ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް ކައިރީގައި ގިނަ އަދަދެއްގެ ކުނިތައް ހުރި މައްސަލަ ބޮޑުވެއްޖެއެވެ. އަދި އެ ތަނުގައި ކުނި ނެގޭނެ އިންތިޒާމެއް ނެތި ބައެއް ސަރަހައްދުތައް ގޮނޑުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވެފައި ހުރި ކުނި ކޮތަޅުތަކުގެ ފޮޓޯތަކެއް އާންމު ކުރުމަށް ފަހު، ކަންބޮޑުވުން ފާޅުކޮށް "ހިޔާ ޔޫނިއަން" އިން ކުރި ޓުވީޓެއްގައި ވަނީ އެކަން އެޗްޕީއޭއާއި ޕްލޭނިން މިނިސްޓްރީ، މާލޭ ސިޓީގެ އިތުރުން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެންސްފައެވެ. އެ ޓްވީޓްގައި ހިޔާ ޔޫނިއަނުން ބުނީ ކާތަކެތީގެ ކުނި އުކާލަނެއް ނިޒާމެއް ނެތް ކަމަށެވެ.

އާއްމުކޮށްފައިވާ އެޗް3 ގެ ފޮޓޯގައި ފެންނަނީ ގިނަ ދުވަސްތަކެއް ވެފައިވާ ކުނި ކޮތަޅުތަކެވެ. ގިނަ ދުވަސްތަކުގެ ސަބަބުން ކޮތަޅުތަކުގެ ފުޅައަޅާ ތަޅުގަނޑަށްވެސް ވަރަށް ބޮޑަށް ވަނީ ހަޑިވެފައެވެ.

ހިޔާ ފްލެޓްތަކުން ކުނި ނެގުމާއި ގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީގައި ވެމްކޯގެ އެމްޑީ ވިދާޅއާދަމް މުހައްމަދު (އެޑަމް) ވިދާޅުވީ ހިޔާ ފްލެޓްތަކަކީ އިމާރާތަށް އަރާ ކުނި ނެގޭ ވަރަށް ވުރެ ކާރޫބާރު ބޮޑު ތަނެއް ކަމަށެވެ.

އެހެންވެ ކުނި ނަގާ ބިންތައް ލިފްޓުން ގެންދިޔުމަކީ އޭގެ ސަބަބުން ލިފްޓު ބޭނުން ކުރާ މީހުންނަށް ދަތިވާނެ ކަމަކަށްވާތީވެ ފްލެޓްތަކުގެ ކުނި ގްރައުންޑް ފްލޯއަށް ގެންނަ ގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަލޯ

    ތި ކުނިތަށް ތިތަނަށް އެޅިބައެއްގެ ޒިންމާދާރުކަން ވ ކުޑަ. އަދި އެއްވެސް އަޚުލާގެއް ނެތް. މީހުންވެސް ޒިންމާދާރުވެ ރަނގަޅު ގޮތުގަ ކަންކަން ކުރާނަމަ ތިކަހަލަ ކިތަންމެ ކަމެއް މި ގައުމުގަ ރަނގަޅުވާނެ...

    30
  2. ރައްފުށުމީހާ

    ކުނީގެ މަސް އަލަ ދެންވާނީ ބޮޑު ގަދަކަމުން ކުނޏައް ރުފިޔާހޯދަން ސަރުކާރުން މަސައްކައް ކުރުމުގެ ނަތީޖާ ތިޔަފެންނަނީ ކުނިކޮތަޅެއް ހިފައިގެންގޮސް އެއްލާނުލެވޭ އެއްލާލަންޏާ ކޮތަޅަކައް 15/ /30 ރުފިޔާނަގާ ހިލޭކުނިކޮތަޅެއް އެއްލާނުލެވޭ ވެރިރައްވީމަ އޭކިޔާފަ ހިންގަނީ ނަސްލީއިމްތިޔާޒ ރައްފުށުގަ ހިލޭކުނި އެކާލެވޭ ރައްޔިތުމީހާޔައް ދެންކޮންކުންޏެއްގެވާހަކަތޯ

    2
    2
  3. ގޮތް ކުޑަ ދިވެހިން

    ދިވެހިންނަކީ ވަރަށް ގޮތް ކުޑަ އެއްވެސް އަހުލާގީ މިންގަނޑަކަށް ފެތޭ ބައައެއްނޫން، ލަދުން ބޯ ހަލާކު

  4. ސައީދު

    ތިތާނގަ މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ޕާރުސަލްތައް ތިޔައީ

  5. ކުނިފުލެޓު

    ރާއްޖެތެރޭ މީހުންނަށް ގަނޑުވަރެެއް ދިނަސް އުޅޭނީ ތިގޮތަށް ނާތަހުޒީބު

    1
    2