އައްޑޫ ސިޓީގެ މަގުތައް ހަދަން އެސިޓީއަށް ގެންގޮސްފައިވާ ވެހިކަލްތައް މާލެ ފޮނުވާލަން އުޅުނިކޮށް ރައްޔިތުން ނުކުމެ ވެހިކަލްތައް ކޮޅުވެއްޓިން ބާލައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި ވެހިކަލްތައް ކޮޅުވެއްޓިއަކަށް ލައިގެން ގެންދަން ނިންމީ މާލެ އަށެވެ. އެހެން ނަމަވެސް އެކަން އަދި ކަމާއި ބެހޭ އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ވެހިކަލްތައް ކޮޅުވެއްޓިން ބޭލުމުގެ މަސައްކަތް ރައްޔިތުން މިހާރު ވެސް ކުރަމުން އަންނައިރު، އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ މީހަކު "ވަގުތު" އަށް ބުނީ، ވެހިކަލް ބޭލުމުގެ މަސައްކަތް ރައްޔިތުން ކުރަމުން އަންނައިރު، އެސަރަހައްދުގައި އައްޑޫސިޓ ކައުންސިލް މެމްބަރުންގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އައްޑޫސިޓީ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރ އަހުމަދު ސައީދު "ވަގުތު" އަށް ވިދާޅުވީ، އައްޑޫގައި ހުރި މަގު ހަދާ ވެހިކަލްތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކައުންސިލަށް ދެއްވާފައި ހުރި ވެހިކަލްތައް ކަމަށާއި އެހެން ނަމަވެސް އެތަކެތި މިހާރު ރަޖިސްޓްރީ ވެފައި ހުރީ އާރުޑީސީ ކުންފުނީގެ ނަމުގައި ކަމަށެވެ.

އެކަމެއް ހިނގީ ކޮންއިރަކު ކިހިނެއްކަން ބުނެދޭން ނޭނގޭ ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ.

"އެ ކުންފުންޏާއި ކައުންސިލާއި މީގެ ކުރިން ބައްދަލުވުމެއް ބޭއްވުނު. އެ ބައްދަލުވުމުގައި ވެހިކަލްތައް ނަގާ ވާހަކަ ދެއްކީމަ އަޅުގަނޑު ދެކޮޅު ހެދިން. ބުނިން މި ދުވަސް އަންނާނެ ކަމަށް. މިއަދު މި ފެނިގެން ދަނީ އެ މަންޒަރު"

އެނގިފައިވާ ގޮތުގައި ހުޅުމީދޫން ދެ ވެހިކަލެއް ގެންދިއުމަށް ކޮޅުވެއްޓިއަށް ވަނީ އަރުވާފައެވެ. އަދި ހިތަދޫއިން ދެ ވެހިކަލް ވެސް ވަނީ އަރުވާފައެވެ.

އަހުމަދު ސައީދު ވިދާޅުވީ، އެއީ ހަލާކުވެފައި ހުރި ވެހިކަލްތަކެއް ނޫން ކަމަށާއި ރައްޔިތުން ނުކުމެ އެވެހިކަލްތައް ކޮޅުވެއްޓިން ބާލައި މިހާރު ހިތަދޫގައި ހުންނަ ޕަބްލިކް ވޯކްސްގެ ސައިޓަށް ވައްދާފައިވާ ކަމަށެވެ.

އަހުމަދު ސައީދު އިތުރަށް ވިދާޅުވީ، އައްޑޫގެ މަގުތަކުގެ ހާލަތަށް ބަލައި، މަގުތައް ރަނގަޅު ކުރަން ގެނެސްފައިހުރި ވެހިކަލްތައް މަގުތައް ރަނގަޅުނުކޮށް ގެންދިއުން އެއީ ރައްޔިތުން ވެސް އެދޭނެ ކަމެއް ނޫން ކަމަށެވެ.

އައްޑޫގެ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓެއް މި ސަރުކާރުން އިންޑިއާ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނ

    މަކަރާ ހީލަށް ތިޔައީ މޫކޭގެ ރޭވުން

    50
  2. ގޮނާސަކްދޯ

    އައްޑޫގެ މަގުތައް ހަދަން ބޭނުންކުރާ ވެހިކަލްތަކެއް މާލެ ގެންދަން އުޅެނިކޮށް ހުއްޓުވައިފި ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ އައްޑޫ މަގުތަކަށް ވުރެން މުހިއްމުވާނީ މާލޭގެ މަގުތަކޭ އައްޑޫ މީހުންގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ މާލެ ސަރުކާރުން ގަނެފައިވަނީ މިހާރު ވެސް މަމެން މާލެ ސަރުކާރުން ތަމެންގެ އެއާރޕޯރޓް ގަނޑު ހިންގަން 80 މިލިއަން ޑޮލަރު އަހަރަކު ދެން ތަމެންނަށް ދެވެނީ ކޯއްޗެއްތޭ ސްޓާފޯސް އަރުވައިގެން ގެންނަގަ ވެހިކަލްސް ތައް އިންޑިއާ މީހުންނޭ އައްޑޫ މީހުންނަކީ އައްޑޫ އާލާތުން ބުނޭ އިންޑިއާ އެމްބަސޭ ގާތު އައްޑޫ މަގުތައް ހަދާދޭށޭ މާލެ ސަރުކާރުން ނުޖެހޭނެއޭ އައްޑޫ އަށް އެއްވެސް ކަމެއް ކޮށް ދޭން އިޓްސް ގޮނާ ސަކްދޯ...

    5
    16
  3. ދުންމާރި

    ތިޔައީ ހަމަވާނެގޮތް ވެރިކަމުގައި ހުރީ މަކަރާހީލަތްތެރި 35 މިލިޔަނުގެ ޑޮލަރު ކަޅުފޮށީގައި އުފުލިމީހެއް ހައެގޮތަށް ވެހިކަލްތަށްވެސް އެއުފުލަނީ .

    10
    1
  4. ިިޮހޯހޯ

    މަގު ހަދާ ވެހިކަލްތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކައުންސިލަށް ދެއްވާފައި ހުރި ވެހިކަލްތައް؟؟؟؟!!!!! ތެބެނާ މީހަކާ ވެރިކަމައް އާކަލަސް ތޭ ތިބި ހިތަދޫ ޕަބްލިކްސް ވޯރކްއެ

    12
  5. ޝީޒާ

    ބޮޑަށް ބެލެވެނީ ނާޒިލުގެ އިޚްލާސްތެރިކަން ރައްޔިތުންނަށް ދަށްކަންވެގެން ރޭވިގެން ކުޅެލި ގޭމެއް ހެން. އެމްޑީޕީ ދެކުނު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާއިގެން ޗޯރު އުޅެނީ

    11
    2
  6. މުހައްމަދު

    އެއްވެސް އެއްޗެއް ގެންދަން އެއްވެސް ބަޔަކު ނޫޅޭ.
    ވޯޓްހޯދަން ޓަގެއްގެނެސްގެން ޖައްސާގޭމް ތީހުސް..

    11
    1
  7. އޮޅުވާލި ވޯޓު

    މިނަހަލާލު ސަރުކާރުން އޮޅުވާލުމަކީ އާމްމުކަމެ މިހާރު އަށްޑޫ މީހުނަށް އެބްވިސްނެންޖެހޭ އެމްޑީޕީމީހުނަކީ ކިހާވަރެށްގެ ބައށްކަން

    12
    1
  8. ސަމާ

    ރާވައިގެން ޖައްސާ ގޭމް.
    ނާޒިލް ވޯޓްހޯދަން ތިވަރުކަމެއް ކުރީ ކީއްވެ.
    މިހާރުވެސް ތިހިރީ މަޖިލިހުގައި، އޮޓޮމެޓިކުން މޑޕ ކައުނސިލުން ގޮނޑިއެއް ލިބޭނެ.
    އެހެން ފަރާތަކަށް ފުރުސަތުދޭން މިފަހަރު ކުރިމަތި ނުލިނަމަ ކިހާ ސަޅި.