަކަށް މުސާރަ ލިބޭނެ ޖަލްސާ ބާއްވާ ދުވަހު އެކަނި ކަމަށް. މިހާރު އެހެން ތޯ އެކަން ކޮށްފައި އެއޮތީ.އެހެންވީމާ ރަޔަތުންނަށް ދޯކާ ދިނުން ނުން އެހެން ކަމެއް ނުކުރޭ.
ދެންނުވާނޭ ކިޔާފަ އިސްތިއުފާ ދެއްވަންވީ
އޮޅުވާލިއަސް މީ ބޮޑުވަރު....
އޮޅިގެން 7000000 ރުފިޔާޖަމާވެގެން އެލާރިލިބެންދެން މިނިވަންވޭޖު ކަނޑައެޅުންހުއްޓާލީ.
ކަލޭމެންގެ އިޙްލާސްތެރިކަން ވަރަށް ސާފް!
ސަޅި. ތިހެން ތިބޭނީ ދަޅައިން ރައްޔިތުން ގެންގުޅެން ދަންނަ ވެރިން. އަދި ރައްޔިތުން އަޅުވެތި ކުރެވޭނީ އަބަދުވެސް އާދޭސް ކުރާގޮތަށް ބޭއްވުމުން. ހެހެހެހެ
ތިޔަ ބުނާ އެއްމެ ކުޑަ މުސާރަ ކަނޑައަޅަން ކިޔާތާ ކިހާދުވަހެއް. ތިޟިހުންނަކަށް ނުވާނެ ތިކަމެއް. ހެހެހެ
މިސަރުކާރުން ރައްޔިތުންނަށް ކަމެއްކޮށްދޭތަނެއްނުފެނެއި މިވެރިން ނަކަށް ތިކަން ނިންމާކަށް ނުކެރޭނެ ވގުސަރުކާރު
އަހަންނަށް މާކުރިންވެސް އިނގޭ ވަގުތު ޖެހުނީމަ ފަސްކުރާނެކަން. މިއީ އަލަށް ކަން ފަސްކުރާ ސަރުކާރެއް ނޫނިއްޔާ. ފައްޔާޒޫ!!! ނިކަން ރަނގަޅަށް ހޯމްވޯކް ހައްދަވައިގެން ޑޭޓްތައް ދެއްވަން ވީނޫންތޯ. ބޮއެ ހަލާކު....ހެހެހެހ
ހެޔޮވެރިކަން
ނަނާ ހުވަފެންް
ރައީސް ޔާމީނަށް ކަންކަން ކޮއްދެވުނަސް، ކަލޭ މެނަކަށް ނުވާނެ، މިނިމަމް ވޭޖޭ، މެކްސިމަމް ވޭޖޭ ކިޔަ ކިޔަ ތިއްބާ މިއޮއްގެން ދައުރުނިމެނީ...... ސަރުކާރުގެ ކަންކަން މެކުހަށް ޖެހޭނީ މިވަރަކަށްދެން. ވައް ސަލާމް.....
ދެންވެސް ވާވަރުކަންކަމަށް ވަޢުދުވެބަލަ
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ކެޓަގަރިތަކުގެ ތެރޭގައި ސިވިލްސާރވިސް ނުހިމެނެޔޭ ސިވިލް ސާވަންޓުން ގުނބޯ ހައްދަނީއޭ.
ކަންކަން ނުކުރެވެންޏާ ނުވާކަމަސްމަތީ އަނގަނުތަޅާ ތިބީމާ މާރަގަޅުވާނެއެވެ. ބޮޑުކުރަނީއޭ ވަރަށް އަވަސްވާނޭ މިވެނި ތާރީޚެކޭ ކިޔުއްވާނެ ކަމެއްނެތެވެ. އނެގޭހާވެސް އެއްޗަކީ ސިވިލްސަރވިސް މުވައޒްްފުންނާ ޖެހުނީމާ އެއް އިރަކުވެސް ފައިސާއެއް ނުހުންނަކަމެވެ. ކޮމިޓީތަކުން ކުރާކަމެއް ނުފެނއެވެ. އެންމެ ކުޑަމިނުން ކައުންސިލަރުން ނުކުމެ ކުނިހާ އިރުވެސް އެތަނަށްވެސް ބަލައިލަން ނުނިކުމެއެވެ. ރައްޔިތުންގެ ބައްދަލުވުމަކުންވެސް ނުފެނެއެވެ. އެކަމަކުވެސް މުސާރަ ދެގުނަކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.
އިބިލީހު ކައިވެނި.
ރިޔާސީ އިންތިޚާބުގެ 1000 ވަޢުދުތަކުގެތެރެއިން 5 ވަޢުދު
- ވެރިކަމަށް ހުވައިކުރާތާ އެއްއަހަރުތެރޭ މިނިމަމްވޭޖް ކަނޑައެޅިގެންދާނެ! ރާއްޖޭގައި އެންމެ ކުޑަ އުޖޫރައކީ 10000 ( ދިހަހާސް )ރުފިޔާ ކަމުގައި ކަނޑައެޅިގެންދާނެ
- ވެރިކަމުގެ ހުވައިކުރަތާ 24 ގަޑިއިރުތެރޭގައި ރިޟުވާނަށްވީގޮތް ހާމަކުރާނަށް
- މަސްކިލޯއަކަށް ދަށްވެގެން 30 ރުފިޔާ ދޭނަށް
- ރާއްޖޭގެ މަސްއކަނޑުތަކުގެ 100 މޭލް ދުރުގައި އެކި ސަރަޙައްދުތަކުގައި މަސްގަންނަ 7 ޕްލެޓްފޯމު ޤާއިމުކުރާނަށް. އެތަންތަނުން މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ލިބިގެންދާނެ"
- ޔާމީން ޖަލަށް ލާނަށް
މިއިން ފުދުނީ ކޮންކަމެއް؟
ލަދެއް ހަޔާތެއް ހުރިނަމަ މަގުމައްޗައް ނުކުމެ އުޅޭކައް ނުކެރޭނެ.
ތިހަފްތާ ވުޖޫދަކަށް ނާންނާނެ......
ތީހަމަ ހޮޅިވާހަކަ ދައްކާ ބައެއް. ރައްޔިތުންނަށް ކަމެެއް ކޮއްދެން އަަސްގެން އުޅޭބައެެއް ނޫން. އަމިއްދަ ޖީބަށް ބޮޑު މުސާރަލާގެން ބޮޑު ގޮނޑީގަ ތިބޭނީ ހަމަ ދެން އަންނަ ހަފްތާ ކިޔާލަ ކިޔާލާ