މިއަދު ރާއްޖެ އިން އިތުރު 61 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 24 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 29 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން އަށް މީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ ޖުލައި މަހުގެ 09 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މަދުވިއިރު މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3674 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.66 މީހުންނެވެ،

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު މިމަހު އަދިވެސް ހުރީ ފާއިތުވި ދެމަސް ދުވަހަށްވުރެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު