ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތު" އަށް ވިދާޅުވީ، ސެކިއުރިޓީއަށް ޖާބިރު އެދިލައްވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އަދި އެކަން މިހާރު ހަމަ ޖެހިފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުން އެދިއްޖެ ހާލަތެއްގައި ސިފައިންގެ ސެކިއުރިޓީ އެ މެންބަރުންނަށް އަރުވައެވެ.
ޖާބިރަށް ސެކިއުރިޓީ ދޭން އެދިފައި މިވަނީ އޭނާ އއ. މަތިވެރިއަށް ވަޑައިގަތުމުން އެރަށުން ބަޔަކު ހަމަލާދީފައިވަނިކޮށެވެ. އެ މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ ވަގުތެއްގައި 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މީނާއަށް ސިކިއުރިޓީ ދީފަ އައުގުރާނަ ގޮވުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމާއި އަނބިން ސެޕެރޭޓް ކުރަން ބަހައްޓާ.
ޢިއްޒަތްތެރި މި މެމްބަރިގެ "ސާފުތާހިރު" މާތް ދޫފުޅުން އެހެންމީހުންނަށް އަތުވެދާނެ ޙަމަލާއަކުން އެހެންމީހުން ސަލާމަތް ކުރުމަށްޓަކައި އެހެންމީހުންނަށް ސެކިއުރިޓީ ދެވޭނެ ގޮތެއްވެސް ހޯދަން އެބަޖެހޭ. ޖާބިރަށް ޙަމަލަ ދިން ރަށުގެ ކައުންސިލް ގެ ރައީސާ ޖާބިރު ކުރި ކޯލެއްކަމަށް މީސް މީޑިއާގައި ދަވްރުވާ އޯޑިއޯއަށް ވިސްނާލާއިރު ، ކައުންސިލްގެ ރައީސް އަބުރުގެ ދަޢުވާ ކުރައްވައިފިނަމަ "ޢިއްޒަތްތެރިކަން" ގެއްލި ކޮންމެވެސް ގޮޅިއެއްގައި ދުވަސްކޮޅަކު އުޅެން ނުޖެހޭނެ ބާވަޔޭ ހިތަށް އަރާ. ލާރިކޮޅެއް އަތުގައި ހުއްޓަސް އެއުޅޭ ގޮތާ ލަވާ ހަޅޭ ތަންކޮޅެއް ބޮޑު. ބޮޑުބަސް ފޮތުން ވާހަކަ ދައްކަމުން ބިސްމި ކިޔާ ނަށާ ރޫޓްމާޗް ބާއްވަމުން އެއުޅޭގޮތުން އަޑުއަހާ ބަލާ މީހަކު ބޯ ފަޅައިގެން ދާވަރުވޭ.
ހަމައިގަނުތިބޭ އަބަދުހަމައިންނެއއޓިފައި ތިބޭމީހުންނައް ސެކިއުރިޓީ ދޭނަމަ ވަރަށްގިނަމީހުންނައް ސެކިއުރިޓީދޭންޖެހޭ
އެމީހެއްގެ ވިޔާނުދާކަމުން އޭނަޔައް ކުރިމަތިވާ ކަންތައްތަކައް ހިމާޔަތް ދޭންޖެހޭީ ޖަލުން.
ޖާބިރު ގަހުވަ ބޯއިރުވެސް ތިޔަ ސެކިއުރިޓީ ރަނގަޅަށް ބަލަމުން ގެންދާނެތޯ؟
ހެހެހެ....ގަހުވައަކީ ހުއްދަ އެއްޗެއް.އަދި މިޤައުމުގެ ގިނަމީހުން ބޯ އެއްޗެއް..ގަހުވައަކީ އަރަބިބަހުން ކޮފީއަށް ކިޔާ ނަމެއް ބޭފުޅާ..ތިބުނަން އުޅޭ އެއްޗަށްވެސް އަސްލު ނަމެއް ދެވިފަވޭ..ވީމާ އެނަން ބޭނުން ކުރޭ..
ޖާބިރަށް ސެކިއުރިޓީ ދޭން ޖާބިރު ގެންދަންވީ ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް އެއީ މިހާރު ޖާބެއަށް ބޭނުންވާ ސެކިއުރިޓީއަކީ
ދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ އަޅެ؟ ސިޔާސީ ވެގަނެގެން އުޅޭ ބޯބުރާންތިން ގޭގަ ތިބެބަލަ. ސިފައިންގެ ހުރިހާ ވަސީލަތްތަކެއް މިކަހަލަ ބޯބުރާންތިންނަށް ހުސްކޮށް ނުލެވޭނެ.
ޖާބިރަށް އަންބަކު ދޭންވެސް އަންގަންވީނު!
އާންމުންގެ ތެރެއަށް ނިކުމެ އަދަބާއި އަޚްލާގު އެއްކިބާކޮއް ހުތުރުބަސް ކިޔަމުން ތިމާވަރު މީހަކު ނެތިގެން މީހުންނައް ފުރައްސާރަކުރަމުން ދިޔާމަ ދޭންޖެހެނީ ރައްކާތެރިކަމެއްނޫން.. އެމީހަކީ މުޖުތަމައުއަށް ނުރައްކަލަކައްވާތީ ހައްޔަރުކޮއް އަދަބުދޭންޖެެހެނީ. ފުލުހުންނައް ތިއޮތީ ވާޖިބު އެނގިފަ.. ފުލުހުންގެ މުއައްސަސާ އުވާލަންވީ. ބޭކާރު ޚަރަދުތަކެއް މިކުރެވެނީ ފުލުހުންނައް.
ޖާބެ އާ ގުޅޭ އަދި ޕާރޓީ ކޮއްލަން ފިޓް ވާނެ ސެކިއުރިޓީ އޮފިސަރުން ހަމަ ޖައްސަން ޑިފެންސް މިނިސްޓަރަށް ދަންނަވަން!!